މުޒާހަރާ ރޫޅާލުމަށް ފުލުހުން 'ސޮނިކް ވެޕަން' ބޭނުންކުރުން އެމްޑީޕީން ކުށްވެރިކޮށްފި

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން: މުޒާހަރާ ރޫޅާލުމަށް ފުލުހުން 'ސޮނިކް ވެޕަން' ބޭނުންކުރުން އެ ޕާޓީން ވަނީ ކުށްވެރިކޮށްފަ ---- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން: މުޒާހަރާ ރޫޅާލުމަށް ފުލުހުން 'ސޮނިކް ވެޕަން' ބޭނުންކުރުން އެ ޕާޓީން ވަނީ ކުށްވެރިކޮށްފަ ---- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ގާނޫނާއި ހިލާފަށް ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" ބޭނުންކުރުން އެމްޑީޕީން ސޮއިކޮށްފި އެވެ.

އެމްޑީޕީ އިން، މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޮނިކް ވެޕަން އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރުމަކީ މީގެ ކުރިން ރާއްޖޭގެ އެއްވުންތައް ރޫޅާލަން ބޭނުންކުރި ހަތިޔާރެއް ނޫން ކަމަށެވެ.

"މި ހަތިޔާރުގެ ސަބަބުން ދާއިމަށް އަޑު ނީވުން، ބޯ އެނބުރުން، ފަދަ ނުރައްކާތެރި ސިއްހީ ހާލަތްތައް ކުރިމަތިވުމުގެ ފުރުސަތޮ އެބައޮތް،" ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި އެމްޑީޕީން ބުނެފައިވެ އެވެ.

ފުލުހުން ރޭ ސޮނިކް ވެޕަން ބޭނުންކުރީ ގާނޫނާއި ހިލާފަށް ކަން މި ނޫހަށް ވަނީ އެނގިފަ އެވެ. އެ ގޮތުން، މި ނޫހަށް އެނގިފައިވާ ގޮތުގައި ސޮނިކް ވެޕަންގެ ގޮތުގައި ބޭނުންކުރި އާލާތް ފުރަތަމަ ގެނައީ 2013 ގަ އެވެ. ނަމަވެސް، މިހާތަނަށް މުޒާހަރާއެއް ރޫޅާލުމަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައެއް ނުވެ އެވެ. ކުރިން އެ ބޭނުންކުރީ އެނައުންސްމެންޓު ދިނުމަށް އެލާޓެއްގެ އެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނީ، ރޭ ފުލުހުން އަމަލުކުރި ގޮތުން ފެނިގެންދަނީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ޑިމޮކްރަސީ ނެތިދަމުންދާ މިންވަރު ކަމަށެވެ. އަދި، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއަޅައި، ސަރުކާރުން މި އަމަލުތައް ހިންގާފައި މި ވަނީ ރާއްޖޭގެ އިގުތިސޯދު ނާޒުކު ހާލަތެއްގައި އޮވެ، ދައުލަތުގެ ދަރަނި އިންތިހާއަށް ގޮސްފައި އޮތް ހާލަތެއްގައި ކަން ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ އަލިއަޅުވާލައިފަ އެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެ ޕާޓީއަށް ނިސްބަތްވާ ކުރީގެ ދެ މަޖިލިސް މެންބަރަކާއި މާފުށި ކައުންސިލްގެ ރައީސް ދޫކޮށްލުމަށް ގޮވާލައި، ހައްޔަރުކުރި މީހުންނާއި ގާނޫނީ ވަކީލުންނަށް ބައްދަލުކުރަން ފުރުސަތު ނުދޭކަން ވެސް އެމްޑީޕީން ފާހަގަކުރި އެވެ.

ރޭގެ މުޒާހަރާގައި ހައްޔަރުކުރި އެންމެން އަދިވެސް ތިބީ ބަންދުގަ އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދާނެ އެވެ.

މުޒާހަރާ ކުރަން ފުރުސަތު ނުދިނުން ދިފާއުކޮށް، ހާރިޖީ ވުޒާރާއިން މިހާރު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ރޭ މުޒާހަރާ ކުރަން ފުރުސަތު ނުދިނީ ފުލުހުން ހުއްދަ ދީފައިނުވާ މަގަކުން އެމްޑީޕީ އިން މުޒާހަރާ ކުރަން އުޅުމުން ކަމަށެވެ.

"ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ހިމެނޭ ގޮތަށް ޑިމޮކްރެޓިކް ހައްގުތައް ނެގެހެއްޓުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox