ކްލަބް މޯލްޑިވްސް ކަޕް: އެސްޓީއޯ އަތުން ބަލިވެ ޗެމްޕިއަން ވެމްކޯ ކެޓިއިރު، އެމްޓީސީސީ، އެމްޕީއެލް އަދި ފެނަކަ ކުއާޓާ އަށް

Oct 15, 2025, 3:40 AM
ކްލަބް މޯލްޑިވްސް ކަޕް: އެސްޓީއޯ އަތުން ބަލިވެ ޗެމްޕިއަން ވެމްކޯ ކެޓިއިރު، އެމްޓީސީސީ، އެމްޕީއެލް އަދި ފެނަކަ ކުއާޓާ އަށް

ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހުން ދެ އަަހަރުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އެސްޓީއޯ އަތުން ބަލިވެ ކެޓިއިރު، ކްލަބް އެމްޓީސީސީ، އެމްޕީއެލް އަދި ޓީމު ފެނަކަ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެެވެ.

އެސްޓީއޯ އާއި ވެމްކޯ ކުުޅުނު މެޗު 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި އެސްޓީއޯ މޮޅުވީ 4-3 އިންނެވެ. ދިވެހި ސިފައިންގެ ކްލަބް އަތުން އެމްޓީސީސީން 5-2 އިން މޮޅުވިއިރު، ޓީމު އެފްއެސްއެމްގެ މައްޗަށް އެމްޕީއެލް ކުރިހޯދީ 5-3 އިންނެވެ. އަދި، ޕޮލިހާއި ފެނަކައިގެ މެޗު 6-6 އިން އެއްވަރުވިއިރު، ޕެނަލްޓީގައި ފެނަކަ މޮޅުވީ 4-2 އިންނެވެ.

ވެމްކޯ އިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑުނެގީ، މުހައްމަދު ފާސިރު (ފާއްޓޭ) ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ކުޅެން އަރައި، އެސްޓީއޯގެ ކެޕްޓަން، ހުޒައިފަތު ރަޝީދު (ހުޒޭ) ޖެހި މޮޅު ގޯލުން އެސްޓީއޯ އިން އެއްވަރުކުރި އެވެ. އެކަމަކު، ހިލޭޖެހުމެއްގައި، ވެމްކޯގެ އިރާން ކުޅުންތެރިޔާ، އަލީރެޒާ ޝެއިހްލާރު ވަނީ ގޯލެއް ޖަހައި، އަލުން ވެމްކޯ އަށް ލީޑުނަގައިދީފަ އެވެ. އަދި، އެސްޓީއޯ އިން ނަތީޖާ ހަމަހަމަކުރަން ޕަވަޕްލޭގެ ބޭނުންކޮށް ކުރި އެޓޭކުތަކުގެ ފަައިދާނަގައި، ހުޒޭ ވަނީ އިތުރު ގޯލެއް ޖަަހައި މެޗުގެ ނަތީޖާ އަނެއްކާ ވެސް ހަމަހަމަ ކޮށްދީފަ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ވެމްކޯގެ ހަ ޕެނަލްޓީގެ ތެެރެއިން ކާމިޔާބުވީ ތިން ޕެނަލްޓީ އެވެ. އެއީ، ފާއްޓޭ، އަލީ ޝިޔާހު (ޝިޔަޅޭ) އަދި އަބްދުﷲ ޖުނައިދު (ޖެންނޭ) ޖެހި ޕެނަލްޓީތަކެވެ. އެ ޓީމަށް ނާކާމިޔާބުވީ، އިރާނުގެ ދެ ކުޅުންތެރިން ކަމަށްވާ އަލީ ރެޒާ އާއި އިހްސާންގެ އިތުރުން، އިސްމާއިލް ވަޖީހު (ވައްޖެ)ގެ ޕެނަލްޓީތަކެވެ. އެސްޓީއޯ އިން އަލީ ހައިޝަމް (ޗުމްޕު) އާއި އަލީ ހުމޭޒްގެ ޕެނަލްޓީ ނާކާމިޔާބުވިއިރު، އިސްމާއިލް އީސާ (މެސީ)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، އިޔާން އަހުމަދު ރަޝީދު އަދި އަލީ އިފާޒް ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ.

އެމްޓީސީސީން މުހައްމަދު ޝާއިން އާއި މުހައްމަދު އިޝާމްގެ ގޯލުތަކުން ލީޑުނެގި މެޗުގައި ސިފައިން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. ސިފައިންގެ ލަނޑުތައް ޖެހީ، އިރާނުގެ ސޮރޯޝްގެ އިތުރުން އިޔާސް އަލީ އެވެ. އޭގެ ފަހުން، އެމްޓީސީސީން ތިން ގޯލު ޖަހައި މެޗުން މޮޅުވި އެވެ. މި ލަނޑުތައް ޖެހީ، އިޝާމް، ޖުމައިލް ޖަމީލް އަދި އަޔާޒް އަހުމަދު (އަޔާ) އެވެ.

އެމްޕީއެލްގެ މުހައްމަދު ސާދު ނިޒާރު ރޭގެ މެޗުގައި ހެޓްރިކެއް ހެދިއިރު، އަނެއް ދެ ލަނޑު ޖެހީ މުހައްމަދު ޒީދާން ޒުހުރީ އާއި އިރާނުގެ ކުޅުންތެރިޔާ، ސަމަން ދަޝަން އެވެ. އެފްއެސްއެމްގެ ލަނޑުތައް ޖެހީ، މުހައްމަދު ނާފިއު އަހުމަދު، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަދި މުހައްމަދު މާކިން އެވެ.

ފެނަކަ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އައްޒާމް އަބްދުﷲ (އެޑޫ) ދެ ގޯލާއި ހާޒިމް ފައުޒީ (ހަތީ)، އީމާން ނަޒީރު، އަހުމަދު އަޖުވަދު (އަޖޭ) އަދި ހަަސަން އަޒޫމު އަލީ އެވެ. ޕޮލިހުގެ ލަނޑުތައް ޖެހީ އަޖުލާން އަބްދުލް ހަންނާން ދެ ގޯލާއި ހުސެއިން އަފްހާން، އައިމަން ނަޒީރު، މުހައްމަދު އަހުސަމް އަދި އަބާން މުހައްމަދު އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނު މި މެޗުގައި، ޕޮލިހުގެ ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ އަޖުލާން އާއި އަައިމަންގެ ޕެނަލްޓީ އެވެ. އަފްހާން އާއި އަބާން އަށް ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. އަނެއްކޮޅުން، ފެނަކަ އިން ހަތަރު ޕެނަލްޓީ ވެސް ވައްދާލި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ، އެޑޫ، އަހުމަދު ހަލީމް (އައްމަޑޭ)، މުހައްމަދު އިންޝާލް އަދި އީމާން ނަޒީރު އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ ހުކުރު ދުވަހުގެރޭގަ އެވެ. ކުއާާޓާގެ މެޗުތަކަށް ބަލާއިރު، މޯލްޑިވިއަން ކުޅޭނީ ސްޓެލްކޯއާ އެވެ. އެމްއޭސީއެލް އިން އާރްއާރްސީއާ ކުޅޭއިރު، އެސްޓީއޯ އިން ބައްދަލުކުރާނީ އެމްޓީސީސީއާ އެވެ. އަދި، ފެނަކަ އިން ނުުކުންނާނީ އެމްޕީއެލްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox