މޮނާކޯ އަތުން ޕީއެސްޖީ ބަލި؛ އެންރީކޭ ބުނީ މިއީ އެންމެ ދަށް މެޗު ކަމަށް!

Nov 30, 2025, 7:55 AM
މޮނާކޯ އަތުން ޕީއެސްޖީ ބަލި؛ އެންރީކޭ ބުނީ މިއީ އެންމެ ދަށް މެޗު ކަމަށް!

ޕެރިސް (ނޮވެމްބަރު 30) - ފްރެންޗް ލީގުގައި ރޭ މޮނާކޯ އަތުން 1-0 އިން ޕީއެސްޖީ ބަލިވި މެޗަކީ މި ސީޒަނުގައި އެ ޓީމުގެ ފަރާތުން އެންމެ ދަށް ކުޅުމެއް ފެނިގެންދިޔަ މެޗު ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ލިވަޕޫލްގެ ކުރީގެ ފޯވާޑް، ޓަކޫމީ މިނަމީނޯ، 68 ވަނަ މިނިޓްގައި ޖެހި ގޯލާ އެކު، މޮނާކޯ އިން ޕީއެސްޖީ ބަލިކުރިއިރު، އެ ޓީމުން މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. މޮނާކޯގެ ކެޕްޓަން، ކުރިން ޕީއެސްޖީ އަށް ކުޅުނު ފުލްބެކް، ތިލޯ ކެރާ އަށް ވަނީ މެޗުގެ 80 ވަނަ މިނިޓްގައި ރަތް ކާޑެއް ދައްކައިފަ އެވެ.

މަނާބޭހުގެ މައްސަލައެއްގައި، އަހަރަކަށް ވުރެން ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރި، މޮނާކޯ އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ ވަނީ މި މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އަރުވައިފަ އެވެ.

މި މެޗުން ބަލިވުމުން ލީގުގެ އެއް ވަނައިގައި ޕީއެސްޖީގެ ލީޑު ވަނީ އެއް ޕޮއިންޓަށް ކުޑަވެފަ އެވެ. ޕީއެސްޖީ އަށް 14 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާސޭ އިން ވަނީ 14 މެޗުން 29 ޕޮއިންޓް ހޯދައިފަ އެވެ.

ރޭގެ މެޗަށް ފަހު އެންރީކޭ ބުނީ، ޓީމުގެ ފެންވަރު ރަނގަޅު ކުރަން ކުރާ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި، މޮޅަށް ކުޅެ ނަތީޖާ ނެރެން ކުރާ ކަންކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ އަމިއްލަ އަށް އަތުން ހެެދޭ އިންޑިވިޖުއަލް ގޯސްތައް ކަމަށެވެ. މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ފަރާތުން އަމިއްލަ އަށް ގިނަ ގޯސްތަަކެއް ހެދުނު ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

"އަހަރެމެން ގިނައިން ހެދީ ގޯސް. މިއީ އަހަރެމެން މި ސީޒަނުގައި ކުޅުނު އެންމެ ދަށް މެޗު. ކަންކަން ރަނގަޅުކުރާނަމަ، އަމިއްލަ އަށް އެ ހަދާ ގޯސްތައް މަދުކުރަންޖެހޭ،" އެންރީކޭ ބުންޏެވެ.

މި ސީޒަނުގައި ޕީއެސްޖީ ވަނީ ޖުމްލަ އެކު، ހުރިހާ މުބާރާތެއްގައި ތިން މެޗުން ބަލިވެފަ އެވެ. އެއީ، ފްރެންޗް ލީގުގައި މާސޭ އާއި މޮނާކޯ އަތުންނާއި ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox