ދިވެހި ޕްރިމިއާ ލީގު: ޓީސީ ބަލިކޮށް އޮޑިން ދެ ވަނައިގައި ހަމަޖެހިލައިފި

Nov 29, 2025, 1:14 PM
ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޑީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޑީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބުން ލީގުގެ ދެ ވަނައިގައި ހަމަޖެހިލައިފި އެވެ.

ޓީސީން ވަނީ މި މެޗުގެ ކުރިން އެ ޓީމުގެ ހެޑް ކޯޗަކަށް މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފަ އެވެ. އޮޑި އަށް ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިދީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން އާތީ، ޓީސީގެ ކޯޗުކަމާ މި ހަވާލުވީ ދެ ވަނަ ފަހަރު އެވެ. އޭނާ ވަނީ 2019 ގައި ވެސް އެ ޓީމަށް ކޯޗުކޮށްދީފަ އެވެ.

މި މެޗުން އޮޑި މޮޅުވުމާ އެކު، ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ލީޑު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ. ފުރަތަމަ ބުރު ނިމުނުއިރު، މާޒިޔާ އިން ނުވަ މެޗުން ވެސް މޮޅުވެ، 27 ޕޮއިންޓް ހޯދިއިރު، އޮޑިން މި ބުރުގަައި ނުވަ މެޗުން ވަނީ 22 ޕޮއިންޓް ހޯދައިފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ވިއްސާރައިގެ ސަބަބުން ދެ ޓީމަށް ވެސް ރަނގަޅު ކުޅުމެއް ދައްކަން އުނދަގޫތަކެއް ކުރިމަތިވި އެވެ. އޮޑިން މި މެޗުގެ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއްނެގި އެވެ. އެ ގޮތުން މެޗުގެ 11 ވަނަ މިނިޓްގައި، އޮޑި އަށް ލީޑުނަގައިދިނީ ލިތުއޭނިއާގެ ފޯވާޑް، ކަރޮލިސް ލައުކްޒެމިސް އެވެ. އޮޑީގެ ފުލްބެކް، އަހުމަދު އައިހަމް (އައިހު) ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ކަރޮލިސް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

އޮޑިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 37 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި މުޒްދާން ހަސަން ޖެހި ގޯލެކެވެ. އޮޑީގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، މުޒްދާން ވަނީ ގޯލުގެ ކައިރި ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޓީސީގެ މާއިޝް (ވ) ކައިރިން އޮޑީގެ ލޫތު ބޯޅަ ހިފައިގެންދަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މެޗުގެ 61 ވަނަ މިނިޓްގައި، އޮޑިން ތިން ވަނަ ލަނޑު ޖެހީ މުޒްދާން ތަނަވަސްކުރި ފުރުސަތެއްގައި، އޭރިއާބޭރުގައި ހުރެފައި މުޒްދާން މަތިމަތިން އޭރިއާތެރެއަށް ފޮނުވާލި ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އަހުޒަމް ރަޝީދު (އަހު) ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

އޭގެ ފަހުން، އޮޑީގެ ކެޕްޓަން، މުހައްމަދު ރަޝީދު (ހޮކޭ) އަށް ސީރިއަސް އަނިޔާއެއްވުމާ ގުޅިގެން ގިނަ ވަގުތުތަކަކަށް މެޗުގެ ކުޅުން މެދުކަނޑާލީ ދަނޑުމަތީގައި ބާއްވައިގެން އޭނާ އަށް ފަރުވާ ދޭން ޖެހުމާ ގުޅިގެންނެވެ. އަދި، އަށިގަނޑުގައި ދަނޑުން ބޭލުމަށް ފަހު، ހޮކޭ ވަނީ ވަގުތުން އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މެޗުގެ 86 ވަނަ މިނިޓްގައި ޓީސީގެ މުހައްމަދު އަޖުފާން ބޮލުން ޖެހި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް، ސަލާމަތްކުރީ އޮޑީގެ މިސްރު ޑިފެންޑަރު، އިސްލާމް ފެކްރީ އެވެ.

މިއަަދުގެ ނަތީޖާއާ އެކު، ލަނޑުގެ ތަފާތުން ޓީސީ ވަނީ ލީގުގެ ނުވަ ވަނަ އަށް ވެއްޓިފަ އެވެ. އެއީ، ނުވަ މެޗުން ފަސް ޕޮއިންޓު ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އަށް ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވުރެން ގެއްލުން ގޯލު ގިނަވުމުންނެވެ. އެކަމަކު، ލީގުގެ ފުރަތަމަ ބުރު ނިމޭއިރު، ޓީސީގެ މަގާމު ޔަގީންވާނީ، ފުރަތަމަ ބުރުގެ ފަހު މެޗުގައި މާދަމާ ހަވީރު ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅޭ މެޗަށް ފަހު އެވެ.

ލީގުގައި މިރޭ ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާގެ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox