ގެސްޓްހައުސް ސިމްޕޯޒިއަމް: ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފި

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް 2025 ގެ ތެރެއިން: ޕެނަލް ޑިސްކަޝަނެއްގައި ރައްކާތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި -- ފޮޓޯ: މިރާޝް ނާޝީމް / އަދަދު

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް 2025 ގެ ތެރެއިން: ޕެނަލް ޑިސްކަޝަނެއްގައި ރައްކާތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި -- ފޮޓޯ: މިރާޝް ނާޝީމް / އަދަދު

ކަނޑުދަތުރުފަތުރު ކުރާއިރު ރައްކާތެރިކަން ކަށަވަރު ނުކުރާތީ އަދި ބައެއް ގެސްޓްހައުސްތަކުގައި ފަތުރުވެރިންނަށް ރައްކާތެރިކަމުގެ ޔަވަޅުތައް ނާޅާތީ ސަލާމަތީ ހިދުމަތްތަކުން ގެސްޓްހައުސް ސިމްޕޯޒިއަމުގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޯލްޑިވްސް އިސްލާމިމް ބޭންކް އިން ކުރިއަށްގެންދާ ސިމްޕޯސިއަމުގެ ތެރެއިން، ގެސްޓްހައުސް ދާއިރާގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަނުގައި ކޯސްޓްގާޑް ޝިޕް، ޝަހީދު އަލީގެ އެގްޒެކެޓިވް އޮފިސަރު، މޭޖާ އަހުމަދު އިރުފާން ވިދާޅުވީ ގަވާއިދުތަކެއް ހެދިފައި އޮތަސް ބައެއް ފަރާތްތަކުން އެ ގަވާއިދުތަކަށް އަމަލުނުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ ޓްރާންސްޕޯޓުގެ ގަވާއިދާ ހިލާފަށް އުޅަނދު ހުރުމުން ހާދިސާއެއް މެދުވެރިވުމުން އުޅަނދު ދުއްވާ މީހާ ކޯސްޓްގާޑަށް ގުޅައި އެ ހާދިސާއެއް ރިޕޯޓުކުރަން ފަސްޖެހޭ ކަމަށާއި ބައެއް ފަހަރު ހާދިސާ ރިޕޯޓުކުރަނީ ފަސިންޖަރު ކަމަށެވެ.

"މިފަހަކަށް އައިސް ދިމާވެފައި ހުރޭ އުޅަނދު ދުއްވާ ފަރާތުން ނުވެސް ގުޅާ އަޅުގަނޑުމެންނަށް. ޓޫރިސްޓު ވެސް އެބަ ގުޅާ. ނޫނީ ފަސިންޖަރު. ބައެއް ބޭކަލުން ގުޅަން ފަސްޖެހޭ ޓްރާންސްޕޯޓު މިނިސްޓަރީން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވެފައިވާތީ،" އޭނާ ވިދާޅުވި އެވެ.

ދަތުރަށް ފުރާއިރު އުޅަނދަކީ ސީ ވާދިނަސް ހަމަ އުޅަނދެއްތޯ އެ އުޅަނދު ދުއްވާ މީހަކު ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށް އިރުފާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުރުމުގެ ކުރިން ބްރީފިންއެއް ދިނުން މުހިންމު ކަމަށެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް 2025 ގެ ތެރެއިން: ޕެނަލް ޑިސްކަޝަނެއްގައި ރައްކާތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި -- ފޮޓޯ: މިރާޝް ނާޝީމް / އަދަދު
އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް 2025 ގެ ތެރެއިން: ޕެނަލް ޑިސްކަޝަނެއްގައި ރައްކާތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި -- ފޮޓޯ: މިރާޝް ނާޝީމް / އަދަދު

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް 2025 ގެ ތެރެއިން: ޕެނަލް ޑިސްކަޝަނެއްގައި ރައްކާތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި -- ފޮޓޯ: މިރާޝް ނާޝީމް / އަދަދު

އޭގެއިތުރުން އިރުފާން ވިދާޅުވީ ލައިފް ޖެކެޓު ރަނގަޅަށް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ލައިފް ޖެކެޓް ނާޅައި ހުއްޓައި ދިމާވާ ހާދިސާއަކުން ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.

"ލައިފް ޖެކެޓް އަޅައިގެން ހުންނަނަމަ ލައިފް ސޭވިން. ނުބައިކޮށް އަޅާނަމަ ލައިފް ތުރެޓްނިން. އެހެންވީމަ ވަރަށް މުހިންމު ކަމެއް ލައިފް ޖެކެޓް އެޅުން ކިތަންމެ ފަތަން މޮޅަސް. މީހުން އެވެއާކޮށް ބްރީފްކޮށްދިނުން މުހިންމު. ހާލަތު ބަދަލުވާން ނަގާނީ ކުޑަ އިރުކޮޅެއް،" އޭނާ ވިދާޅުވި އެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އިބްރާހިމް ހަނީފް ވިދާޅުވީ ހުރިހާ އެންމެން ގުޅިގެން ޕްރިވެންޝަނަށް ވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެކަމަށް އެކި ޓްރެއިނިންތައް ރާވައި ހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރިވެންޝަން މަސައްކަތް ވަރަށް މުހިންމު. ކޯޑިނޭޝަން ވަރަށް މުހިންމު. ކަމެއް ހިނގައިފިނަމަ ކަންތައް ކުރާނެ ގޮތް ޓްރެއިނިން ތެރެއިން އަންނަން ޖެހެނީ. އެންމެން ގުޅިގެން އެކަން ކުރަން ޖެހޭ. މިހާރުވެސް ކޮންމެވެސް ވަރަކަށް ހިންގާ،" އޭނާ ވިދާޅުވި އެވެ.

ހަނީފް ވިދާޅުވީ ބައެއް ގެސްޓްހައުސްތަކުގައި އިވެކުއޭޝަނެއް ހިންގަން ޖެހޭ ގަޑީގައި އެކަން ކުރަން ނޭގޭ މީހުން ތިބޭ ކަމަށާއި އެމަޖެންސީ ނަންބަރުތައް ވެސް ބައެއް މީހުންނަށް ނޭގޭ ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ ރައްކާތެރިކަން ކަށަވަރު ކުރަން އެންމެންވެސް ބޭނުންވާ ކަމަށާއި އެއީ ކަންކަން ހައްލު ކުރުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.

"އިވެކުއޭޝަންއެއް ކުރަން ޖެހުނީމަ އެކަން ކުރަން ނޭގޭ. އެމަޖެންސީ ނަމްބަރެއް ވެސް ނޭގޭ. ޕޮޒިޓިވް ކަމަކީ އެންމެން ވެސް މިކަން ރަނގަޅުކުރަން ބޭނުންވޭ. އެންމެ ތަނަކަށްވެސް ލިބޭ ގެއްލުމަކީ އެންމެންނަށް ލިބޭނެ ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް 2025 ގެ ތެރެއިން: ޕެނަލް ޑިސްކަޝަނެއްގައި ރައްކާތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި -- ފޮޓޯ: މިރާޝް ނާޝީމް / އަދަދު
އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް 2025 ގެ ތެރެއިން: ޕެނަލް ޑިސްކަޝަނެއްގައި ރައްކާތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި -- ފޮޓޯ: މިރާޝް ނާޝީމް / އަދަދު

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް 2025 ގެ ތެރެއިން: ޕެނަލް ޑިސްކަޝަނެއްގައި ރައްކާތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި -- ފޮޓޯ: މިރާޝް ނާޝީމް / އަދަދު

ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް، ސަމީއު އިމާދު ވިދާޅުވީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބައިވަރު ކަންކަން މިހާރުއްސުރެ ކުރެވޭނެ ކަމަށެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ލައިފް ޖެކެޓާއި ނުލައި ދަތުރުތައް ނުކުރެވޭ ޕޮލިސީތައް ތައާރަފްކޮށް، ރަށްރަށުގައި ސޭފްޓީ ޑްރިލްތައް ޖައްސައި، އައިލޭންޑް ސޭފްޓީ ޗާޓެއްގެ އިތުރުން ރައްކާތެރި ރަށްތަކަށް ބެޖުތަކެއް ދިނުން ހިމެނެ އެވެ.

ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު، ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ ދާއިރާގައި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ބައެއް އުސޫލުތަކާއި ގަވާއިދުތައް ވެސް ހަދަމުންދާ ކަމަށެވެ.

ހުރިހާ ޕެނަލިސްޓުން ވެސް ފާހަގަކުރެއްވި ގޮތުގައި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ހުރިހާ އެންމެން ގުޅިގެންނެވެ. އެގޮތުން ގުޅިގެން އެކި މަސައްކަތްތައް ކޮށްގެން ކުރިއަށް އޮތްތަނުގައި ބަދަލުތަކެއް ގެނެވޭނެ ކަމަށް ޕެނަލިސްޓުން ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox