ވިޔަފާރި ބޭނުމަށް މާލެ އާއި ވިލިމާލެއިން މުއިއްޒު ބިންތައް ދޫކުރީ ކައުންސިލުން ފާސްނުކޮށް: ސައިފު

މާލޭ މޭޔަރަކަށް، ރައީސް މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު ކައުންސިލްގެ މެންބަރުންނާއެކު.

މާލޭ މޭޔަރަކަށް، ރައީސް މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު ކައުންސިލްގެ މެންބަރުންނާއެކު.

މާލޭ މޭޔަރަކަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުންނެވިއިރު، އިއުލާނު ކުރުމެއް ނެތި މާލެ އާއި ވިލިމާލެއިން އަމިއްލަ ފަރާތްތަކާއި ރާއްޖޭން ބޭރުގެ ބައެއް ފަރާތްތަކަށް ބިންތަކާއި އިމާރާތްތައް ދޫކޮށްލީ ކައުންސިލުން ފާސްނުކޮށް ކަމަށް، މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފު ފާތިހު ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހަށް ސައިފު ވިދާޅުވީ މުއިއްޒު މޭޔަރަކަށް އިންތިހާބު ވުމަށް ފަހު މާލޭގެ އަގުބޮޑު ބިންތައް ހިތުހުރި ގޮތަކަށް "ބަހާލީ" ކައުންސިލުގައި އެއްވެސް މަޝްވަރާއެއް، ނިންމުމެއް ވެސް ނެތި ކަމަށެވެ. އެއީ ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ހަގީގަތުގައި ވެސް އެއީ ބޮޑު ޖަރީމާއެއް. އެ މައްސަލަ އޭރު ވެސް އަޅުގަނޑުމެން ނަގަމުން ދިޔައިން. އޭސީސީއަށް ވެސް ހުށަހެޅިން. ނަމަވެސް އެއްވެސް ކަމަކަށް އެކަމަށް ބެލުމެއް ނެތި ދިޔައީ ބިންތައް ދޫކުރަމުން،" ސައިފު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފު.-- ފޮޓޯ: އަދަދު
މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފު.-- ފޮޓޯ: އަދަދު

މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފު.-- ފޮޓޯ: އަދަދު

ހަމައެއް އުސޫލެއް ނެތި މުއިއްޒު ބިންތައް ދޫކުރާ މައްސަލަ ބޮޑުވެގެން، ކައުންސިލުން ފާސްނުކޮށް އެފަދަ މުއާމަލާތެއް ނުކުރެވޭ ގޮތަށް، ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ ވޯޓާއެކު ކައުންސިލްގެ އަސާސީ ގަވާއިދު އިސްލާހު ކުރި ކަމަށް ވެސް ސައިފު ވިދާޅުވި އެވެ.

"އެ ބަދަލު އަސާސީ ގަވާއިދަށް ގެނައީ ޖޫން 14، 2023ގައި. އެއަށް ފަހު ވެސް ބިންތައް ދޫކޮށްފައި އެބަ ހުރި. ގައިމު ވެސް އެ ބިންތަކުގެ ގާނޫނީ އެއްވެސް ސައްހަ ކަމެއް ނޯންނާނެ،" ސައިފު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުން އެނގޭ ގޮތުގައި ޖޫން 14، 2023 ގެ ފަހުން 19 ބިމެއް ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން 10 ބިމެއް ދޫކުރީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދެމެދު އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު 9، 2023 ގައި ބޭއްވިއިރު، ދެ ވަނަ ބުރު ބޭއްވީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ކާނިވާ ސަރަހައްދުން ބިންތައް ދޫކޮށްލީ، ސީއެސްއާރުގެ ގޮތުގައި 300،000ރ. ނުވަތަ 500،000ރ. ނެގުމަށް ފަހުކަން އާންމުކުރި ލިސްޓުން އެނގެ އެވެ. ނަމަވެސް އެއީ ކޮން ކަމަކަށް ނެގި ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ. އަދި ބޭނުންކުރި ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ.

ވިޔަފާރީގެ އުސޫލުން މާލެއިން ބިމާއި އިމާރާތްތައް ކުއްޔަށް ދޫކުރާ އަގަށް ވުރެ އެތައް ގުނައެއް ހެޔޮކޮށް ކާނިވާ ސަރަހައްދުން ބިންތައް ދޫކޮށްލީ 20 އަހަރަށެވެ. އެ ބިންތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 އަދި 28 ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އޮތީ ސެޕްޓެމްބަރު 30ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox