ކްލަބް މޯލްޑިވްސް ކަޕް: ގަދަ 16 ބުރުގެ ފުރަތަމަ ޖާގަ އާރްއާރްސީ އަށް

Oct 3, 2025, 12:54 AM
ރޭގެ މެޗުގެ ތެރެއިން އާރްއާރްސީން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރޭގެ މެޗުގެ ތެރެއިން އާރްއާރްސީން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގެ ފުރަތަމަ ޖާގަ މި ފަހަރުގެ ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހޯދި، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ހޯދައިފި އެވެ.

އާރްއާރްސީން ވަނީ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުން އެސްޓީއޯ ރެކްރިއޭޝަން ކްލަބް އަތުން 1-0 އިން މޮޅުވިއިރު، ރޭ ކްލަބް ފެން އަތުން 7-0 އިން މޮޅުވި އެވެ. ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު، އާރްއާރްސީ އެއް ވަނައިގައި އޮތްއިރު، މި ގްރޫޕުން އިތުރު ދެ ޓީމަކަށް ހަ ޕޮއިންޓް ނުލިބޭނެތީވެ، އާރްއާރްސީ އަށް އަނެއް ބުރު ޔަގީންވީ އެވެ. އާރްއާރްސީ އަށް ދެ މެޗުން ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.

އެސްޓީއޯ އިން ވަނީ ރޭ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް 4-0 އިން ބަލިކޮށް، ފުރަތަމަ މޮޅު ހޯދައިފަ އެވެ. އެސްޓީއޯގެ ތިން ޕޮއިންޓް އޮތްއިރު، ކަސްޓަމްސް އާއި ފެން އަށް ދެ މެޗުން ލިބުނީ ޕޮއިންޓެކެވެ.

ރޭ އާރްއާރްސީ އަށް ލަނޑުތައް ޖަހައިދިނީ، ޝަނާން ރަޝާދު ހެޓްރިކެއްގެ އިތުރުން، އާދަމް ނާސިހު (އާދަންނާ) ދެ ގޯލާއި މެޗުގެ މޮޅު ކުޅުންތެރިޔާ، އަހުމަދު އަފްލާޒު އަދި އިބްރާހިމް ސިނާހު (ސިނާ) ގޯލެކެވެ. ކަސްޓަމްސް އަތުން އެސްޓީއޯ މޮޅުވިއިރު ލަނޑުތައް ޖެހީ، އިސްމާއިލް އީސާ (މެސީ)، މުހައްމަދު އައްޒާމް، އަލީ ހޮދަދާދީ އަދި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ.

އެސްޓީއޯ ޓީމުގެ އިރާން ތަރި، ހޮދަދާދީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގްރޫޕް އޭގައި ރޭ ޓީމު އެމްއޭސީއެލް އިން ވަނީ 11-0 އިން ބަރޮސް ބަލިކޮށް ދެ ވަނަ ބުރުގެ ޖާގަ އަކާ ފިޔަވަޅެއް ގާތަށް ޖެހިލައިފަ އެވެ. މި ގްރޫޕުގެ އަނެއް މެޗުން، ކްލަބް އިމިގްރޭޝަން އަތުން 1-0 އިން ދިވެހި ސިފައިންގެ ކްލަބް މޮޅުވި އެވެ. އެމްއޭސީއެލް މި ގްރޫޕްގެ އެއް ވަަނައިގައި ދެ މެޗުން ހަ ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް އިމިގްރޭޝަނާއި ތިން ވަނައިގައި އޮތް ސިފައިންނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އަދި ފުލުގައި އޮތް ބަރޮސް އަށް ޕޮއިންޓެއް ނުލިބެ އެވެ.

އެމްއޭސީއެލް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އަހުމަދު ހަމީދު (އައްމަޑޭ) ހެޓްރިކެއްގެ އިތުރުން، އަބްދުﷲ ސުޒޭރު، އާއި އަލީ ޝާފިއު އަދި ފަހުމާން އަބްދުލް ހަމީދު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އިރާނުގެ އާމިރު ހޮސެން ތަޔޭބީ ގޯލެކެވެ.

އެމްއޭސީއެލް އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ސިފައިންގެ ޓީމުން އިމިގްރޭޝަން ބަލިކުރި ހަމައެކަނި ގޯލު ޖެހީ އިޔާސް އަލީ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ވެސް ތިން މެޗު ކުޅޭނެ އެވެ. އެ ގޮތުން، މިރޭ ކުޅެން ހަަމަޖެހިފައިވަނީ، 20:30 ގައި ފަށާ މޯލްޑިވިއަން އާއި ޕްރިޒަން ކްލަބް ކުޅޭ މެޗާއި، 22:15 ގައި ފަށަން ހަމަޖެހިފައިވާ، ކްލަބް އެމްޓީސީސީ އާއި ކްލަބް އެޗްޑީސީގެ މެޗުގެ އިތުރުން، ޓީމު އެފްއެސްއެމް އާއި ޓީމު ފެނަކަ ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox