އޮކްޓޯބަރު 3 މުޒާހަރާ: މުޒާހަރާއަށް ފާރަލާން އެމްއެންޑީއެފްގެ ޑްރޯން މާލެ މަތިން ދުއްވަން ފަށައިފި

އެމްއެންޑީއެފް ޑްރޯން އިފްތިތާހުކުރި ދުވަހު ރައީސް މުއިއްޒު ޑްރޯން އެއް ބައްލަވާލައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

އެމްއެންޑީއެފް ޑްރޯން އިފްތިތާހުކުރި ދުވަހު ރައީސް މުއިއްޒު ޑްރޯން އެއް ބައްލަވާލައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާއާ ދިމާކޮށް އެމްއެންޑީއެފްގެ ޑްރޯންތައް މާލެ މަތިން ދުއްވަން ފަށައިފި އެވެ.

ޓްރެކިން ސައިޓުތަކުން ދައްކާ ގޮތުގައި މާފަރު އެއާޕޯޓުގައި ހުންނަ ޑްރޯން ބޭސް އިން މިއަދު ހަވީރު ފުރި ސިފައިންގެ ޑްރޯން އެއް މިހާރު ދަނީ މާލެ މަތިން ބުރު އަޅަމުންނެވެ. ޑްރޯން މިވަގުތު އޮތީ މާލޭގެ ދެކުނުން ދެތިން މޭލު ދުރުގަ އެވެ. ޑްރޯން ދުއްވަމުން ގެންދަނީ ސަވައިލެންސަށް އާންމުކޮށް ދުއްވާ ޕެޓާންތަކަށެވެ.

އިދިކޮޅު މުޒާހަރާ ފެށެން ކުޑަތަން ވެފައި ވަނިކޮށް އެމްއެންޑީއެފްގެ ޑްރޯން މާލެ މަތިން ދުއްވަމުންދާ ސަބަބެއް ސިފައިން ބުނެފައެއް ނުވެ އެވެ.

މީގެ ކުރިން ރައީސް މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރެއްވި ބައެއް ދަތުރުތަކާއި ގުޅިގެން، އެމަނިކުފާނު ވަޑައިގެންނެވި ބައެއް ރަށްރަށުގެ މަތިން ޑްރޯން ދުއްވާފައިވެ އެވެ.

ނަމަވެސް، ކޮންމެވެސް އޮޕަރޭޝަނަކާއި ގުޅިގެން މިއަދާއި މިރޭ މާލޭގެ އެކި ސަރަހައްދުތަށް ބަންދުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ފުލުހުން އެލާޓަށް ގެނެސް ގިނަ އަދަދެއްގެ އޮފިސަރުން މާލޭގެ މަގުތަކަށް ވެސް ވަނީ ނެރެފަ އެވެ.

އެމްއެންޑީއެފްގެ ޑްރޯން މިވަގުތު ދުއްވަމުންދާ ސަރަހައްދު އަދި ދުއްވަމުންދާ ގޮތް ---- ފޮޓޯ: ފްލައިޓް ރޭޑަރު
އެމްއެންޑީއެފްގެ ޑްރޯން މިވަގުތު ދުއްވަމުންދާ ސަރަހައްދު އަދި ދުއްވަމުންދާ ގޮތް ---- ފޮޓޯ: ފްލައިޓް ރޭޑަރު

އެމްއެންޑީއެފްގެ ޑްރޯން މިވަގުތު ދުއްވަމުންދާ ސަރަހައްދު އަދި ދުއްވަމުންދާ ގޮތް ---- ފޮޓޯ: ފްލައިޓް ރޭޑަރު

ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ އާންމުންނަށާއި ޓްރެފިކަށް އެކި ސަރަހައްދުތައް ބަންދުކުރަނީ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކާއި ގުޅިގެން ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ފުލުހުން މިހެން ބުނެ ޕޯސްޓެއް ކޮށްފައި ވާއިރު، އެ ހިދުމަތުން އިއްޔެ ނެރުނު ބަޔާނެއްގައި މިރޭގެ އެއްވުމުގައި, އަމާން މަސްލަހަތު ނަގާލައި، ކުށްކުރަން އުޅޭ ކަމަށް ތުހުމަތުކޮށް އެ މުޒާހަރާ ހުއްޓުވާނެކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ. އެ ބަޔާނުގައި ފުލުހުން ބުނީ ބޮޑު އެއްވުމުގައި ކުށްކުރާ ގުރޫޕުތައް ނެރެ މާލެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތުތަކެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕުތައް މަގުމައްޗަށް ނެރެ މާލެ ތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ،" ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox