ފަހަތުން އަރައި އަލަވޭސް އަތުން މޮޅުވެ ބާސެލޯނާ އެއް ވަނަ އަށް

Nov 29, 2025, 5:46 PM
ފަހަތުން އަރައި އަލަވޭސް އަތުން މޮޅުވެ ބާސެލޯނާ އެއް ވަނަ އަށް

ބާސެލޯނާ (ނޮވެމްބަރު 29) - ސްޕެނިޝް ލީގުގައި މިރޭ ފަހަތުން އަރައި ޑިޕޯޓިވޯ އަލަވޭސް އަތުން 3-1 އިން މޮޅުވެ، ލީގު ތާވަލުގެ އެއް ވަނަ އަށް ބާސެލޯނާ އިން ޖެހިލައިފި އެވެ.

ލީގު ތާވަލުގެ އެއް ވަނައިގައި ބާސެލޯނާ އިން އޮތީ 14 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 13 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. މި ހަފްތާގައި، ޖިރޯނާ އަތުން މޮޅުވެގެން، އަލުން ރެއާލަށް އެއް ވަނަ އަށް އެރޭނެ އެވެ.

އަމިއްލަ ދަނޑުގައި މިރޭ ބާސެލޯނާ އިން ފަށަން ޖެހުނީ އުނދަގޫ ކޮށެވެ. އެ ގޮތުން މެޗު ފަށައިގެން، ފުރަތަމަ މިިނިޓްގައި އަލަވޭސް އިން ލީޑުނެގި އެެވެ. ބާސެލޯނާގެ މާކް ކަސާޑޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އެ ޓީމު ކޮޅަށް އަލަވޭސްގެ ލަނޑު ޖެހީ، ޕަބްލޯ އިބަނޭޒް އެވެ.

އަލަވޭސް އަށް ލީޑުގައި އޮވެވުނީ ހަ މިނިޓެވެ. މެޗުގެ އަށް ވަނަ މިނިޓްގައި، ރޮބަޓް ލެވަންޑޯސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައި ލަމީން ޔަމާލް ވަނީ ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. އަދި، މެޗުގެ 26 ވަނަ މިނިޓްގައި ރަފީނިއާ ދިން ބޯޅައަކުން، ޑެނީ އޮލްމޯ ވަނީ ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ޔަމާލަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުންނުހިފުނެވެ.

މެޗުގެ ތިން ޕޮއިންޓް ބާސެލޯނާ އިން ކަށަވަރުކޮށްދިން ލަނޑު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮލްމޯ އެވެ. އޮލްމޯ، މެޗުގެ އިތުރު ވަގުތުގައި މި ލަނޑު ޖެހީ ޔަމާލް ދިން ބޯޅައަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox