ޕްރިޒަންސްއަށް މިދިޔަ ސަރުކާރުން ދޭން ކަނޑައެޅި ފްލެޓުތައް ވެސް ނުދީ އާ ލިސްޓުގައި ވެސް ނުހިމެނުމުން ކަންބޮޑުވުން

ޕްރިޒަންސްގެ އޮފިސަރެއް މަގުމަތީގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު

ޕްރިޒަންސްގެ އޮފިސަރެއް މަގުމަތީގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު

މިދިޔަ ސަރުކާރުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި 1000 ފްލެޓުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ކަނޑައެޅި ފްލެޓުތައް ނުލިބޭތީ އާއި މި ސަރުކާރުން އިއުލާނު ކުރި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓު ނުލިބޭތީ އެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ކަރެކްޝަންސްގެ މުވައްޒަފުން ވަނީ އެ ކަންބޮޑުވުން ކަރެކްޝަންސްގެ ކޮމިޝަނަރު ވެސް އިންނަވާ ގްރޫޕެއްގައި ހިއްސާކޮށްފަ އެވެ.

އެގޮތުން ކަންބޮޑުވުން ފާޅުކުރި ބައެއް މުވައްޒަފުން ބުނެފައި ވަނީ ނޮވެމްބަރު 11، ގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އައު ހެޑްކުއާޓާސްގެ އައު އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް މުވައްޒަފުން ދިޔައީ އެމީހުންނަށް މުސާރައިގެ ކުރިއެރުން ލިބުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމުގެ ފޮނި އުއްމީދުގައި ކަމަށެވެ.

އެހެންނަމަވެސް އެ ދުވަހުގެ ޖަލްސާއިން ކަރެކްޝަންސްގެ އޮފިސަރުންނަށް އެއްވެސް އުއްމީދެއް ނުލިބުމުން އެކަމާ ވަރަށް ބޮޑަށް މާޔޫސްވި ކަމަށް ބައެއް މުވައްޒަފުން ބުނެފައިވެ އެވެ.

"ނަމަވެސް އުއްމީދު ކުރި ގޮތާއި ހިލާފަށް މިއަދުގެ [ނޮވެމްބަރު 11] ގެ ރަސްމިއްޔާތު ނިމިގެން ދިޔުމަކީ އޮފިސަރުންނާއި މުވައްޒުން ރެއާއި ދުވާލު ދިވެހި ރައްޔިތުންގެ ހައްގުގައި ކުރާ ބުރަ މަސައްކަތުގެ މޮރާލް ދަށްވެ، މާޔޫސްވެ، މި މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކަކީ މުހިންމު މަސައްކަތެއް ނޫންކަން ދޭހަވެގެންދިޔަ ކަމެއް،" އެއް އޮފިސަރަކު އެ ގްރޫޕުގައި ލިޔެފައިވެ އެވެ.

އެޕޯލޯއިން އިމާރާތްކުރާ ޓަވަރުތަކުގެ ތެރެއިން ކެރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް 100 ހައުސިން ޔުނިޓު ދިނުމަށް ކަނޑައަޅައި މިދިޔަ ސަރުކާރުން ފޮނުވި ސިޓީ
އެޕޯލޯއިން އިމާރާތްކުރާ ޓަވަރުތަކުގެ ތެރެއިން ކެރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް 100 ހައުސިން ޔުނިޓު ދިނުމަށް ކަނޑައަޅައި މިދިޔަ ސަރުކާރުން ފޮނުވި ސިޓީ

އެޕޯލޯއިން އިމާރާތްކުރާ ޓަވަރުތަކުގެ ތެރެއިން ކެރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް 100 ހައުސިން ޔުނިޓު ދިނުމަށް ކަނޑައަޅައި މިދިޔަ ސަރުކާރުން ފޮނުވި ސިޓީ

މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވައި ކޮމިޝަނަރު ޒަރީރު ލިޔުއްވާފައި ވަނީ މިދިޔަ ސަރުކާރުން ކަރެކްޝަންސްގެ މުވައްޒަފުންނަށް ދޭން ކަނޑައެޅި 100 ހައުސިން ޔުނިޓާ ބެހޭގޮތުން މައުލޫމާތު ސާފު ކުރުމަށް ހޯމް މިނިސްޓްރީ އަށާއި ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އަދި އެޕޯލޯއިން އަޅާ ޓަވަރުތަކުގެ މަސައްކަތް އަދި ނިމުމަކަށް އައިސްފައި ނުވާތީ އެ ތަންތަނުން ކަރެކްޝަންސްގެ އޮފިސަރުންނަށް ބޯހިޔާވަހިކަން ލިބޭނެކަން ނުވަތަ ނޫންކަން އަދި ކަށަވަރު ނުވާ ކަމަށް ޒަރީރު ލިޔުއްވާފައިވެ އެވެ.

ޒަރީރުގެ ވާހަކަތަކާ ގުޅިގެން ބައެއް މުވައްޒަފުން ވަރަށް ބޮޑަށް ނުރުހުންވެ ވާހަކަދައްކާފައިވެ އެވެ.

އެއާއެކު ޒަރީރު ވަނީ އެގޮތަށް އެ ގްރޫޕުގައި ވާހަކަ ނުދެއްކޭނެ ކަމަށް ބުނެ ވަރަށް ރުޅި އިސްކުރައްވައި ވާހަކަދައްކަވައިފަ އެވެ. އަދި ބައެއް އޮފިސަރުންނަށް ފޯނުން ގުޅުއްވައި ވެސް ހަރުކަށިކޮށް ޒަރީރު ވާހަކަދެއްކެވި ކަމަށް މި ނޫހަށް މައުލޫމާތު ދިން ބައެއް އޮފިސަރުން ބުންޏެވެ.

ޒަރީރުގެ އެ ވާހަކަތަކަށްފަހު، މި ހަފުތާގައި އިއުލާނުކުރި މި ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސްކީމުގެ ދަށުން ވެސް ފްލެޓު ލިބޭ މުއައްސަސާތަކުގެ ތެރޭގައި ކަރެކްޝަންސް ނުހިމެނޭތީ އެ މުއައްސަސާގެ ބައެއް އޮފިސަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްގެ އޮފިސަރުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ވެސް ޒަރީރު ވަރަށް ބޮޑަށް ރުޅި އިސްކުރައްވައި ވަކިވަކި އޮފިސަރުން ހާޒިރުކޮށް ވަރަށް ހަރުކަށިކޮށް ވާހަކަދެއްކި ކަމަށް މި ނޫހަށް މައުލޫމާތު ދިން އޮފިސަރުން ބުންޏެވެ.

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެޕޯލޯއާ ހަވާލުކުރީ ހަތަރު ކެޓަގަރީއަކަށް ހާއްސަކޮށްގެން 1،000 ފްލެޓް އެޅުމަށެވެ. އޭގެތެރޭގައި އެންމެ އަގުހެޔޮކޮށް ދޫކުރާ ކައުންސިލް ހައުސިން ކެޓަގަރީ ވެސް ހިމެނެ އެވެ. ދެން ހިމެނޭނީ އަތްފޯރާ ފަށުގައި ދޫކުރާ ފްލެޓްތަކާއި މެދު ފަންތި އާއި މަތީ ފަންތީގެ ފްލެޓްތަކެވެ.

އެ މަޝްރޫއު އެޕޯލޯއިން ފެށީ ޖޫން 10، 2021 ގަ އެވެ. އެ ޔުނިޓުތަކުގެ ތެރެއިން 100 ޔުނިޓު ކަރެކްޝަންސްގެ މުވައްޒަފުންނަށް ހާއްސަކޮށްފައިވާކަން އަންގައި އެ އިދާރާއަށް ހައުސިން މިނިސްޓްރީން އޮތީ ސެޕްޓެންބަރު 13، 2023 ގައި ސިޓީއެއް ފޮނުވައިފަ އެވެ.

ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން އަދަދު އަށް ވިދާޅުވީ އެ މަޝްރޫއު ހިންގަން އެޕޯލޯއާ ހަވާލުކުރީ ކައުންސިލް ހައުސިން ކެޓެގަރީގެ ފްލެޓުތަކާއެކު ނޫނީ މެދު ފަންތި އާއި މަތީ ފަންތީގެ ފްލެޓުތައް ނުނިންމޭނެ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން އެ މަސައްކަތް ހަވާލުކޮށްފައި އޮންނާނީ ހުރިހާ ކެޓެގަރީތަކެއް އެއްކޮށް ނުވަތަ ކައުންސިލް ހައުސިން ފުރަތަމަ ނިންމާފައި ނޫނީ މަތީ ފަންތީގެ ތަންތަން ނުނިންމޭނެ ގޮތަށް، އެކަމަކު އެ މަސައްކަތް [ކައުންސިލް ހައުސިން] އެއޮތީ ހަމަ އެއްކޮށް ހުއްޓާލާފައި،" އަކްރަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox