ހިޔަޅަށް މޭބިސްކަދުރު ހުތްވާހެން އާޚިރަތަށް އީމާންވުން

ހިޔަޅަށް މޭބިސްކަދުރު ހުތްވާހެން އާޚިރަތަށް އީމާންވުން

އެނގިވަޑައިގަންނަވާނޭ ފަދައިން މަގުމަތިން ދަމުން ހިޔަޅަށް ފެނުނު މޭބިސްކަދުރު ދަނޑަކަށް އެސޮރު ވަނީ އެތާ ހުރި މޭބިސްކަދުރުތައް ދޮންވެ ފައްކާވެފައިވާ ތަން ފެނިގެންނެވެ. އިންތިހާއަށް ބަނޑުވެސް ހައިވެފައިވާތީ، އެއިން މޭބިސްކަދުރު ކޯޅިއެއް އަތުޖައްސައިގެން އަނގަޔާއި ބަނޑަށް ރާހަތެއް ހޯދައިދިނުމުގެ ފޮނި އުންމީދުގައެވެ. ހިޔަޅަށް ވީ ގޮތަކީ ދަނޑުގެ އެކި ހިސާބުތަކުގައި އެނބުރުނުއިރުވެސް މިކަލޭގެއަށް ފުންމައިން އަރާފައި ކޯޅިއެއް އަތުޖެއްސޭ ގޮތް ނުވީއެވެ. އެޔަށްވުރެ އެ އެއްޗެހި ހުރީ މާ އުހުގައެވެ.

ކޮންމެއަކަސް ހިޔަޅު ދާންޖެހުނީ ހުސްއަތާއެވެ. އަދި ނުކުންނަން ޖެހުނީ ވަތްއިރު ހުރި ބަނޑުހައިކަމުގެ އިތުރުން ވަރުބަލިކަމާއި ކަރުހިއްކުމާވެސް އެކުގައެވެ. އެހާލުގައި އެނބުރި ގެއަށް ދަމުން ކިޔަމުން އެބަދެއެވެ. އެ މޭބިސްކަދުރު ނުލިބުނުކަން ނަސީބެވެ. އެޔެއް މީރެއް ވެސް ނުވާނެއެވެ. އެ ނިކަން ހުތްވާނެއެވެ. ފަހަރުގައި އެކައިގެން ގެއްލުމެއް ވެދާނެއެވެ. އެ ކެއުމަށްވުރެ ނުކައި އުޅުން ވެސް މާރަނގަޅެވެ. ކޮންމެއަކަސް ހިޔަޅަށް މޭބިސްކަދުރު ނުލިބުނީމާ އެއީ ނުބައި އެއްޗަކަށްވެސް ވީއެވެ. ހުތް އެއްޗަކަށް ހިތި އެއްޗަކަށް ވެސްވީއެވެ.

އަހަރެމެންގެ ތެރެއިން ބައެއް މީހުން އާޚިރަތުގެ ވާހަކަ ދެއްކުމަކީ ހިޔަޅަށް މޭބިސްކަދުރު ހުތްވާހެން ކުރާ ކަމެއްގެ ގޮތުގައި މިހާރަކަށް އައިސް އެބަ ފާހަގަވެއެވެ. ތިމާއަކީ ރަށެއްގެ ކައުންސިލަރެއް ނޫންނަމަ މަޖިލީހުގެ މެންބަރެއް ނުވަތަ ސަރުކާރުގެ މިނިސްޓަރެއް ވިޔަސް ތިމާއަށް މަތިވެފައި އޮންނަ ދުނިޔަވީ ޒިންމާތަކުން ރެކުމަށް ދައްކާ ބަހަނާއެއްގެ ގޮތުގައި އާޚިރަތުގެ ވާހަކަ ދެއްކުމަކީ، ހިޔަޅަށް މޭބިސްކަދުރު ހުތްވާހެން އާޚިރަތުގެ ވާހަކަ ދެއްކުމެއް ނޫންތޯއެވެ؟

Advertisement

ހިޔަޅަށްވުރެ ވެސް އެއީ ދެރަވަރެވެ. ސަބަބަކީ ހިޔަޅު އެ ބަހަނާ ދައްކައިދިނީ ހިޔަޅުގެ އަމިއްލަ ހިތްހަމަޖެހުމަށް ހިޔަޅުގެ އަމިއްލަ ނަފުސަށެވެ. މިހާރު މިއުޅޭ ބައެއް މީހުން ހިތުހުރިހާ ވައުދެއް ރައްޔިތުންގެ ކުރިމަތީގައިވެފައި އެއިން ވައުދެއް ފުއްދުމެއް ނެތި، ދެވަނަ ފަހަރަށް ރައްޔިތުންގެ ކުރިމައްޗަށް ގޮސް އިމާރާތަކަށްވުރެ މުހިންމީ އާޚިރަތުގެ ނަސީބޭ ބުނުމަކީ މިބާވަތުގެ ކަމެކެވެ.

ރައްޔިތުންގެ ހާޖަތްތަކާމެދު ފަރުވާލެއް ބެހެއްޓުމެއް ނެތި ރައްޔިތުންގެ ދުނިޔަވީ މަސްލަހަތުތައް އެއީ ވެރިން އެކަމައިގެން އުޅެންޖެހޭ ކަމެއް ނޫންކަމަށް ރައްޔިތުންނަށް މޭރުންވާ ބީދައަކުން، ދުނިޔެއައިގެން ނޫޅެ އާޚިރަތައިގެން އުޅުމަށް ވާހަކަދައްކުމުގެ ފަލްސަފާއަކީ އިސްލާމީ އުސޫލުތަކާ ދިމާއަށް އިދިކޮޅު ވިސްނުމެކެވެ.

އަލްޙަދީދް ސޫރަތުގެ 27 ވަނަ އާޔަތުގައި ނަސޯރާއިންނާ ބެހޭ ގޮތުން މާތް ﷲ ބަސްފުޅު ވަޙީކުރައްވަމުން ސާފު ބަހުން އަންގަވާފައިވެއެވެ. "...އަދި ދުނިޔެ އަޅާފައި (އަޅުކަމުގެ ނަމުގައި) ތިބުމަކީ، އެމީހުން އަމިއްލަޔަށް އުފެއްދި ކަމެކެވެ. އެކަމަކީ، ތިމަންކަލާނގެ އެމީހުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެއްނޫނެވެ. އެހެނެއްކަމަކު، އެކަން އެމީހުން ފެށީ ﷲގެ ރުހިވޮޑިގަތުން އެދިގެންނެވެ. ފަހެ، އެމީހުން ހައްގު ގޮތުގައި އެކަމަށް ރައްކާތެރިވާންވީ ވަރަކަށް ރައްކާތެރިއެއް ނުވެއެވެ."

މިއާޔަތުން ސާފުކޮށް އެނގޭ ގޮތުގައި ދުނިޔެ އަޅާފައި އަޅުކަމުގެ ނަމުގައި ތިބުން ނުވަތަ ރަހުބާނިޔައްތަކީ އިސްލާމްދީނުގައި އޮތް ކަމެއް ނޫނެވެ. ކިއެއްތަ އެއީ ނަސޯރާ ދީނުގައިވެސް އެބައިމީހުންގެ ފާދިރީން އަމިއްލައަށް އުފައްދައިގެން އުޅޭ ކަމެކެވެ.

އަލްބަޤަރާ ސޫރަތުގެ 200 ވަނަ އާޔަތުން 202 ވަނަ އާޔަތާ ހަމައަށް ބައްލަވާށެވެ! 200 ވަނަ އާޔަތުގައި އަންގަވަނީ ހަމައެކަނި ދުނިޔޭގެ ހެޔޮކަމަށް އެދި ދުއާކުރާ މީހުން މީސްތަކުންގެ ތެރޭގައިވާކަމަށާއި އެފަދަ މީހުންނަށް އާޚިރަތުގައި އެއްވެސް ނަސީބެއް ނުލިބޭނެކަމަށެވެ. އެހެންވީމާ ހަމައެކަނި ދުނިޔެއަށް އެދިގެން އުޅުމަކީ ވެސް އިސްލާމީ ފަލްސަފާއެއް ނޫނެވެ.

މިއާ ހިލާފަށް އިސްލާމީ ފަލްސަފާއަކީ ކޮބައިކަން ބަޤަރާ ސޫރަތުގެ 201 އަދި 202 ވަނަ އާޔަތުން ސާފެވެ. ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވައި ނަރަކައިގެ އަޒާބުން ދިންނެވުން އެދިގެން ދުއާކުރާ މީހުންވެސް ވާކަމަށް އެއާޔަތްތަކުގައި ބަޔާންކުރައްވާފައިވެއެވެ. ދެދުނިޔޭގެ ނަސީބުވެރިންގެ ގޮތުގައި ސިފަކުރައްވާފައިވަނީ މިފަދައިން ދުއާކުރާ މީހުންނެވެ. މިއާއެކު އަހަރެމެން ކޮންމެ ހުކުރު ދުވަހެއްގެ ގިނަ ހުތުބާ ނިންމަނީ ވެސް އެފަދައިން ދުއާކުރަމުންނެވެ. އަދި މުސްލިމުން ކުރާ އެނޫންވެސް އެތައް ދުއާއެއްގައި މިދުއާ ޝާމިލްވެފައިވެއެވެ.

ބަޤަރާ ސޫރަތުގެ 202 ވަނަ އާޔަތަށް ހާއްސަ އެހެން ނަޒަރެއް ވެސް ދޭންޖެހެއެވެ. "އެމީހުން ހޯދި ހެޔޮކަމުގެ ނަސީބު އެމީހުންނަށް ވެއެވެ. ﷲ އީ، ހިސާބު ބެއްލެވުން އަވަސްވެ ވޮޑިގެންވާ ކަލާނގެއެވެ." މިއާޔަތުގެ އިބާރާތުގައި "..އެމީހުން ހޯދި.." މިފަދައިން އޮތުމުން، އިސްލާމްދީން އަބަދުވެސް ކަންކަމުގައި އެކަންކަމުގެ ސަބަބަށް މަސައްކަތްކުރުމަށް ބާރުއަޅާފައިވާކަން އެނގެއެވެ. ދެދުނިޔޭގެ ހެޔޮކަމަށް އުންމީދުކޮށްގެން ނުވަތަ ހަމައެކަނި ދުއާކޮށްގެން ތިބުމަކީ އިސްލާމީ ފަލްސަފާ ނޫންކަން މިކަމުން އަންގައިދެއެވެ. އޭގެ ބަދަލުގައި އިސްލާމީ ފަލްސަފާއަކީ ދެދުނިޔޭގެ ހެވާއި ލާބަޔަށް އެދިގެން އަދި އެކަމަށް ދުއާވެސް ކޮށްގެން އޭގެ އިތުރަށް ދެދުނިޔޭގެ ހެޔޮކަން ހެޔޮ ގޮތުގައި ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.

ތިން މީހަކު މާތް ނަބިއްޔާގެ އަރިހަށް އައެވެ. އެކަކު ދެންނެވިއެވެ. ތިމަން ކޮންމެ ރެޔަކު އެއްކޮށް ދަމު ނަމާދުގައި ހޭދަކޮށްލާނަމެވެ. އެއްވެސް ގޮތަކަށް ނުނިދާނަމެވެ. ދެން ހުރި މީހާ ދެންނެވިއެވެ. ތިމަން ކޮންމެ ދުވަހަކު ރޯދަ ހިފާނީއެވެ. އެއްވެސް ދުވަހެއް ދޫކުރުމެއް ނެތިއެވެ. ތިންވަނަ މީހާ ދެންނެވިއެވެ. ތިމަންނާ ކާވެންޏެއް ނުކުރާނަމެވެ. އަންހެނުންނާ މުޅިން ދުރުހެލިވާނީއެވެ. ދެން މާތް ނަބިއްޔާ ހަދީސްކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން ﷲ އަށް އެންމެ ބިރުވެތިވަނީ އަދި އެންމެ ތަޤްވާވެރީ ތިމަންކަލޭގެފާނެވެ. އެކަމަކު ތިމަންކަލޭގެފާނު ރޭއަޅުކަން ކުރައްވަމެވެ. އަދި އަވަހާރަފުޅުވެސް ލައްޕަވަމެވެ. ރޯދަހިއްޕަވަމެވެ. އަދި ރޯދަ ނުހިފާ ވެސް އެތައް ދުވަހެއް ދޫކުރައްވަމެވެ. އަދި ކާވެނިވެސް ކުރައްވަމުއެވެ. ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާ އިދިކީލިވެއްޖެ މީހާއަކީ ތިމަންމެންގެ ތެރެއިން ވާ މީހެއް ނޫނެވެ.

އިސްލާމްދީން ގެނެސްދިނީ މެދުމިނުގެ ފަލްސަފާއެވެ. މާދިއްޔަތާއި ރޫހާނިއްޔަތުގެ ވަޒަންހަމަކުރެވިފައިވާ ދިރިއުޅުމުގެ ނިޒާމެކެވެ. އާޚިރަތުގެ ހެޔޮކަމަށް އެދޭ ފަދައިން ދުނިޔޭގެ ހެޔޮކަމަށް ވެސް އެދި ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަސައްކަތްކުރުމުގެ ފަލްސަފާއެވެ. އެހެންވެގެން މާތް ސަހާބީން ވިދާޅުވަމުން ގޮސްފައި ހުރީ "ތިބާ ދުނިޔޭގައި ތާއަބަދަށް ދެމި ހުންނާނެކަމަށް ބަލައިގެން ދުނިޔެއަށްޓަކައި މަސައްކަތްކުރާށެވެ. އަދި ތިބާ މާދަމާވެސް މަރުވެދާނެކަމަށް ބަލައިގެން އާޚިރަތަށްޓަކައި މަސައްކަތްކުރާށެވެ."

މި ވަޒަންހަމަ އިސްލާމީ ތަރާދުގެ މަތީގައި ބިނާވާ އެއްވެސް މުޖުތަމައެއްގައި ދިރިއުޅޭ ހަމަ އެކަކު ވިޔަސް އޭނާ އެހެން މީސްތަކުންނަށް އަދާކޮށްދޭންޖެހޭ މަސްއޫލިއްޔަތުތަކުން ރެކުމުގެ ބޭނުމަށް، އާޚިރަތުގައި މޮޅު ގޮތެއް ވާނެޔޭ، ދުނިޔޭގައި މިހެންވިއްޔާ ޤިޔާމަތް ދުވަހުން އެކަމުގެ ބަދަލު ލިބޭނޭ، ޑޮލަރުގެ އަގު ދަށްކުރުމަށްވުރެ ސުވަރުގެއައިގެން އުޅުން މާ ރަނގަޅުވާނޭ، މިބާވަތުގެ ވާހަކަތަކަކީ އިންސާނުންގެ ހައްގުތަކާ ގުޅިފައި ހުންނަ ކަންކަމުގައި މަސްއޫލިއްޔަތުތަކާ ހަވާލުވެގެން ތިއްބަވާ ފަރާތްތަކުން މަސްއޫލިއްޔަތުތަކުން ރެކުމުގެ ބަހަނާއަކަށް ހެދޭނެ ކަންކަމެއް ނޫނެވެ.

އާޚިރަތަށް މަސައްކަތްކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. ތިމާއަކީ އަނެކުން އެތައް ބައިވަރު މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ މީހެއް ނަމަ އަދި ތިމާއަކީ އަނެކުންނަށް ހިދުމަތްކުރުމަށް އަދި މަކަރެއް ހިޔާނާތެއް ނުވުމަށް ހުވައެއްކޮށްގެން ހުރި އެބައިމީހުންގެ ލާރިން މުސާރަ ލިބިގަންނަމުންދާ ފަރާތެއް ނަމަ، އާޚިރަތަށް އީމާންވުމަކީ އިހުލާސްތެރިކަމާއެކު އެ މަސްއޫލިއްޔަތުތައް އަދާކުރުމެވެ. ނިތަށް ރުލެއް އަރުވާނުލައި ދޮގުހެދުމެއް ނޫނެވެ. އާޚިރަތަށްޓަކައި، ދޮގުހެދުން ދޫކޮށްލަންޖެހެއެވެ. ނުކުރެވޭނެކަމަށް ކަމުގެ މާހިރުން ލަފާދޭ ކަންކަން ކުރެވިދާނެކަމަށް ވަކާލާތުކޮށް، ކަނޑުއަޑީގައި ބިއްލޫރި ޓަނަލު އަޅައިދޭން ބުނުން ފަދަ ހަމައެއް ލަމައެއް ނެތް ވައުދުވުން ފަދަ ކަންކަމުން ދުރުހެލިވާންޖެހެއެވެ.

ޝައްކެތް ނެތެވެ. ދުނިޔަވީ އިމާރާތްތަކަށްވުރެ ތާއަބަދަށް ދެމިހުންނަ ސުވަރުގެ މާ ތަނަވަސްވެފައި މާރަނގަޅުވާނެއެވެ. ނަމަވެސް އެވާހަކައަކީ ރައްޔިތުންގެ ހައްގުތަކާ ޖެހުނީމާ އޮންނަ ބަހަނާއަކަށްވާނަމަ، ދައުލަތުން ނަންގަވަމުންދާ މުސާރަތަކާއި އިނާޔަތްތައް އެ ނަންގަވަމުންދާ ބޭބޭފުޅުން ނިކަންފަހެ އާޚިރަތާއި ސުވަރުގޭގެ މޮޅުކަން ހޯދައިގަތުމަށް ކަނޑާލައްވަބައްލަވާށެވެ.

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox