ސީރިއަސް ތުހުމަތެއް: ފެނަކައިން ނެރުނު ކޮރަޕްޝަންގެ ފައިސާ ޕީއެންސީގެ ކެމްޕެއިނަށް ހަރަދު ކުރީ ގޭންގުތަކާ ގުޅިގެން!

Oct 2, 2025, 3:26 AM
ސީރިއަސް ތުހުމަތެއް: ފެނަކައިން ނެރުނު ކޮރަޕްޝަންގެ ފައިސާ ޕީއެންސީގެ ކެމްޕެއިނަށް ހަރަދު ކުރީ ގޭންގުތަކާ ގުޅިގެން!

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރަން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ވެރިންނާއި ބައެއް ގޭންގުތަކުގެ އިސް ފަރާތްތަކަކާ ގުޅިގެން ފެނަކައިގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގީ އިދާރާތަކުން ބަލަމުންދާކަން އެނގިއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް އެ މައްސަލަ ބަލަން ފެށިކަން އަދަދު ނޫހަށް ވަނީ ޔަގީންވެފަ އެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުންދާކަން ވެސް އެނގިފައިވެ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދި ބައެއް ލިޔެކިޔުންތަކުން މި ނޫހަށް އެނގިފައިވާ ގޮތުގައި ފެނަކައިގެ އިސްވެރިންނާއި ގޭންގުތައް ގުޅިގެން ކޮރަޕްޝަނުގެ ފައިސާ ޕީއެންސީގެ ކެމްޕެއިނަށް ހަރަދު ކުރި ބެލެވޭ މައްސަލަ އޭސީސީ އިން ބަލަން ފެށީ ޑިސެމްބަރު، 2024، ގަ އެވެ.

އެ މައްސަލަ ބަލަން ނިންމީ އޭސީސީގެ އިންޓެލިޖެންސް ޔުނިޓުން އެކުލަވައިލި ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ. އެ މައްސަލައިގެ ބޮޑުކަމުން އޭސީސީން ނިންމާފައި ވަނީ ޕޮލިހުންނާ ގުޅިގެން މައްސަލަ ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް މިހާތަނަށް ފުލުހުން ވެސް އަދި އޭސީސީން ވެސް މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ އިންތިހާބުގެ ސުޕަ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީން ނެގިއިރު، ގޭންގުތަކާ ގުޅިގެން ފެނަކައިން ހަރަދުކޮށްފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން މި ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން އަދި ލިބިފައިވާ ލިޔެކިޔުންތަކަކުން ވެސް ނޭނގެ އެވެ.

މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ވެރިކަން ކުރ ޕީއެންސީން ފެނަކަ މެދުވެރިކޮށް ފައިސާ ނެރެފައިވާކަން މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓަކުން ވެސް ހާމަވެފައިވެ އެވެ.

އަދި އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުއާޒު މުހައްމަދު ރަޝީދު ނަގާފައިވާ ލޯނެއް ބޭންކަށް ދެއްކީ އެކި ގޮތްގޮތުން ނަގުދު ފައިސާ ހޯދައިގެންކަން ވެސް ހާމަވެފައިވެ އެވެ.

އަދަދު އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޖެނުއަރީ، 2024، އިން ފެށިގެން ޖުލައި 24، 2024، އާ ހަމައަށް ގުޅުން އޮންނަ ފަރާތެއްގެ ބޭންކު އެކައުންޓާއި އޭޓީއެމް ޑިޕޮސިޓުގެ ގޮތުގައި މުއާޒުގެ ލޯނު އެކައުންޓަކަށް ހަތަރު މިލިއަން ރުފިޔާ ޖަމާ ކުރި އެވެ.

އެ މައްސަލަ ވެސް އެފްއައިޔޫއިން ތަހުގީގީ އިދާރާތަކަށް ފޮނުވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox