އަނިޔާއެއްގައި ހުރެ ކުޅެ ނޭމާ ސަންޓޯސް މޮޅުކޮށްދީފި

Nov 29, 2025, 4:03 AM
އަނިޔާއެއްގައި ހުރެ ކުޅެ ނޭމާ ސަންޓޯސް މޮޅުކޮށްދީފި

ސަންޓޯސް، ބްރެޒިލް (ނޮވެމްބަރު 29) - ވާތު ކަކުލުގެ މެނިސްކަސް އަށް އަނިޔާގެ މައްސަލަައެއް ދިމާވެ، މި އަހަރުގެ ބާކީ ބައިގައި ނުކުޅެވޭނެ ކަމަށް ބެލެވުނު ނޭމާ، އަނިޔާގައި ހުރެ، ކުޅެން އަރައި، ސަންޓޯސް 3-0 އިން ސްޕޯޓް އަތުން މޮޅުކޮށްދޭން އެހީތެރިވެދީފި އެވެ.

މި މަހު 19 ވަނަ ދުވަހު ބްރެޒިލްގެ ލީގުގައި މިރާސޯލްއާ ދެކޮޅަށް ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ނޭމާ ލަނޑެއް ޖެހިއިރު، މިއީ، ތިން މަސް ދުވަހުގެ ތެރޭގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އެ މެޗުގެ 30 ވަނަ މިނިޓްގައި މިރާސޯލްގެ ޑިފެންޑަރު، ޖެއްމެސް ކައިރިން ނައްޓާފައި ދާން އުޅުމުގެ ތެރޭގައި ވެއްޓިގެން، އަނިޔާވެ ދަނޑުމަތީގައި ފަރުވާ ދިނެވެ. ނޭމާ ވަނީ ފަރުވާ ހޯދައި އެ މެޗު އެއްކޮށް ކުޅެފަ އެވެ. އެކަމަކު، ސަަންޓޯސް އަށް ޖެހިގެން އައި މެޗުގައި، މިދިޔަ ހަފްތާގެ ހޯމަ ދުވަހު، އިންޓަނަސިއޮނާލްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ނޭމާ ނެތެެވެ. ރިޕޯޓްތަކުން ދެއްކީ، ނޭމާގެ ކަކުލަށް އަނިޔާވެ، މި އަހަރުގެ ބާކީބައިގައި ކުޅުމާ ދުރުުގައި ހުންނަން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް، ސަންޓޯސް، ބްރެޒިލް ލީގުގެ ރެލިގޭޝަނުގައި އޮތްއިރު، ރޭ ސްޕޯޓްއާ ދެކޮޅަށް ކުޅުނު މުހިންމު މެޗުގައި ނޭމާ ވަނީ ކުޅެފަ އެވެ. ރޭގެ މެޗުގައި ލަނޑެއް ޖަހައި، ލަނޑެއް ޖެހުމަށް ނޭމާ ވަނީ ފުރުސަތު ހޯދައިދީފަ އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ނޭމާ ފުރަތަމަ ލަނޑު ޖެހިއިރު، ދެން ޖެހި ގޯލުތަކަކީ، ސްޕޯޓްގެ ލޫކަސް ކާލް އަތުން ބައިކޮޅަށް ވަން ގޯލަކާއި ޖޮއާއޯ ޝްމިޑްޓް ޖެހި ލަނޑެކެވެ.

މި މޮޅާ އެކު، 20 ޓީމު ވާދަކުރާ ލީގުގެ 15 ވަނަ އަށް ސަންޓޯސް ވަނީ ޖެހިލައިފަ އެވެ. ފުލަށް ދާ ހަތަރު ޓީމެއް ރެލިގޭޝަނުގައި އޮންނަން ޖެހޭއިރު، ރޭގެ މެޗަށް ނުކުތްއިރު، ސަންޓޯސް އޮތީ 17 ވަނައިގަ އެވެ.

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox