މުޒާހަރާއަށް އެތައް ސަތޭކަ މީހުން މާލެ އަރާނެ: ފައްޔާޒު

މުޒާހަރާގައި ބައިވެރިވުމަށް ލ. އަތޮޅުން ފުރި ލޯންޗެއް -- ފޮޓޯ: އެމްޑީޕީ

މުޒާހަރާގައި ބައިވެރިވުމަށް ލ. އަތޮޅުން ފުރި ލޯންޗެއް -- ފޮޓޯ: އެމްޑީޕީ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކާއި މާލިއްޔަތު "ލޫޓުވާލައިފި" ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ކުރާ މުޒާހަރާއަށް އެތައް ސަތޭކަ ބަޔަކު މާލެ އަރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން، ފައްޔަޒުު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒް އަދަދު އަށް ވިދާޅުވީ މުޒާހަރާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ މީހުން ރަށްރަށުން މިހާރުވެސް ފުރާފައިވާ ކަމަށެވެ.

އެމްޑީޕީން ބާއްވާ މުޒާހަރާއަކީ ހަމައެކަނި އެ ޕާޓީން ބާއްވާ ހަރަކާތެއް ކަމުގައި ނުދެކި، ހައްގުތަކާއި ދައުލަތް ލޫޓުވުމާ ދެކޮޅަށް ވީހާވެސް ގިނަ ބަޔަކު ނިކުންނަން އޭނާ ގޮވާލެއްވި އެވެ.

މާދަމާ ރޭގެ މުޒާހަރާއަށް އަދާލަތު ޕާޓީން ވެސް ނިކުންނަން ވަނީ ނިންމާފަ އެވެ.

އެ ދެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ މުޒާހަރާއަކީ ގައުމުގެ ހައްގުގައި ކޮންމެހެން ކުރުން މުހިންމު ކަމަކަށް ވާތީ ދެ ޕާޓީގެ ވީހާ ވެސް ގިނަ މެންބަރުންނާއި އަދި ވީހާވެސް ގިނަ އާންމު ނިކުތުން މުހިއްމު ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވަކި ޕާޓީއެއްގެ ހަރަކާތެއް ކަމަށް ނުބަލައި ހުރިހާ ރައްޔިތުން ވެސް މުޒާހަރާގައި ބައިވެރިވުމަށް ގޮވާލައްވާފަ އެވެ.

ރަށްރަށުން ވެސް މީހުން މާލެއަށް އަރައި، ސަރުކާރު ޖަވާބުދާރީކުރުވަން ހުރިހާ ރައްޔިތުން ނުކުތުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ގޮވާލައްވާފަ އެވެ.

އެމްޑީޕީގެ މުޒާހަރާ މާދަމާ ރޭ ފަށާނީ 8:30 ގައި އާޓިފިޝަލް ބީޗުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox