ވެލެންސިއާ "އާދައިގެ ގޮތަކަށް" ނުނިކުންނާނެ

Oct 20, 2025, 4:11 AM
ވެލެންސިއާ "އާދައިގެ ގޮތަކަށް" ނުނިކުންނާނެ

ކްލަބް ވެލެންސިއާ އަކީ ރާއްޖޭގެ ކުޅިވަރުގައި ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާ ބޮޑު ތާރީހެއް އޮތް ކްލަބެއް ކަމަށާއި އެ ޓީމުން އެއްވެސް މުބާރާތަކަށް "އާދައިގެ ގޮތަކަށް" ނުނިކުންނާނެ ކަމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ވެލެންސިއާގެ ކޯޗު، އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

މި ފަހަރުގެ މުބާރާތަށް ނިސްބަތުން ޒުވާން ސްކޮޑަކާ އެކު ނުކުމެ، ވެލެންސިއާ އިން ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން 2-1 އިން މޮޅުވި އެވެ. ދެ ވަަނަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބް އަތުން 7-1 އިން ބަލިވި ވެެލެންސިއާ އިން ތިން ވަނަ މެޗުގައި ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ބަލިވީ 2-0 އިންނެވެ.

ވެލެންސިއާ އިން ލީގުގައި މިރޭ ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފެސްކޯ ގާތުގައި ވެލެންސިއާ މި ސީޒަނަށް ކަނޑައަޅާފައިވާ ޓާގެޓަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ، އެ ކްލަބްގެ އަބަދުވެސް ޓާގެޓް އޮންނާނެ ކަމަށެވެ.

"ވެލެންސިއާގެ އަބަދުވެސް ހުންނާނެ ޓާގެޓްސް، އަޅުގަނޑުމެން ފުރަތަމަ ފަށްޓަމުން ވެސް މި ފާހަގަކުރީ އަޅުގަނޑުމެން ކޮންމެ ހާލަތެއްގައި ނުކުތް ކަމުގައި ވިޔަސް ވެލެންސިއާ ނުނިކުންނާނެ އާދައިގެ ކޮންނެއް. ވެލެންސިއާ ނުކުންނާނީ ވަރަށް ވަރުގަދަކޮށް، ވެލެންސިއާގެ އަބަދުވެސް ޓާގެޓް ހުންނާނެ. ވެލެންސިއާ، ﷲ، އިރާދަކުރެއްވިއްޔާ އެ ޓާގެޓްތަކަށް ރީޗް ވެސް ކުރަމުން މި އައީ، އެއީ، ވެލެންސިއާ އަކީ ގިވަޕްކުރާނެ ބައެއް ނޫން، އެއް ކަމަކީ، އަޅުގަނޑުމެން ރެލިގޭޓްވީ ކަމުގައި ވިޔަސް އަލުން ހަށިފޮޅާލައިފައި ތެދުވެ، އެކަން ކުރަން (އަލުން ފުރަތަމަ ޑިވިޝަނަށް އަންނަން) ކެރޭ ބައެއްކަން އޮންނާނެ ތާރީހުން ދައްކާފައި،" ފެސްކޯ ބުންޏެވެ.

"ވެލެންސިއާ އަބަދުވެސް ނުކުންނާނީ ޓާގެޓަކާ އެއްކޮށް، އެ ޓާގެޓް ކޮންމެހެން. ރިވީލް ނުކުރި ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ޓާގެޓެއް އެބައޮތް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޓާގެޓަށް ރީޗް ވެސް ވާނެ،"

ވެލެންސިއާގެ އެންމެ ވާދަވެރި ދެ ކްލަބް ކަމަށްވާ، ނިއު ރޭޑިއަންޓާއި ވިކްޓަރީ ވަރަށް ވަރުގަދަ އަށް ޓީމު ތައްޔާރުކޮށްގެން މި ފަހަރުގެ ސީޒަނާ ކުރިމަތިލާފައިވާއިރު، ވެލެންސިއާ އިން ސީޒަނުގައި އެހާ ވަރުގަދަކޮށް ނުފެންތީވެ، އެކަމާ މެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން ފެސްކޯ ބުނީ، އެ ފަދަ ފަރާތްތަކުން، ނިއު އާއި ވެލެންސިއާ އިން ކުޅުނު މެޗު ބެލުމުން ޖަވާބު ފެންނާނެ ކަމަށެވެ.

ނިއުއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގައި، "ދަނޑުމަތީ"ގައި ވެލެންސިއާ އިން ދެއްކި ކުޅުމާއި އެ މެޗުން ނިއު މޮޅުވިއިރު، ޖެހި ދެ ގޯލު އައި ހާލަތާއި ކަންކަން ބަލާލުމުން، ޖަވާބު ލިބިގެންދާނެ ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ.

ފެސްކޯ ބުނީ ވެލެންސިއާ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި ބިދޭސީ ކުޅުންތެރިން ވެސް އެންމެ ގިނައިން ގެނައި އެއް ކްލަބް ކަމަށާއި މި ސީޒަނުގައި އެ ޓީމަށް ބިދޭސީ ކުޅުންތެރިން ގެނައުމުގައި އެކި ކަހަލަ ތަޖުރިބާތައް ކުރަން ޖެހުނު ކަމަށެވެ. އަދި، މި ހުރިހާ ހާލަތަކަށް ވެސް ބަލައި، ސީޒަނަށް ތައްޔާރުވެގެން، ނުކުމެ، ވެލެންސިއާ އިން މަސައްކަތް ކުރަނީ، ކުޅުންތެރިންނާއި ސަޕޯޓަރުންނާ ވެސް ވަރަށް ގާތުން ކަމަށް ފެސްކޯ ވަނީ ފާހަގަކޮށްފަ އެވެ.

"ވެލެންސިއާގައި އަބަދުވެސް މަސައްކަތް މި ކުރަނީ ވަރަށް ގާތުން، ޕްލޭޔަރުންނާ ވެސް. ބެލުންތެރިންނާ ވެސް. ވެލެންސިއާގެ ސަޕޯޓަރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކްލަބެއްގެ ގޮތުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް މި ކުރަނީ. ހުރިހާ ވަގުތަަކު ވެސް މަސައްކަތް މި ކުރަނީ ވެލެންސިއާގެ ސަޕޯޓަރުންނަށް އެންމެ ރަނގަޅު ޕްރޮޑަކްޓެއް ޑިވެލޮޕްކޮށްދެވޭނެ ޕްރޮޑަކްޓަކީ ކޮބައިތޯ ބަލައި އެ މަސައްކަތް މި ކުރަނީ،،" ފެސްކޯ ބުންޏެވެ.

"އަޅުގަނޑުމެންނާ ދޭތެރޭ މާޔޫސްވެވަޑައިނުގަންނަވާށޭ، ވެލެންސިއާގެ ސަޕޯޓަރުން ހަމަ އަޅުގަނޑުމެންނާ ގުޅިގެން ހަމަ، މި މަސައްކަތުގައި ބައިވެރިވެލައްވާށޭ ރިކުއެސްޓަކީ،"

ތިން މެޗުން ތިން ޕޮއިންޓާ އެކު ވެެލެންސިއާ އަށް ވަަނައިގައި އޮތްއިރު، ޕޮއިންޓެއް ނުލިބި ޓީސީ އޮތީ ފުލުގަ އެވެ. ލީގުގައި މިރޭ ޓީސީ އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކްލޮޕާއި ޒަވީގެ ފުރަތަމަ މެޗު: ޖަރުމަނާއި ނެދަލެންޑްސް އެއްވަރު

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ނެދަލެންޑްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، މިއީ އެ ދެ ގައުމުގެ އާ ކޯޗުން ކަމަށްވާ ޔާގަން ކްލޮޕާއި ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ. ފީލިކްސް އެންމެޗާގެ ލަނޑުން ޖަރުމަނުން ލީޑު ނަގާފައިވަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ކޯޑީ ގަކްޕޯ ޖެހި ލަނޑުން ނެދަލެންޑްސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އިންޑިއާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: އަންޗެލޮޓީ

އިންޑިއާގެ އާބާދީ ބޮޑުވި ނަމަވެސް ފުޓްބޯޅައިގައި އެ ގައުމު ފަހަތުގައި އޮތީ ފުޓްބޯޅައިގެ ސަގާފަތެއް ނެތުމުން ކަމަށް ބްރެޒިލްގެ ކޯޗު އަންޗެލޮޓީ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި އިންޑިއާގެ ފުޓްބޯޅަ ކުރިއެރުވޭނީ އާ ޖީލުތަކެއް ބިނާކޮށް، ކުޅިވަރަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށްގެން

ޗައިނާ އިން ރާއްޖެ އަތުން މޮޅުވެއްޖެ

ޗައިނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ބަލިވީ ދެވަނަ ހާފުގައި ޗައިނާ އިން ޖެހި ލަނޑުތަކުން. ރާއްޖޭގެ ޓީމުން އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދިން މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ ޗައިނާގެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައި. އެކަމަކު، ދެ ވަނަ ހާފުގެ 23 މިނިޓް ތެރޭ ޗައިނާ އިން ތިން ގޯލު ޖެހި.

އުނދަގޫވެދާނެ މެޗެއް، ރާއްޖެ އަށް އިހުތިރާމް ކުރަންޖެހޭ

ރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި، ރާއްޖެއަށް ފުރިހަމަ އިހުތިރާމް އަދާކުރަންޖެހޭ ކަމަށް ޗައިނާގެ ކޯޗު ޝައޯ ޖިއަޔީ ބުނެފި. މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗުތަކުގެ ހަނދާން އާކުރަމުން ކޯޗު ބުނީ، މި މެޗަށް ވަރަށް ސީރިއަސްކޮށް ތައްޔާރުވެފައިވާ ކަމަށް

އަމޮރިމް މިލާނަށް، ޔުނައިޓެޑްގެ 11 މިލިއަން ޑޮލަރު ސަލާމަތްވެއްޖެ

ރުބެން އަމޮރިމް އޭސީ މިލާނުގެ ކޯޗުކަމާ ހަވާލުވުމާ ގުޅިގެން، އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ބަދަލުގެ ގޮތުގައި ދޭންޖެހޭ 11 މިލިއަން ޑޮލަރު ވަނީ ސަލާމަތްވެފައެވެ. ޔުނައިޓެޑުން މި ފައިސާ ދައްކަން ނުޖެހުނީ، ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ކުރިން އަމޮރިމް އެހެން ޓީމަކާ ހަވާލުވުމުން.

ކްލޮޕްގެ ޖަރުމަނާ ދެކޮޅަށް ފެށުމަކީ ޒަވީ އަށް އުފަލެއް

ނެދަލެންޑްސްގެ އާ ކޯޗު ޒަވީ ހެނާންޑޭޒް އެ ޓީމާއެކު ކުރާ ފުރަތަމަ ތަޖުރިބާގައި، ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ނުކުންނަ ވަރުގަދަ ޖަރުމަނާ ދެކޮޅަށް ކުޅެން ޖެހުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށް އޭނާ ބުނެފި. 2030 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓްގައި ސޮއިކުރި ޒަވީގެ އަމާޒަކީ، އޭނާގެ ފިލޯސަފީއާ އެއްގޮތަށް ޓީމު ބައްޓަންކޮށްގެން ފެށުން

ވޯލްޑް ކަޕް ނިންމާފައި ރިޓަޔާކުރަން ވިސްނިން: ރޮނާލްޑޯ

މިދިޔަ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރަން ވިސްނި ނަމަވެސް، ކޯޗާއި ފެޑެރޭޝަންގެ އިތުބާރާ އެކު ކެރިއަރު ކުރިއަށްގެންދަން ރޮނާލްޑޯ ވަނީ ނިންމައިފައި. އޭނާގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ޕޯޗުގަލްއާ އެކު އިތުރު ކާމިޔާބީތައް ހޯދުމާއި، ކެރިއަރުގައި 1000 ގޯލު ހަމަކުރުން

Newsletter

Get the latest news delivered straight to your inbox