މޫޑީސްގެ ރޭޓިންއަށް ބަދަލެއް ނައި، ރާއްޖެއަށް އަދިވެސް "ޖަންކް"

މަރުކަޒީ ބޭންކު. ރާއްޖޭގެ ރޭޓިން 2024 ގައި ދަށްކުރީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވުމުގެ ސަބަބުން --- ފޮޓޯ: ޝާފިއު/އަދަދު

މަރުކަޒީ ބޭންކު. ރާއްޖޭގެ ރޭޓިން 2024 ގައި ދަށްކުރީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވުމުގެ ސަބަބުން --- ފޮޓޯ: ޝާފިއު/އަދަދު

ބޭރުގެ ދަރަނިތައް ނުދެއްކިދާނެ ކަމުގެ ހިރާސް ބޮޑު ކަމަށް ބަލައި ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން ދަމަހައްޓައިފި އެވެ.

"ސީއޭއޭ-1" ގައި މިދިޔަ އަހަރުގެ މެދުތެރޭ ހުރި ރާއްޖޭގެ ރޭޓިން "ސީއޭއޭ-2" އަށް މޫޑީސްއިން ދަށްކުރީ ސެޕްޓެމްބަރު 11، 2024 ގަ އެވެ. ދަރަނި ނުދެއްކޭނެ ކަމުގެ ބިރު ބޮޑުވުމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ.

މިއަދު ނެރުނު ރޭޓިން އެކްޝަންގައި ވެސް އެ ރޭޓިން އަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ނަމަވެސް، ކުރިން "ނެގެޓިވް" ގައި އޮތް ރޭޓިން އައުޓްލުކް މިހާރު ވަނީ "ސްޓޭބަލް" އަށް ބަދަލުކޮށްފަ އެވެ. އޭގެ މާނައަކީ ރޭޓިންއަށް ބަދަލެއް އައުމުގެ ފުރުސަތެއް ނެތުމެވެ.

Advertisement

މޫޑީސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައުޓްލުކް އަށް ކުރިއެރުމެއް ލިބުނު ނަމަވެސް އަންނަ އަހަރު ދައްކަން އޮތް ބޭރުގެ ބޮޑު ދަރަންޏާއި އިތުރުވަމުންދާ އެތެރޭގެ ދަރަންޏާމެދު އެ އެޖެންސީގެ ކަންބޮޑުވުން އޮތް ކަމަށެވެ.

އެގޮތުން ކުރު މުއްދަތުގައި އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ އެތެރޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 40 ޕަސެންޓަށް އަރާފައިވާކަން މޫޑީސް އިން ފާހަގަކޮށްފައިވެ އެވެ.

އައުޓްލުކަށް ލިބުނު ކުރިއެރުމުގެ ސަބަބުތަކުގެ ގޮތުގައި މޫޑީސް އިން ފާހަގަކޮށްފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ސިޔާސަތުތަކާއި ހަރަދު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ ކަމަށް ބުނެ އެ އެޖެންސީއަށް ދީފައިވާ މައުލޫމާތު ތަކެވެ.

އެގޮތުން، މި އަހަރުގެ ބޮޑު ބައެއް ދައުލަތުގެ ބަޖެޓު ސާޕްލަސްގައި ހިފެހެއްޓިކަން މޫޑީސް އިން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ބަޖެޓު މިހާރު ވަނީ ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދަކުން ޑެފިސިޓު ވެފަ އެވެ.

އަހަރުގެ ފުރަތަމަ 40 ހަފުތާ ބަޖެޓު ސާޕްލަސްގައި ހިފެހެއްޓީ ފާސްކުރި ގޮތާ ހިލާފަށް ހަރަދު ކުޑަކުރުމެއް ނެތި، ތަރައްގީގެ ބަޖެޓު ހަރަދުނުކުރުމުންނެވެ. ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ކުންފުނިތަކުން ފައިނޭންސް ކުރާ ގޮތަށް، އެ މަސައްކަތްތައް ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.

ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް ހަރަދުވާ އެއާޕޯޓުތަކާއި ބިން ހިއްކުން ހަވާލުކުރަމުން ދަނީ ދައުލަތުގެ ބަޖެޓުން ސީދާ އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަަށް އެމްއޭސީއެލްއޭ އެވެ. މި ފައިސާ ހޯދައިގެން ޕްރޮޖެކްޓުގެ ހުރިހާ ހަރަދެއް ކުރަން ޖެހެނީ އެ ކުންފުނިންނެވެ.

ބަޖެޓު ސާޕްލަސްގެ އިތުރުން، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަދި ރަސްމީ ރިޒާވުގައި ގައި ހުރި ފައިސާގެ އަދަދު ބޮޑުތަނުން އިތުރުވުން ވެސް މޫޑީސް އިން އައުޓްލުކަށް ގެނައި ބަދަލުގެ ސަބަބެއްގެ ގޮތުގައި ބުނެފައިވެ އެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެސްޑީއެފް އާއި ރިޒާވު އިތުރުވީ އެއާޕޯޓު ފީތަކާއި ޓެކްސް ބޮޑުކޮށް ޑޮލަރު މާރުކުރަން ސަރުކާރުން އެކުލަވާލި ހަރުކަށި ސިޔާސަތުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 15 މިލިއަން ޑޮލަރު ހުރި އެސްޑީއެފް ގައި މިހާރު 126 މިލިއަން ޑޮލަރު ހުރި ކަމަށް މޫޑީސްގެ ރިޕޯޓުގައި ބުނެފައިވެ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްމްބަރު މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރުގައި ހުރި ރިޒާވު 859 މިލިއަން ޑޮލަރަށް އިތުރުވި ކަން ވެސް މޫޑީސް އިން ފާހަގަކޮށްފައިވެ އެވެ.

ކްރެޑިޓް ރޭޓިން ދަމަހައްޓައި އައުޓްލުކަށް ބަދަލެެއް ގެނައި ނަމަވެސް މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ފަހަތު ފަޔަށް ބުރަވާނަމަ ރޭޓިން ދަށްކުރުމުގެ ފުރުސަތު އޮތް ކަމަށް މޫޑީސްއިން ފާހަގަކޮށްފައިވެ އެވެ.

މާލީ ރިފޯމުގެ ވާހަކަ ސަރުކާރުން ދެއްކި ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައި ނުވެ އެވެ.

އާމްދަނީއާއި ހަރަދުގެ ސިޔާސަތުތައް ވަށާޖެހޭ ގޮތެއްގައި ރިފޯމްކޮށް، މެދުރާސްތާއަށް ދަރަނި ނަގަން ޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރު މޫޑީސްއިން ރޭޓިން ދަށްކުރުމުން ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް، މި ރިވިއުއިން ހާމަވެގެންދިޔައީ ސަރުކާރުގެ ފިޔަވަޅުތައް ލަސްވެ، މާލީ ހާލަތު ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox