އީގަލްސް އިން ފުރަތަމަ ބުރު ނިމުމުގެ ކުރިން ގަދަ ހަަތަރެއްގެ ޓާގެޓެއް

Nov 4, 2025, 3:21 AM
އީގަލްސްގެ މެޗެއްގެ ތެރެއިން ބެންޖޯ.-- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އީގަލްސްގެ މެޗެއްގެ ތެރެއިން ބެންޖޯ.-- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އިން ފުރަތަމަ ބުރު ނިމުމުގެ ކުރިން ޓާގެޓަކީ ގަދަ ހަތަރެއްގެ ތެރެއަށް ވަނުން ކަމަށް އެ ޓީމުގެ ކޯޗުގެ ޒިންމާއާ ހަވާލުވެހުރި އަބްދުﷲ ހަނީފް (ބެންޖޯ) ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އީގަލްސް އިން ވަނީ ޓީސީ ސްޕޯޓްސް ކްލަބް އަަތުން 2-0 އިން މޮޅުވެފަ އެވެ. މިއީ، ޗެރިޓީ ޝީލްޑް މެޗު ހިމެނޭގޮތަށް މި ސީޒަނުގައި އީގަލްސް އިން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވި ފުރަަތަމަ މެޗެވެ.

ލީގު ފެށިއިރު، އީގަލްސްގެ ކޯޗަކަށް ހުރި އަހުމަދު ނިމާދު (ނިމާ) ޓީމާ ދުރަށް ދިއުމުން، ކޯޗުގެ ޒިންމާއާ ހަވާލުވީ ކުރިން އީގަލްސް އަށް ކުޅުނު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.

ބެންޖޯ ހަވާލުވި ފަހުން އީގަލްސް އިން ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ، އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އެއްވަރުވެފަ އެވެ. އަދި، އޭގެ ފަހުން ކުޅުނު މެޗުގައި ލީގުގެ ފުލުގައި އޮތް ޓީސީ އަތުން މި ވަނީ މޮޅުވެފަ އެވެ. މި މޮޅާ އެކު، އީގަލްސް ހަ ވަނައިގައި އޮތީ ހަ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ.

"އީގަލްސް އަކީ ރާއްޖޭގެ ފާއިތުވި ސީޒަންގައި ރާއްޖޭގެ އެންމެ ރަނގަޅު އެއް ޓީމު، މާޒިޔާ ނަގާފައި، އީގަލްސްގެ އަބަދުވެސް ޓާގެޓަކީ އެންމެ ދަށްވެގެން ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުން އެއީ، ފުރަތަމަ ބުރު ނިމޭއިރު އަޅުގަނޑުގެ ޓާގެޓަކީ،" ޓީސީ މެޗަށް ފަހު، ބެންޖޯ ބުންޏެވެ.

ފުރަތަމަ ބުރުގައި އީގަލްސް އަށް ބާކީ އޮތީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ކްލަބް ވެލެންސިއާ އަދި ވިކްޓަރީ ސްޕޯޓްސް ކްލަބާ ކުޅޭ މެޗުތަކެވެ.

ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ބެންޖޯ ބުނީ، މޮޅެއް ނުލިބި ގިނަ މެޗުތަކެއް ދިއުމުން ކުޅުންތެރިންނަށް މޮޅެއް ހޯދުން ވެގެންދިޔައީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެކަމަކު، އެކަން ހާސިލްކުރުމަކީ ކޮންފިޑެންސާ އެކު ކުރިއަށް ދިއުމަށް ކޮށުނު މަގެއް ކަމަށް ބެންޖޯ ވަނީ ފާހަގަކޮށްފަ އެވެ.

"އަނެއްހެން ކޮންފިޑެންސްގެ މައްސަލަތަކެއް މި އުޅެނީ. ލަނޑުތައް ނުޖެހި، މޮޅުނުވެވި، ޓީމު އޮތް ހާލަތުން، މީގެ ބޭނުންވަނީ ކޮންފިޑެންސް، ޕްރެކްޓިސްގައި ކުރަން ޖެހޭ މަސައްކަތް އެބަކުރޭ. ދެން، މި ބުނާ ގޮތަށް ކޮންފިޑެންސް އައީމަ، މަޑުމަޑުން ރަނގަޅުވަމުންދާނީ،" ބެންޖޯ ބުންޏެވެ.

"ވަރަށް ބޮޑަށް މޮޅެއް ބޭނުންވެފައި އިނީ އީގަލްސް ކުރިއަށްދާން، ޓޭބަލް އިން ވެސް (ޓީސީ އަތުން ހޯދި) މި މޮޅާ އެކު ފެންނާނެ މައްޗަށް ޖެހިލާތަން. އޭގެއިން ކުޅުންތެރިން ކޮންފިޑެންސަށް ލިބުނު ވަރަށް ބޮޑު އެއްޗެއް އެއީ،"

ބެންޖޯ ބުނީ، އެެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ހުރިހާ ޓީމެއް ވެސް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ތިބި ކަމަށެވެ. އެހެންކަމުން ކުޅެން ޖެހެނީ އުނދަގޫ މެޗުތަކެއް ކަމަށާއި، އެއްވެސް ޓީމަކަށް ޔަގީންކަމާ އެކު ކުޅެލަން ފަސޭހަ ޓީމެއް ނެތް ކަމަށް ބެންޖޯ ވަނީ ފާހަގަކޮށްފަ އެވެ.

"ފަސޭހައެއް ނުވާނެ އެއްވެސް ބަޔަކާ އެކީ ކުޅެން، އެހެންވީމަ ކުރިއަށް އޮތް މެޗު ވެސް އުނދަގޫވާނެ، މީގެ އޮންނާނީ މަސައްކަތް ކުރުން، ރަނގަޅު ރޭވުމަކާ އެކީ ނުކުމެ އެކަން ހާސިލްކޮށްފިއްޔާ ކާމިޔާބު ލިބޭނެ،" ބެންޖޯ ބުންޏެވެ.

އީގަލްސްގެ ކަންކަން ރަނގަޅުކުރަން އޭނާ އާ ބައިވެރިވެގެން ކުޅުންތެރިން ކުރާ މަސައްކަތް ބެންޖޯ ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox