ސެވިއްޔާ އިން ބާސެލޯނާ އެއް ވަނަ އަށް އެރިޔަނުދީ ބަލިކޮށްލައިފި

Oct 5, 2025, 5:29 PM
ސެވިއްޔާ އިން ބާސެލޯނާ އެއް ވަނަ އަށް އެރިޔަނުދީ ބަލިކޮށްލައިފި

ސެވިލް (އޮކްޓޫބަރު 5) - ސްޕެނިޝް ލީގުގައި މިރޭ ސެވިއްުޔާ އިން ލީގުގެ އެއް ވަނަ އަށް އަރަަން މޮޅެއް ހޯދަން ނުކުތް ބާސެލޯނާ 4-1 އިން ބަލިކޮށްލައިފި އެވެ.

ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނަ އަށް ޖެހިލީ ރޭ ވިޔަރެއާލް އަތުން މޮޅުވެގެންނެވެ. އިންޓަނޭޝަނަލް ބްރޭކަށްދާއިރު، އެއް ވަނައިގައި އޮތުމަށް ބާސެލޯނާ އިން މިރޭ ސެވިއްޔާ އަތުން މޮޅުވާން ޖެހެ އެވެ. އެކަމަކު، ސެވިއްޔާ އިން ވަނީ ބާސެލޯނާ އަށް ފުރުސަތެއް ނުދީ މެޗު ކާމިޔާބުކޮށްފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު ރެއާލް އެވެ، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް އަށް މެޗުން ލިބުނީ 19 ޕޮއިންޓެވެ. ތިން ވަަނައިގައި އޮތް ވިޔަރެއާލަށް އަށް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އެސްޕަންޔޯލަށް އަށް މެޗުން 15 ޕޮއިންޓް އަދި ފަސް ވަނައިގައި އޮތް ސެވިއްުޔާ އާއި ހަ ވަނައިގައި އޮތް އެލްޗޭ އަށް އަށް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގައި، އެ ޓީމުން 13 ވަނަ މިނިޓްގައި ލީޑުނެގީ ބާސެލޯނާ އަށް ކުރިން ކުޅުނު ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ޖެހި ޕެނަލްޓީންނެވެ. މިއީ، ސެވިއްޔާގެ އިސާކް ރޮމޭރޯ އަށް އެ ޓީމުގެ އޭރިއާތެރެއިން ބާސެލޯނާގެ ރޮނާލްޑް އަރައުހޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މެޗުގެ 36 ވަނަ މިނިޓްގައި އިސާކް ރޮމޭރޯ ވަނީ ރުބެން ވާގާސް ދިން ބޯޅައަކުން ގޯލު ޖަހައި، ސެވިއްޔާގެ ލީޑުފުޅާކޮށްދީފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަަގުތުގެ ތެރޭގައި، ބާސެލޯނާގެ މާކަސް ރެޝްފޯޑް ވަނީ ގޯލެއް ޖަހައި އުންމީދެއް ހޯދައިދީފަ އެވެ. އަދި، މެޗުގެ 76 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރަން ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ ގޯލާ ސީދާވާގޮތެއްނުވި އެވެ.

ބާސެލޯނާ އިން ފުރުސަތު ނަގާލިއިރު، އޭގެ ފަހުން، ސެވިއްޔާ އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާ ކޮޅަށް ސެވިއްޔާގެ މި ލަނޑުތައް ޖެހީ، ހޯސޭ އެންހެލް ކާމޯނާ އާއި އަކޯރް އެޑަމްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox