ގައްޒާ އަށް ސަޕޯޓްދޭން އާންމުން ސަރުކާރަށް ޕްރެޝަރުކުރަންޖެހޭ: ގާޑިއޯލާ

Oct 8, 2025, 6:56 AM
ގައްޒާ އަށް ސަޕޯޓްދޭން އާންމުން ސަރުކާރަށް ޕްރެޝަރުކުރަންޖެހޭ: ގާޑިއޯލާ

ބާސެލޯނާ (އޮކްޓޫބަރު 8) -އިޒްރޭލުން ފަލަސްތީނަށް އަރައި ދެމުން އަންނަ ގެއްލުންތައް ހުއްޓުވަން ކުރާ މަސައްކަތުގައި އެކި ގައުމުތަކުގެ އާންމުން އެ ގައުމެއްގެ ސަރުކާރަށް ޕްރެޝަރުކުރަންޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ އުފަން ސަރަހައްދު، ކަޓަލޫނިއާގެ ބާސެލޯނާގައި މި މަހު ހަތަރު ވަނަ ދުވަހު ބޭއްވި އެއްވުމަށް ތަރުހީބުދޭން ގާޑިއޯލާ، 54، ބުނެފައިވަނީ، އަހަރެމެންނަށް މި ފެނިގެންދަނީ، "ލައިވް ޖެނޮސައިޑް (އިންސާނީ ނަސްލެއް ނައްތާލުމުގެ ކަންކަން ވަގުތުން ދެއްކުން)" ކަމަށެވެ.

އަދި، މި ހަމަލާތަކުގެ ތެރޭގައި، އެތަކެއް ކުޑަކުދިންނެއް މަރުވެފައިވާ ކަމަށާއި އެކަށީގެންވާ ފިޔަވަޅުތައް ނޭޅިއްޖެނަމަ، އިތުރު ކުދިން ވެސް މަރުވާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ސްޕެއިނާއި ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ އާންމުން އަންނަނީ ފަލަސްތީނަށް އޮތް ސަޕޯޓް ދައްކާލުމަށް މަގުތަކަށް އެއްވެ، ޝުއޫރުފާޅުކުރަމުންނެވެ. ގާޑިއޯލާ ބުނީ، ވީހާވެސް ގިނަ ބަޔަކު މިކަންކަމުގައި ބައިވެރިވެ، ސަރުކާރުތަކަށް ޕްރެޝަރުކޮށް އިޒްރޭލުގެ މި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށެވެ.

މީގެ ކުރިން ވެސް ގާޑިއޯލާ ވަނީ އެކިއެކި ފޯރަމްތަކުގައި ފަލަސްތީނުގެ ހައްގުގައި ވާހަކަ ދައްކައިފަ އެވެ. މެންޗެސްޓާ ސިޓީގައި އޭނާ ހާސިލްކޮށްފައިވާ ކާމިޔާބީ އަށް ޓަކައި، ޔުނިވާސިޓީ އޮފް މެންޗެސްޓާ އިން އެރުވި، އޮނޮރަރީ ޑިގްރީ ލިބުމަށް ފަހު. މިދިޔަ ޖޫން މަހު ދިން ބަސްދީގަތުމުގަ އެވެ.

"ގައްޒާ އިން އެ ފެންނަނީ ވަރަށް ހިތްދަތި، ހިތްކުދިކުދިވާ ވަރުގެ މަންޒަރުތަކެއް. އަހަރެންގެ މުޅި ހަށިގަނޑުގައި އޭގެ ވޭން އަޅާފަދަ،" ގާޑިއޯލާ ބުންޏެވެ.

"ވަރަށް ސާފުކޮށް މި ބުނަނީ، މިއީ ވިސްނުމާއި ފިކުރު ހުރި ގޮތުގެ ވާހަކައިގެ ކަމެއް ނޫން. މިއީ، އަހަރެން ރަނގަޅޭ ނޫނީ ދެން ތިބި މީހުން ގޯހެކޭ އެއް ނޫން. މިއީ އިންސާނިއްޔަތަށްޓަކައި އޮތް ލޯބީގެ ވާހަކައެއް، އަވައްޓެރިންނާ މެދު އޮންނަން ޖެހޭ ގާތްކަމާ ގުޅޭ ވާހަކައެއް،"

އިޒްރޭލުން ޒަމާނުންސުރެން ފަލަސްތީނަށް އަރައި ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމައިގެ، މިހާރު ހިނގަމުން އަންނަ ކަންތައްތައް ފެށިގެންދިޔައީ، އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން، ބައިލައްކަ އަށް ވުރެ ގިނަ މީހުން ގައްޒާގައި، މަރުވެފައިވާއިރު، އޭގެ ތެރޭގައި، ހޮސްޕިޓަލްތަކަށް ދިިން ހަމަލާތަކުގައި މަރުވި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެެ.

"އަހަރެމެންނަށް މި ފެންނަނީ ހަތަރު އަހަރުގެ އަންހެން ކުއްޖެއް ނޫނީ ފިރިހެން ކުއްޖެއް ބޮމުގެ ހަމަލާއެއްގައި މަރުވާ މަންޒަރު، ނޫނީ ހޮސްޕިޓަލުގައި އޮއްވައި މަރުވާ ހާލަތަށް ދާ މަންޒަރު، މި ކަންކަން ހިތަށް ގެންނަން ވެސް އުނދަގޫ، މިއަދު މިއީ އެ މީހުންނަށް ވާ ކަމަކަށް ވެދާނެ، މާދަމާ ފަހަރުގައި މިކަން އޮތީ އަހަރެމެންނަށް ކަމެއް ނޭނގެ، އަހަރެން ވަރަށް ޖެހިލުންވޭ،" ގާޑިއޯލާ ބުންޏެވެ.

މިދިޔަ މަހު 29 ގައި "ދި އެތުލެޓިކް" އިން ރިޕޯޓްކުރި ގޮތުގައި، 50 އެތުލީޓަކު ވަނީ ޔުއެފާގެ މުބާރާތްތަކުން އިޒްރޭލް ވަކިކުރަން ޔުއެފާ އަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި، ކްރިސްޓަލް ޕެލަސް އަށް ކުޅޭ ޝެއިހް ޑޮކޫރޭ އާއި ޗެލްސީ އަށް ކުރިން ކުޅުނު ހަކިމް ޒިޔެޗް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox