ފުލުހުން އެލްރެޑު ބޭނުންކުރުމުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އެލްއާރުއޭޑީއާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފަ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އެލްއާރުއޭޑީއާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފަ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ބޭނުންކުރުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، ފުލުހުން މި ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން މީހުންނަށް ކުރި އަސަރު ހާމަކޮށްފައިވެ އެވެ. އޭގެތެރޭގައި މުޒާހަރާގެ ބައިވެރިންނާއި އާންމު ރައްޔިތުންނަށް ދިމާވި ދަތިތަކާއި ސިއްހީ ގެއްލުންތައް ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް، ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރެކެވެ. އެ މައްސަލަ ބޭރުކޮށްލަން ޕީއެންސީގެ 40 މެންބަރަކު ވޯޓު ދެއްވި އެވެ.

އެލްރެޑު ބޭނުން ކުރުމުން ބޭރުފުށުން އަނިޔާއެއް ނުވި ނަމަވެސް ނަފުސާނީ ގޮތުންނާއި އަޑުއިވުމުގެ ހިއްސަށް ލިބޭ ގެއްލުން ބޮޑެވެ. މި ހަތިޔާރުގެ ސަބަބުން މީހުންގެ ކަންފަތް ބީރު ވުމުގެ ފުރުސަތު އޮންނަ ކަމަށް ބޭރު ސިއްހީ ޖަމިއްޔާތަކުން ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، ގަދަ އަޑުގެ ސަބަބުން ކަންފަތަށް ގުޑުން އަރައި، ރިންގިން އަޑެއް އިވިއިވި ހުރުމާއި ކަންފަތަށް ތަދުވުން އަދި ބޮލުގައި ރިއްސުމާއި ބޯ އެނބުރުން އަދި ނަފުސާނީ އެތައް ގެއްލުމެއް ވެސް ލިބެ އެވެ. އެ ރޭ އެތަނުގައި ތިބި ގިނަ ބަޔަކު ވަނީ މިފަދަ ކަންކަން ދިމާވި ކަމަށް ބުނެފަ އެވެ.

ފުލުހުން އެ ހަތިޔާރު ބޭނުންކުރީ ލާއިންސާނީ އަދަބު މަނާކުރާ، އިންޓި ޓޯޗާ ގާނޫނާ ހިލާފަށް ކަމަށާއި އެއީ ލާއިންސާނީ އަދި ޣައިރު ގާނޫނީ އަދަބެއް ކަމަށް، ގާނޫނީ ވަކީލް ޑރ. އަހުމަދު އަލީ ސަވާދު ވެސް ވަނީ ވިދާޅުވެފަ އެވެ.

"[އެއީ] މުޒާހިރީންގެ އިތުރުން މާލޭގެ އެސަރަހައްދުގަ ދިރިއުޅޭ ކުދިބޮޑު ހުރިހާ ރައްޔިތުނަށް އާންމުކޮށް ދިން ލާއިންސާނީ ޣައިރު ގާނޫނީ އަދަބެއް،" ސަވާދު ވިދާޅުވި އެވެ.

ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ ބަންޑާރަ ނައިބު، ޕްރޮސެކިއުޓާ ޖެނެރަލް އަދި އެޗްއާރްސީއެމްއިން ބަލައި ފުލުހުން ޒިންމާދާރު ކުރުވަންޖެހޭނެ ކަމަށް ވެސް ސަވާދު ވިދާޅުވި އެވެ.

"ބަޔަކު މުޒާހަރާއެއް ކުރީމަ އެ ސަރަހައްދުގަ ދިރިއުޅޭ އާންމުނަށް ގާނޫނުން ބޭރު އަނިޔާއެއް ދިނުމުގެ ހައްގެއް އެކަކަށްވެސް ނުލިބޭ،" ސަވާދު ވިދާޅުވި އެވެ.

ފުލުހުން އެލްރެޑު ބޭނުންކުރީ ގާނޫނާއި ހިލާފަށް ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވެސް ވަނީ ވިދާޅުވެފަ އެވެ. އިތުރު އެތައް ވަކީލުންނެއް މި ވާހަކަތައް ސޯޝަލް މީޑިއާގައި ތަކުރާރު ކުރައްވާފައިވެ އެވެ.

ސޮނިކް ވެޕަން ބޭނުންކުރި މައްސަލައިގައި އާންމުން ފާޑުކިޔަން ފެށުމުން އެކަން ދިފާއުކޮށް ފުލުހުން ނޫސް ބަޔާނެއް ނެރުނެވެ. އެގޮތުން ފުލުހުން ބުނީ މުޒާހަރާގައި ބާރުގެ ބޭނުންކޮށްފައި ވަނީ ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ނަގަހައްޓަން ޖެހޭ އަސާސްތަކާއެކު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox