ރިކާޑީނިއޯއާ އެކު އޮންލީގެ ތަޖުރިބާ: "ހީވީ އަލުން ފުޓްސަލް ކުޅެން ފެށިހެން!"

Oct 3, 2025, 8:24 AM
އެޗްޑީސީގެ ފުރަތަމަ މެޗުގެ ތެރެއިން އޮންލީ.--- ފޮޓޯ: އޮބިއޮން

އެޗްޑީސީގެ ފުރަތަމަ މެޗުގެ ތެރެއިން އޮންލީ.--- ފޮޓޯ: އޮބިއޮން

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، ޕޯޗުގަލްގެ ރިކާޑީނިއޯއާ އެކު، ކްލަބް އެޗްޑީސީން ޕްރެކްޓިސް ފަށައި، މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕަށް ތައްޔާރުވާން ފެށުމުން ހީވީ އަލުން ފުޓްސަލް ކުޅެން ފެށުނުހެން ކަމަށް ރާއްޖޭގެ އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، އެޗްޑީސީގެ ތަރި، ހުސެއިން ޝަރީފް (އޮންލީ) ބުނެފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ، ލެޖެންޑަރީ ފުޓްސަލް ތަރި، ރިކާޑީނިއޯ އަކީ ރާއްޖޭގެ ފުޓްސަލް ތާރީހަށް ބަލާއިރު، މި ގައުމުގައި ކުޅޭނެ އެންމެ ފުންނާބު އުސް ކުޅުންތެރިޔާ އެެވެ. އެޗްޑީސީން ރިކާޑީނިއޯ ގެނެސް ކްލަބް މޯލްޑިވްސްގައި މި ކުރާ މަސައްކަތުން ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

"އަނެއްހެން ބުނާނަމަ ހީވީ، ޕްރެކްޓިސް ކޮށްލި ހިސާބުން ވެސް ހީވީ އަލުން، (ފުޓްސަލް) ކުޅެން ފެށީހެން، މިދިޔަ 10 އަހަރު މި ކުރީ އެހެން ކަމެއް ހެން އަނެއްހެން ބުނަންޏާ، މުޅިން މުޅިން ހުރިހާ އެއްޗެއް ޑިފެންސް ވެސް އެޓޭކު ވެސް އާ ފެށުމަކުން ފެށުން ފަދަ އެހާ ވަރަށް ބުނެވޭނީ،" ރާއްޖޭގައި ބާއްވާ ދެ ބޮޑު ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕާއި ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކޮށްފައިވާ އޮންލީ ބުންޏެވެ.

ރިކާޑީނިއޯއާ އެކު، އެޗްޑީސީން ނުކުންނަން ޖެހުނީ ކްލަބް މޯލްޑިވްސް ކަޕްގައި މަރުގެ ގްރޫޕަކަށެވެ. އެ ގްރޫޕްގެ ގުރުއަތުލުން ނެގިއިރު އޮތް، އުރީދޫން ބައިވެރިނުވާން ނިންމައި، ނަން ނެގުމުން، ދެން މިހާރު އެ ގްރޫޕްގައި އޮތީ އެޗްޑީސީ އާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ އިތުރުން، ކްލަބް އެމްޓީސީސީ އެވެ. އެޗްޑީސީން ފުރަތަަމަ މެޗުގައި 2-1 އިން ސްޓެލްކޯ ބަލިކުރިއިރު، އެ މެޗުގައި އެޗްޑީސީ މޮޅުވި ގޯލު ޖެހުމުގެ އިތުރުން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޮންލީ އެވެ.

އޮންލީ ބުނީ ފުރަތަމަ މެޗު ވަރަށް އުނދަގޫ ކަމަށާއި ޕްރެޝަރުގައި ކުޅެން ޖެހުމުން އެންމެ ރަނގަޅު ކުޅުން ދަށްކަން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

"ޓީމުގެ ހުރިހާ ކަމެއް ވެސް ރަނގަޅު ހަަމަ، ދިޔަ އެކަމަކު، މުބާާރާތާ ވަރަށް ކައިރިވެފައި އިނދެފައި ކޯޗު ދުވަސްކޮޅަކަށް ވަކިވާން ޖެހުނީމަ އެ ތަންކޮޅު ދެއްކި، އެކަމަކު، އަަހަރެމެންގެ މެއިން ޕްލޭޔަރު (ރިކާ) ލައިގެން، އޭނަ ވަރަށް ބޮޑަށް ޓީމަށް އަސްލު ބުނާނަމަ، މިތާ މި ތިބި ޕްލޭޔަރުންނަށް ވުރެން ބޮޑަށް އޭނަގެ އެފަޓް އަހަރެމެންނަށް ލިބުނު އެހެންވީމަ ކަންނޭނގެ ޓީމު އެހާ ބޮޑުތަން ރަނގަޅުވީ،" އޮންލީ ބުންޏެވެ.

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕާއި މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އަނިޔާގެ ސަބަބުން އޮންލީ އަށް ނުކުޅެވުނެވެ. އަލުން އަނބުރާ ބޮޑު މުބާރާތަކަށް އައިސް ފުރަތަމަ މެޗުގައި ވެސް ޖުމްލަކޮށް އޮންލީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

"މިހާރު މި ހުރީ އަނެއްހެން ބުނާނަމަ، ފިޓްނަސް ލެވަލް ހުރިހާ ގޮތަކުން ވަރަށް ރަނގަޅަށް، މިދިޔަ އަހަރުގެ ސީއެމްސީ (ކްލަބް މޯލްޑިވްްސް ކަޕް) ނުކުޅެވި ހުރެވުނީމަ، އުނދަގޫ އަނެއްކާ ވަރަށް ޕްރެޝަރުކޮށް ފަށަން ޖެހުނީ، އެހެންވީމަ ވެސް އުނދަގޫވާނެ، ދެން ބަލަނީ ރަނގަޅުވާނެ ކަމަށް،" ލ. ގަމަށް އުފަން، އޮންލީ ބުންޏެވެ.

އެޗްޑީސީން ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ އެމްޓީސީސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 22:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox