އޭސީސީގެ ތަހުގީގަކީ ވަކި މީހަކު އަންގައިގެން މަޖުބޫރުން ކުރަމުންދާ ތަހުގީގެއް: ފައްޔާޒު

އޭސީސީއަށް ފައްޔާޒު ހާޒިރުވަނީ، ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ގޮތަށް ކުރިއަށްގެންދާ ތަހުގީގެއް ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އޭސީސީއަށް ފައްޔާޒު ހާޒިރުވަނީ، ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ގޮތަށް ކުރިއަށްގެންދާ ތަހުގީގެއް ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ސްވިފްޓް އިންޖިނިއަރިންއަށް ބަދަލުގެ ގޮތުގައި ކުރީ ސަރުކާރުން ޕްރޮޖެކްޓުތަކެއް ދޭން ނިންމި މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އަންނަ ތަހުގީގަކީ ވަކި މީހަކު އަންގައިގެން މަޖުބޫރުން ކުރަމުން އަންނަ ތަހުގީގެއް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އޭސީސީން ހިންގާ ތަހުގީގަށް ބަޔާން ދިނުމަށް މިއަދު ހެނދުނު 09:30 އަށް އޭނާގެ ވަކީލާއެކު ފައްޔާޒު އޭސީސީއަށް ހާޒިރުވި އެވެ. އެ ވަގުތު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އެކްޓިވިސްޓުން ދިޔައީ އެއީ ސިޔާސީ ތަހުގީގެއް ކަމަށް ބުނެ އޭސީސީ އޮފީސް ކުރިމަތީގައި އަޑުއުފުލަމުންނެވެ.

"އެއްވެސް އަސާސެއް ނެތް ތާކުންތާކު ނުޖެހޭ އެއްޗެހިތަކެއް ނަގައިގެން، އެ ބޭފުޅުންނަށް ތަހުގީގަށް ބޭނުންވާ ޑޮކިއުމެންޓު ވެސް ހަމައެއް ނުކުރެވޭ. އެނގޭ ވަކި ބޭފުޅަކު އަންގައިގެން އެ ބޭފުޅުންނަށް މަޖުބޫރުވެގެން ކުރާ ތަހުގީގެއްކަން ވެސް. ވާހަކަ ހުރި ގޮތުންނާއި އަމަލު ހުރި ގޮތުން އެނގޭ ލަދުންކަން ތިބީ ވެސް،" ބަޔާން ދިނުމަށް ފަހު ނުކުމެ ފައްޔާޒު މީޑިއާއަށް ވިދާޅުވި އެވެ.

މިއީ ސިޔާސީ ގޮތުން އެމްޑީޕީ ބިރުގަނެފާނެ ކަމަށް ބަލާ މައްސަލައެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި މިހާރު ވެރިކަމުގައި ތިބި ބޭފުޅުން އިދިކޮޅުގައި ތިބީ ބިރުން ފިލާ ކަމަށާއި އެކަމުގެ ސަބަބުން އިދިކޮޅު ޕާޓީއެއްގެ ދައުރު ވެސް އަދާކުރީ އެމްޑީޕީން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އެހެން ވާނެ ކަމަށް އެ ބޭފުޅުން ހީކުރަނީ އަޅުގަނޑުމެންނާ ދޭތެރޭ. ބަލަ އަޅުގަނޑުމެން ކުޑަ ގޮޅީގައި ޖަލަށްލާފައި އޮތަސް ތި ބޭފުޅުން ތިއްބަވާނޭ މި ވެރިކަން ބަދަލުކުރަން. 17 ނޮވެމްބަރަށް ހުރިހާ ބޭފުޅުން މާލެ ވަޑައިގަންނަވާ،" ފައްޔާޒު ވިދާޅުވި އެވެ.

ސްވިފްޓަށް ބަދަލު ދިން މައްސަލައިގައި އޭސީސީން ފައްޔާޒަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތެވެ.

އެ ކުންފުންޏަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސަބަތްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ. ސައުދުﷲ ވަނީ ބަދަލުގެ ގޮތުގައި ޕްރޮޖެކްޓުތައް ނުދީ، ކޯޓަށް ގޮސްގެން ބަދަލު ހޯދި ނަމަ ސްވިފްޓަށް މާ ބޮޑު ބަދަލެއް ދޭން ޖެހުނީސް ކަމަށް ވިދާޅުވެފަ އެވެ.

އޭސީސީން ފޮނުވި ޗިޓުގައި ވަނީ ފައްޔާޒު ހާޒިރުކުރަނީ އެ ކުންފުންޏަށް ބަދަލު ދޭން 2019 ވަނަ އަހަރު ނިންމި އަލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ފައްޔާޒު އިންނެވި ކަމަށެވެ. ޗިޓުގައި ބުނެފައިވެ އެވެ. އަދި މި ބަދަލުގެ ސަބަބުން ދައުލަތަށް ގެއްލުންވި ކަމަށް އޭސީސީން ތުހުމަތުކުރެ އެވެ.

ޗިޓު ލިބުމުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައެއް ނޯންނާނެ ކަމަށެވެ. އަދި، އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލެއް ނުކުރާ ކަމަށް ލިޔުއްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox