ކްލަބް މޯލްޑިވްސް ކަޕް: އާރްއާރްސީ، ސްޓެލްކޯ، މޯލްޑިވިއަން އަދި އެމްއޭސީއެލް ކުއާޓާ އަށް

Oct 14, 2025, 4:02 AM
ކްލަބް މޯލްޑިވްސް ކަޕް: އާރްއާރްސީ، ސްޓެލްކޯ، މޯލްޑިވިއަން އަދި އެމްއޭސީއެލް ކުއާޓާ އަށް

ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަތައް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް އަދި ޓީމު އެމްއޭސީއެލް އިން ހޯދައިފި އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގެ ފުރަތަމަ މެޗުތައް ރޭ ކުޅުނުއިރު، ޔުނައިޓެޑް ބީއެމްއެލް އަތުން އާރްއާރްސީ މޮޅުވީ، 6-2 އިންނެވެ. ކްލަބް ޓީޓީއެސްގެ މައްޗަށް 7-4 އިން އެމްއޭސީއެލް ކުރިހޯދިއިރު، މޯލްޑިވިއަން އިން ވަނީ 4-2 އިން ދިރާގު ބަލިކޮށްފަ އެވެ. އަދި، ސްޓެލްކޯ އިން ކްލަބް އެޗްޑީސީ ކަޓުވާލީ 2-1 އިން މޮޅުވެގެންނެވެ.

އާރްއާރްސީން ޝަނާން ރަޝާދުގެ ގޯލުން ލީޑުނަގާފައިވަނިކޮށް، ބީއެމްއެލް އިން އިޝާން އިބްރާހިމް (ސައްޓު) އާއި މުޒްދާން ހަސަން ޖެހި ގޯލުތަކުން ނަތީޖާ އަނބުރާލި އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، އާރްއާރްސީގެ އަހުމަދު އަފްލާޒް އެ ޓީމަށް އެއްވަރުކޮށްދިންއިރު، އާދަމް ނާސިހު (އާދަންނާ) އާއި އިބްރާހިމް އަސްވަދު (ގަބޭ)ގެ ގޯލުތަކުން، އާރްއާރްސީން ރަނގަޅު ލީޑެއް ނެގި އެވެ. އަދި، ދެ ވަނަ ހާފުގައި އާދަންނާ އާއި ޝަނާން އިތުރު ގޯލުތަކެއް ޖަހައި، އެ ޓީމު މޮޅުކޮށްދިނެވެ.

އެމްއޭސީއެލް އިން ފުރަތަމަ ހާފުގައި، އަބްދުﷲ ސުޒެއިރު، އަހުމަދު ހަމީދު (އައްމަޑޭ) އަދި އަޒްޔާން އިބްރާހިމްގެ ގޯލުތަކުން ތިން ލަނޑުގެ ލީޑެއް ނެގި އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ކުޅެން އަރައި، ޓީޓީއެސް އިން ތިން ގޯލު ޖަހައި އެއްވަރުކުރި އެވެ. މި ލަނޑުތައް ޖެހީ އަލީ އަލްސަން އާއި މުހައްމަދު ރެޒާގެ އިތުރުން، އެމްއޭސީއެލްގެ މުހަައްމަދު ޖިނާހު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ނަތީޖާ ހަމަހަަމަކޮށް އޮއްވައި، ދުރު ޕެނަލްޓީ އަކުން އެމްއޭސީއެލް އިން އަލުން ލީޑުނެގީ، އަހުމަދު ހުޝާމް (ހުޝާންކޮ) ޖެހި ގޯލުންނެވެ. އަދި، އޭގެ ފަހުން، ޓީޓީއެސް އިން ގޯލެއް ޖަހަން ކީޕަރު އަބްދުﷲ ނާސިހު ކުރިއަށް އަރުވައިގެން ކުޅުނު ވަގުތުތަކުގައި، އެމްއޭސީއެލް އިން އިތުރު ތިން ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ، އައްމަޑޭ، ހުޝާންކޮގެ އިތުރުން، ކީޕަރު މުހައްމަދު ޔަމާން އެވެ. ޓީޓީއެސްގެ ފަހު ލަނޑު ޖެހީ އަލްސަން އެވެ.

އެޗްޑީސީ އާއި ސްޓެލްކޯ އިން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން އެޗްޑީސީ މޮޅުވި ނަތީޖާ އިން ނޮކައުޓް މެޗުގައި ސްޓެލްކޯ މި ވަނީ މޮޅުވެފަ އެެވެ. މި މެޗު ފެށިތަނާހެން ސްކޯބޯޑަށް ދިމާވި، ޓެކްނިކަލް މައްސަލައަކާ ހެދި 17 މިނިޓަށް މެޗު މެދުކެނޑުނެވެ. އަލުން ފެށިތަނާ ލަސްތަކެއްނުވެ، އަހުނަފް ރަޝީދު (އަހުއްކޮ) ވަނީ ސްޓެލްކޯ އަށް ލީޑުނަގައިދީފަ އެވެ. އެޗްޑީސީގެ ޕޯޗުގީސް ތަރި، ރިކާޑީނިއޯގެ ތަޖުރިބާ އާއި ރަނގަޅު ކުޅުމުގެ އެހީގައި އެ ޓީމުން ތަކުރާރުކޮށް ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް، ސްޓެލްކޯ ގޯލު ބަލަހައްޓަމުންދިޔަ ރަޝިއާގެ ކީޕަރު މުހައްމަދު ވަނީ އެ ހަމަލާތައް ހުއްޓުވުމުގައި ތަފާތު ދައްކައިފަ އެވެ.

ދެ ވަނަ ހާފުގަައި ސްޓެލްކޯ އަށް ލިބުނު ދުރު ޕެނަލްޓީއެއް ވައްދާލައި، ނާއިހު މުފީދު (ނާހު) އެ ޓީމުގެ ލީޑުފުޅާކޮށްދިނެވެ. މެޗުގެ ފަހުކޮޅުގައި، އެޗްޑީސީން ޕަވަޕްލޭގެ ބޭނުންކޮށް މުޅި ޓީމު އެޓޭކުގައި ބައިވެރިކޮށްގެން ޖެހުނީ އެންމެ ލަނޑެކެވެ. އެއީ، ހުސެއިން ސުހެއިލް (ސޮކޭ) ކާމިޔާބުކުރި ލަނޑެކެވެ.

ރޭ މޯލްޑިވިއަން އިން ދިރާގު ބަލިކުރިއިރު، ލަނޑުތައް ޖެހީ، އިބްރާހިމް ނަދާދު (ކުޑައްޓޭ) ހެޓްރިކެއްގެ އިތުރުން މުހައްމަދު އަބްދުﷲ (މޯޑު) އެވެ. ދިރާގުގެ ލަނޑުތައް ޖެހީ، މުހައްމަދު ޝަނީޒް އާއި އަޝްފާގު އަހުމަދު އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގެ ފަހު ހަތަރު މެޗު މިރޭ ކުޅޭނެ އެވެ. އެ ގޮތުން، 22:30 ގައި ފަށާ މެޗުތަކުގައި، އެމްޕީއެލް އިން ޓީމު އެފްއެސްއެމްއާ ކުޅޭއިރު، ޓީމު ފެނަކަ ބައްދަލުކުރާނީ ޕޮލިސް ކްލަބާ އެވެ. އޭގެ ކުރިން، 20:30 ގައި ފަށާ މެޗުތަކުގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި ކުޅޭއިރު، ދިވެހި ސިފައިންގެ ކްލަބުން ކުޅޭނީ ކްލަބް އެމްޓީސީީސީއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox