ދުނިޔޭގައި ހޯދިދާނެ އެންމެ އަގުބޮޑު އެއްޗަކީ ކޮބާހެއްޔެވެ؟

ދުނިޔޭގައި ހޯދިދާނެ އެންމެ އަގުބޮޑު އެއްޗަކީ ކޮބާހެއްޔެވެ؟

ވަރަށް ބުއްދިވެރި އެހެނަސް ކޯފާވެވަޑައިގަތުން ގިނަ ރަސްކަލަކު އުޅުއްވިއެވެ. އެއްދުވަހެއްގައި ދަރުބާރު އެއްކުރައްވައިގެން މަޖާ ނަންގަވަން އިންނަވަނިކޮށް ނިކަން އަރިސް ވަޒީރަކަށް ބުނެވުނު އެއްޗަކުން ރަސްގެފާނު ވަރަށް ބޮޑަށް ކޯފާވެވަޑައިގެން އޭނާގެ ވަޒީރުކަން ނަންގަވައިފިއެވެ. އަދި އޭނާގެ އެންމެހާ މުދާތައްވެސް އަތުލައްވާފައި ރަސްކަމުގެ ދަރުބާރު އޮންނަ ރަށުން ވެސް ފައިބައިގެންދިއުމަށް އަމުރުފުޅުކުރައްވައިފިއެވެ.

މިވަޒީރު ކަލޭގެ މާޔޫސްކަމާއި އެކަނިވެރިކަމުގައި މި ރަށުން ފައިބައިގެން މިސްރާބެއް ނެތި ދަތުރުކުރަން ފެށިއެވެ. މިހެން ގޮސް މި ދަތުރުގައި މާ ދުރު ހިސާބެއްގައި އިން ހަކީމަކާ ދިމާވިއެވެ. ވަޒީރަށް ދިމާވެފައިވާ ނިކަމެތި ހާލައިގެން ހަކީމުގެ ގާތުގައި ޝަކުވާކުރުމުން ހަކީމު ބުނެފިއެވެ. ތިޔަ ރަސްކަލަކީ ބުއްދިވެރި ރަސްކަލެއްކަމުގައި ކަލޭ އެބަ ބުނަމުއެވެ. އެހެންވެއްޖިއްޔާ ބުއްދިވެރި މީހަކަށް ކަލޭ ވަނިކޮށް އަލުން އަނބުރާ ވަޒީރުކަން ލިބޭނެކަމާމެދު ހަމަ ކުޑަވެސް ޝައްކެތް ނެތެވެ.

ވަޒީރު ކަލޭގެ ހަކީމު ގާތުގައި ބުންޏެވެ. ތިމަންނާ ބުއްދިވެރިއަކަށް ހަދައިދީބަލާށެވެ. ހަކީމު ބުންޏެވެ. އެހެރަ އެހެރަ ކަންކަމީ އެހެން އަނެކާއަށް ދަސްކޮށްދެވޭ ބާވަތުގެ ކަންކަމެއް ނޫނެވެ. ތިބާއީ ބުއްދިވެރިއެއްތޯ ނުވަތަ ނޫންތޯ އެކަމަކު ބަލައިދެވިދާނެއެވެ. މިހެން ބުނެފައި ހަކީމު ބުންޏެވެ. އިންސާނަކަށް މި ދުނިޔޭގެ ހަޔާތުގައި ހޯދިދާނެ ނުވަތަ ލިބިދާނެ އެންމެ އަގުހުރި އެއްޗަކީ ކޮބާހެއްޔެވެ؟ އަދި އިންސާނަކަށް މި ދުނިޔޭގެ ހަޔާތުގައި އޭނާ ދިރިއުޅެން ޖެހޭ ވަކި ބޭނުމެއް ނުވަތަ މާނައެއް ހޯދައިގަނެވިދާނެ ގޮތަކީ ކޮބާހެއްޔެވެ؟

Advertisement

ވަޒީރު ބުންޏެވެ. ކިޔައިދީބަލާށެވެ! ހަކީމު ބުންޏެވެ. ކިޔައިދީފިނަމަ ދުވަހަކު ވެސް ކަލޭ ބުއްދިވެރިއަކަށް ނުވާނެއެވެ. އެކަމަކު ކަލޭ އަމިއްލައަށް މީގެ ޖަވާބު ހޯދުނު ގޮތަކުން ހޯދައިފިނަމަ ކަލޭ ބުއްދިވެރިއަކަށް ވާނީ، އެނބުރި ރަސްގެފާނުގެ ދަރުބާރަށް ވެސް ދާންނުޖެހޭ އެކަމަކު ރަސްގެފާނު ކަލޭގެ ހަބަރު އަހައިފިނަމަ ކަލޭ ހޯދައިގެން ގެންދަވާނޭ ފަދަ ގޮތަކަށެވެ.

ވަޒީރު ކަލޭގެ ވީ ދެރައިން ހަކީމު ދެކެ އައި ރުޅިއާއެކު އަނެއްކާވެސް ވަކި މިސްރާބެއް ނެތި ދަތުރަށް ފަށައި ދަތުރުކުރަމުން ގެންދިޔައެވެ. މިހެން ގޮސް ވަރުބަލިކަމާއި ލޮޑުކަމުގައި މީހުން އުޅޭ ސަރަހައްދަކަށް އެރުނު ދުވަހެއްގައި، ބޫޓާއި ފައިވާން ހެދުމުގެ ވިޔަފާރިކުރާ މީހަކަށް ވަޒީރު ފެނުނެވެ. ވަޒީރު މި މީހާގެ ސާދާ މަސައްކަތާއި އޭނާގެ ވިޔަފާރީގެ އާދައިގެ ކަމަށް ބަލައި ވިސްނަން ހުއްޓައި، މި ބޫޓު ހަދާ މީހާ ބުނެފިއެވެ. ތިބާ ވައްތަރީ މަގު ގެއްލިފައިވާ ދަތުރުވެރިއަކާއެވެ. އަހަރެންގެ މެހެމާންދާރީގައި، ދެތިން ދުވަސް ވަންދެން މަޑުކޮށްލަންވީ ނުންހެއްޔެވެ؟ ވަޒީރު ވެސް ވެފައިހުރި ވަރުބަލިކަމާއެކު އެކަމަށް އެއްބަސްވިއެވެ.

ބޫޓު ހަދާ މީހާ އޭނާގެ މެހެމާންދާރީގައި މަގު ގެއްލިފައިވާ މި ދަތުރުވެރިޔާއަށް ދޭން ފެށީ އޭނާއަށް ދެވޭނެ އެންމެ ރަނގަޅު ހިދުމަތެކެވެ. ރޭގަނޑުގެ ފަރިއްކޮޅު ތައްޔާރުކޮށްދިނީ ގޭގައި ހުރި އެންމެ އަގުބޮޑެތި ކާނާ ބޭނުންކޮށްގެންނެވެ. އަދި ނިދާނެ ތަންމަތިވެސް ތައްޔާރުކޮށްދީ އެހެނިހެން ހިދުމަތްތައް ވަޒީރަށް ހަމަޖައްސައިދިނީ އެއްވެސް ގޮތަކަށް ބީރަށްޓެހިކަން އިހުސާސް ނުކުރެވޭނެ ގޮތަށެވެ.

ވަޒީރު މިކަމާ ވަރަށް ބޮޑަށް ހައިރާންވެއްޖެއެވެ. ސަބަބަކީ މީނާއަކީ ކުރީގައި ވަޒީރެއްކަން އެމީހާއަށް ނޭނގޭކަން ވަޒީރަށްވެސް އެނގޭތީއެވެ. އަދި އެނގިފައިވިޔަސް މިހާރު ވަޒީރުގެ އެއްވެސް ބާރެއް ނެތްއިރު، މިމީހާގެ މި ފުރިހަމަ މެހެމާންދާރީގެ ސިއްރަކީ ކޮބާތޯ މިއީ ވަޒީރަށް ވަރަށް ބޮޑަށް ފިކުރު ހިންގަންޖެހޭ ކަމަކަށް ވެއްޖެއެވެ. ބޮޑުވެގެންވާ ސަރަހައްދެއްގެ ރަސްކަމުގެ ދަރުބާރުގައި ގިނަ ދުވަސްތަކެއްވަންދެން އުޅުނު ވަޒީރެއްގެ ހައިސިއްޔަތުން އެތައް ބަޔަކާއެކީ އެކުއުޅެވި ފެނިދެނިވެފައިވާ މީހެއްގެ ހައިސިއްޔަތުން، ވަޒީރަށް އެނގި ޔަގީންވާ ކަމަކީ، މި ބޫޓު ހަދާ މީހާ ހިމެނެނީ ދުނިޔޭގައި އެންމެ އުފަލުގައި އެންމެ ހިތްހަމަޖެހިގެން އުޅޭ މީހުންގެ ގޮތުގައި ވަޒީރަށް މީގެ ކުރިން ދިމާވެފައިވާ މީހުންގެ ކެޓަގަރީގައެވެ. އެކަމުގެ ސިއްރަކީ ވެސް ފަހެ ކޮބައިބާވައެވެ؟

ޖެހިގެން އައި ދުވަހު އެ ސަރަހައްދުގައި އުޅޭ މުޅި ހިސާބުގަނޑަށް ނަން މަޝްހޫރު މަހުޖަނަކު ފޮނުވައިގެން އައި މީހަކު ބޫޓު ހަދާ މީހާގެ ގާތަށް އައެވެ. އޭނާ އައިސް ބޫޓު ހަދާ މީހާގެ ގާތުގައި ބުންޏެވެ. ތިމަންނާ މިއުޅެނީ ތިމަންނާގެ ބޮޑު މީހާ ޝަކުވާކުރާ ވަރުންނެވެ. އެމަނިކުފާނުގެ އެމާތް ފައިންޕުޅު ބީއްސާލަން އެކަށޭނެ ބޫޓުކޮޅެއް ތިމަންނާއަށް ތާކުން ގަނެގެން ގެންދެވުނުކަމަށް ނުހެއްޖެވެ. އަހަރެން މިއައީ އެހެންވެއެވެ. ދުނިޔޭގައި މިހާތަނަށް ހެދިފައިނުވާ އަދި ފަހުންވެސް ނުހެދޭނެހާ އަގުބޮޑު ރީތި ބޫޓެއް ތިމަންނާގެ ބޮޑުމީހާއަށް ހަދައިދޭށެވެ. މިހުރިހާ ކަމެއް މިހެން ހިނގަމުންދާއިރު އެއްކަލަ ވަޒީރު އެތަނުގައި ވިސްނާފިކުރުކުރަމުން އުޅެމުންދެއެވެ.

ދެތިން ދުވަހެއްގެ ތެރޭގައި ބޫޓުހަދާ މީހާ ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު އެންމެ ރީތި ބޫޓު އުފައްދައިފިއެވެ. މަހުޖަނުގެ ސެކެއްޓަރީ އަތުވެއްޖެއެވެ. ބޫޓުގެ ރީތިކަމާއި މޮޅުކަން ފެނިފައި އޭނާވެސް އަޖައިބުވެފައި ބުންޏެވެ. ތިމަންނާ އަޖައިބުވާންވީ ކޮން ކަމަކާކަން މާބޮޑަކަށް މިހާރަކު ނޭނގެއެވެ. އަހަރެންގެ ބޮޑު މީހާ ނިޔާވެއްޖެއެވެ.

އެއްކަލަ ވަޒީރު ހިތަށް އެރިއެވެ. އެހާބޮޑު މުއްސަނދިކަމުގައި ވެސް އެ މަހަޖަނު ކަލޭގެ ދުނިޔޭގައި އުޅެފައި އެދިޔައީ އުފާވެރިކޮށެއް ނޫންތާއެވެ. އޭނާއަށްވުރެ މާ ސާދާ ދިރިއުޅުމެއް އުޅެމުންދާ މި ބޫޓުހަދާ މީހާ މިއުޅޭލެއް މާ އުފާވެރިއެވެ. ސިއްރަކީ ސަބަބަކީ ކޮބައިބާވައެވެ؟

ވަޒީރު ހިތަށް އެރިއެވެ. ސިއްރަކީ ސަބަބަކީ އަނެއް އިންސާނާއާމެދު ތިމާގެ ހިތުގައި އުފެދޭ ޝަރުތެއް ނުވާ ލޯތްބެވެ. ޝަރުތެއް ނުވާ އޯގާތެރިކަމެވެ. ޝަރުތެއް ނުވާ ހަމްދަރުދީއެވެ. އޭނާ އަހަންނަށް މެހެމާންދާރީ އަދާކުރީކީ އަހަރެން މިއީ ކާކުތޯ ބަލައިގެންނެއް ނޫނެވެ.

ދުނިޔެއިން ހޯދިދާނެ އެންމެ އަގުބޮޑު އެއްޗެއް ނޭނގެއެވެ. އެކަމަކު ލިބިފައި އޮވެދާނެ އެންމެ އަގުބޮޑު އެކައްޗަކީ، އަނެއް އިންސާނުންނާމެދު ތިމާގެ ހިތުގައި އުފެދިފައި އޮންނާނެ ޝަރުތެއް ނުވާ ލޯތްބާއި އޯގާތެރިކަމެވެ. އެހެނީ އަނެއް އިންސާނާއަށް ބޭނުންތެރި މަންފާކުރަނިވި މީހަކަށް ތިމާވުމަކީ ހިތްހަމަޖެހުން ލިބޭ ކަމެއްގެ ގޮތުގައި ވެގެންދަނީ ތިމާގެ ހިތުގައި ޝަރުތެއް ނުވާ އޯގާތެރިކަމެއް އަނެއް އިންސާނުންނާމެދު ހިނގަން ފެށުމުންނެވެ. އެޔާއެކު ދުނިޔޭގެ ހަޔާތުގައި އޭނާ ރަނގަޅަށް އުޅެންޖެހޭ ސަބަބަކާއި މަގުސަދެއް އިސާހިތަކު އޭނާއަށް ފަހުމްކޮށް ދެނެގަނެވިދާނެއެވެ.

ޖާބިރުގެފާނުގެ އަރިހުން ރިވާވެފައިވެއެވެ. މާތް ނަބިއްޔާ ހަދީސްކުރެއްވިއެވެ. މުއުމިނަކީ އަނެކުންނާ އެކުލަވާ އެކުލެވޭ މީހާއެވެ. އަނެކުންނާ އެކުލެވުން ނުވާ މީހާގެ ކިބައިގައި އެއްވެސް ހެވެއް ނެތެވެ. އަދި މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ މީސްތަކުންނަށް އެންމެ މަންފާ ބޮޑު މީހާއެވެ.

އަދި ޢަބްދުﷲ ބިން ޢުމަރު ރިވާކުރައްވައެވެ. މާތް ނަބިއްޔާގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! މީސްތަކުންގެ ތެރެއިން ﷲ ގެ ހަޒުރަތުގައި އެންމެ ލޯބިވެތިކަން ބޮޑީ ކާކުހެއްޔެވެ؟ ހަދީސްކުރެއްވިއެވެ، މީސްތަކުންގެ ތެރެއިން ﷲ ގެ ހަޒުރަތުގައި އެންމެ ލޯބިވެތިކަން ބޮޑީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. އަދި އަމަލުތަކުގެ ތެރެއިން އެންމެ ލޯބިވެތިކަން ބޮޑު އަމަލަކީ މުސްލިމެއްގެ ހިތަށް ވައްދައިދެވޭ އުފާވެރިކަމެވެ. މުސީބާތެއް ދުރުކޮށްދިނުމެވެ. ނުވަތަ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ ބަނޑުހައިކަން ފިލުވައިދިނުމެވެ. އެކުވެރިޔަކަށް ދިމާވެފައިވާ ބޮޑުކަމެއްގައި އޭނާއާއެކު ބައިވެރިވެގެން ކުރިޔަށް ދިއުން، ތިމަން ނަބިއްޔާގެ މި މިސްކިތުގައި އިއުތިކާފަށް އިނުމަށްވުރެވެސް ހެޔޮކަން ބޮޑުވެގެންވެއެވެ. (ނޯޓް: މާތް ނަބިއްޔާގެ މިސްކިތްކޮޅުގައި އިއުތިކާފަށް އިނުމަކީ ނުހަނު ދަރުމަޔާއި ސަވާބު އިންތިހާއަށް ހުރި ކަމެކެވެ.)

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox