ބެންޖޯގެ އޮތީ "އީގަލްސްގެ ގޮތުގައި" ކުރިއަށްގެންދިއުމުގެ އަމާޒު

Oct 19, 2025, 10:06 AM
ބެންޖޯގެ އޮތީ "އީގަލްސްގެ ގޮތުގައި" ކުރިއަށްގެންދިއުމުގެ އަމާޒު

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އޭނާގެ ކޯޗިން ކެރިއަރު ފަށަން ބަލާއިރު، ހަވާލުވި ޓީމު ކަމަށްވާ ކްލަބް އީގަލްސް އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމުގަައި ވިޔަސް ރަނގަޅު މަަސައްކަތްތަކެއްކޮށް "އީގަލްސްގެ ގޮތުގައި" އެ ޓީމު ކުރިއަށްގެންދެވޭނެ ކަމަށް އެ ކްލަބްގެ ކޯޗުގެ ޒިންމާއާ ހަވާލުވި އަބްދުﷲ ހަނީފް (ބެންޖޯ) ބުނެފި އެވެ.

މި ފަހަރުގެ ސީޒަން ފަށަން ކުޅުނު ޗެރިޓީ މެޗު ހިމެނޭ ގޮތަށް ސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން އީގަލްސް މޮޅުވެފައިނުވެ އެވެ. އެއް މެޗުން އެއްވަރުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. އީގަލްސް މި ވަގުތު އޮތީ 10 ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ތާވަލުގެ ނުވަ ވަނައިގައި އެއް ޕޮއިންޓާ އެކު އެވެ.

"އަސްލު މި ވަގުުތު އެންމެ މުހިންމީ، ހަމަ، އީގަލްސް، ކުރީގެ އީގަލްސްގެ ގޮތުގައި، އީގަލްސް ބިލީވް (އަމިއްލަ އަށް އިތުބާރު ދެމެހެއްޓުން) ކުރުން. އެއީ މި ވަގުތު އެންމެ ބޭނުންވާ އެއްޗަކީ، އެ ކަންތައް ކުރުމަށް އަޅުގަނޑު މި މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ އީގަލްސްގެ ގޮތުގައި އީގަލްސް ފެންނާނެ،" ކުރިން އީގަލްސް އަށް ކުޅެ، އެ ޓީމުގެ ކޯޗުގެ ޒިންމާއާ ހަވާލުވި ބެންޖޯ ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މީގެ މަހެއްހާ ދުވަސް ކުރިން ފެށިއިރު، އީގަލްސް އިން މި ފަހަރުގެ ސީޒަނަށް ޕްރީ ސީޒަންގެ ތައްޔާރީތައް ފެށީ މުހައްމަދު ޝިޔާޒް (މޯހަން)އާ އެކު އެވެ. އެކަމަކު، މޯހަން، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވުމާ އެކު، އީގަލްސްގެ ހެޑް ކޯޗެއްގެ ޒިންމާނަގައި، އެ މަގާމާ ހަވާލުވީ، އެ ޓީމަށް ގިނަ ފަހަރުތަކެއް މަތިން މީގެ ކުރިން ވެސް ކޯޗުކޮށްދީފައިވާ އަހުމަދު ނިމާދު (ނިމާ) އެވެ. ނިމާ މަގާމުގެ ޒިންމާތަކުން އެއްކައިރިވުމުން، މިހާރު އެކަން ހަވާލުވެފައި އޮތީ ކޯޗިން ކެރިއަރެއް ބިނާކުރަމުން އަންނަ ބެންޖޯ އަށެވެ.

"މީގެ އަޅުގަނޑު ހަވާލުވުމުގެ ކުރިން ވެސް ދެ ކޯޗުން މަސައްކަތްކޮށްފައި އެބައިން، ދެން އެހެންވީމަ، ޕްރީ ސީޒަނަށް ކޮންމެ ވެސް ވަރެއްގެ މަަސައްކަތެއް ކޮށްފައި ކަމަށް މި ބަލަނީ. ދެން، ދެ ކޯޗުންނަށް ވެސް މި ފުރުސަތުގައި ޝުކުރު ދަންނަވަން،" ބެންޖޯ ބުންޏެވެ.

"ދެން، މި ކޮންމެ ގޮތެއް ވިޔަސް އީގަލްސް މި ވަގުތު މި އޮތް ހާލަތަކީ އަސްލު އެހާ ރަނގަޅު ހާލަތެއް ނޫން އީގަލްސް އަށް ބަލާއިރު، އެހެންވީމަ މީގެ އޮންނާނެ ގޮތަކީ މަސައްކަތް ކޮށްގެން މި ހާލަތުން އަރައިގަތުން. ދެން، އެ މަސައްކަތް މިހާރު މި ކުރަނީ، އިރާދަކުރެއްވިއްޔާ، އީގަލްސްގެ މި ހާލަތު ބަދަލުކުރާނަން،"

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި 19 އަހަރު ހޭދަކުރި ބެންޖޯ ފުޓްބޯޅަ އިން ރިޓަޔާކުރީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން، 2023 ވަނަ އަހަރު އެންމެ ފަހުން އީގަލްސް އަށް ކުޅުމަށް ފަހު އެވެ. އީގަލްސް ޓީމުގައި މި ވަގުތު އޮތް ސްކޮޑުގެ މެޖޯރިޓީ އަކީ ބެންޖޯއާ އެކު އެއް ޓީމަކަށް ކުޅެފައިވާ ކުޅުންތެރިންނެވެ.

ބެންޖޯ ބުނީ، އެއީ އެޑްވާންޓޭޖެއް ކަމަށާއި ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނާ ގުޅިގެން މިހާރު އޮތް ހާލަތު ބަދަލުކުރަން ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމަށެެވެ. ކޮންމެ ކޯޗެއް ވެސް އެ މީހެއްގެ ވިސްނުމާ އެއްގޮތަށް ބަދަލުތަކެއް ގެންނާނެ ކަމަށާއި އީގަލްސް އިން ވެސް އެކަން ފެނިގެންދާނެ ކަމަށް ބެންޖޯ ވަނީ ފާހަގަކޮށްފަ އެވެ.

"ހާއްސަކޮށް އީގަލްސް މިހާރު މި އޮތް ހާލަތުން ބަދަލުތަކެއް ގެންނަން ޖެހޭ. އެހާ ރަނގަޅަކަށް ނޫން ކަންނޭނގެ އީގަލްސްއާ ދޭތެރޭ ޓޭބަލް މި ފެންނަނީ އެންމެ ޕޮއިންޓެއް، ބަދަލުތަކެއް އަންނާނެ،" ބެންޖޯ ބުންޏެެވެ.

ނަތީޖާ ނުނެރެވުމުގެ މައްސަލަތަކުގެ އިތުރުން އީގަލްސް އަށް އަނިޔާގެ މައްސަލަަތައް ވެސް ވަނީ ކުރިމަތިވެފަ އެވެ. އެ ގޮތުން، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި އިމްރާން ނަޝީދު (އިންމަ) ހުރީ ސީރިއަސް އަނިޔާއެއްގަ އެެވެ. މުހިންމު ކުޅުންތެރިން އަނިޔާގައި ތިބިކަން ވެސް ފާހަގަކޮށް، ބެންޖޯ ބުނީ ޝަކުވާއެއް ކުރަން ބޭނުންނުވާ ކަމަށާއި ދިގު ސީޒަނެއް ކުޅޭއިރު އަނިޔާގެ ކަންކަން ވެސް އަންނާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"އެ ކަމަށް މާ ބޮޑަށް ނުބަަލައި ތިބި ކުޅުންތެރިން ގޮވައިގެން ކުރިއަށްދެވޭތޯ ބަލަނީ،" ބެންޖޯ ބުންޏެވެ.

ބެންޖޯގެ ކޯޗުކަމުގައި އީގަލްސް ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކުޅޭނީ މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ އޮޑި ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox