ފަހު ވަގުތު އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓްސް އަށް ފުރަތަމަ މޮޅު

Oct 1, 2025, 6:36 PM
ގްރީން ސްޓްރީޓްސް އަށް މި މެޗުގައި ދެ ގޯލު ޖަހައިދިން މިސްރުގެ ފޯވާޑް އޮބައިދާ ކަދުމް.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ގްރީން ސްޓްރީޓްސް އަށް މި މެޗުގައި ދެ ގޯލު ޖަހައިދިން މިސްރުގެ ފޯވާޑް އޮބައިދާ ކަދުމް.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އިން ފަހު ވަގުތު ގޯލު ޖަހައި، 3-2 އިން ކްލަބް އީގަލްސް ބަލިކޮށް، މި ފަހަރުގެ ސީޒަނުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ލީގުގައި ގްރީން ސްޓްރީޓްސް އިން ކުޅުނު ފުރަތަަމަ މެޗުގައި ވަނީ 2-1 އިން ކްލަބް ވެލެންސިއާ އަތުން ބަލިވެފަ އެވެ. އަދި، ދެ ވަނަ މެޗުގައި ފަހު ވަގުތު ގޯލެއް ވަދެ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން ބަލިވީ އެވެ.

އެކަމަކު، މިރޭ ގްރީން ސްޓްރީޓްސް އިން ފޯރިގަދަކޮށް ދިޔަ މެޗުގައި، އީގަލްސް ބަލިކުރީ އިތުރު ވަގުތުގައި ގޯލު ޖަހައިގެންނެވެ. ގްރީން ސްޓްރީޓްސް އިން މި ތިން ޕޮއިންޓާ އެކު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެއީ، ތިން މެޗުން ތިން ޕޮއިންޓާ އެކު އެވެ.

ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު ޖެހުމުގެ އިތުރުން، މި މެޗުގައި ގްރީން ސްޓްރީޓްސްގެ ޑިފެންސްލައިނަށް ފައިބައި، ރިލޭ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައި.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އީގަލްސް އިން ސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ނިންމާލައިފައި މި ވަނީ މޮޅެއް ނުލިބި އެވެ. ޗެރިޓީ ޝީލްޑް މެޗާއި ލީގުގެ ފުރަތަމަ މެޗުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވިއިރު، ލީގުގެ ދެ ވަަނަ މެޗުން ވަނީ ބުރު ސްޕޯޓްސް ކްލަބާ 2-2 އިން އެއްވަރުވެފަ އެވެ. އަދި، މިރޭ ގްރީން ސްޓްރީޓްސް އަތުން މި ވަނީ ބަލިވެފަ އެވެ. މި ނަތީޖާތަކާ އެކު، 10 ޓީމު ވާދަކުރާ ލީގުގައި އީގަލްސް އޮތީ ނުވަ ވަނައިގަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި، ގްރީން ސްޓްރީޓްސްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ، މިސްރުގެ ފޯވާޑް އޮބައިދާ އެވެ. އަނެއް ލަނޑު ޖެހީ ހާފުގެ މެދެއްހާ ހިސާބުން، ގްރީން ސްޓްރީޓްސްގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) އެވެ. އީގަލްސްގެ ލަނޑުތައް ޖެހީ، ޖަޕާނުގެ މިޑްފީލްޑަރު، ކަޓްސުޔޯޝީ ކިމިޝީމާ އާއި ޓީމުގެ ކެޕްޓަން، އަހުމަދު ރިޒްވާން (ރިޒޭ) އެވެ.

މެޗުގެ 11 ވަނަ މިނިޓްގައި އޮބައިދާ ވަނީ ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދީފަ އެވެ. މިއީ، އީގަލްސްގެ ހާފުގެ ތެރެއިން ރިޒޭ އަތުގަައި އިން ބޯޅައެއް ގްރީން ސްޓްރީޓްސްގެ މުހައްމަދު ފަރުހާން (ފަރުއްކޮ) ޖައްސާލި ވަގުުތު ހުސްކޮށް އަރައި، އޮބައިދާ ވައްދާލި ގޯލެކެވެ. މެޗުގެ 31 ވަނަ މިނިޓްގައި ރިލޭ، އީގަލްސް ހާފުގެ ތެރެއަށް ވަތް ގޮތަށް ދުރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން ބޯމަތިން ގޮހެވެ. ރިލޭ ގޯލު ޖެހިތާ ދެ މިނިޓް ފަހުން، ކިމިޝީމާ ވަނީ ގްރީން ސްޓްރީޓްސް އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި، އީގަލްސްގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ އޭރިއާތެރެއިން ރިޒޭ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އީގަލްސް އިން އެއްވަރުުކުރަން ކުރި މަސައްކަތް މެޗުގެ 82 ވަނަ މިނިޓްގައި ކާމިޔާބުކުރީ، ގްރީން ސްޓްރީޓްސްގެ ޑިފެންސް ފަހަތަށް އައި ބޯޅަ އަށް ހުސްވެ، ރިޒޭ ކާމިޔާބުކުރި ގޯލުންނެވެ. އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، އޮބައިދާ ވަނީ އޭރިއާތެރެއިން ލިބުނު ބޯޅަ ބޮލުން ގޯލަށް ވައްދާލައި، ގްރީން ސްޓްރީޓްސް މޮޅުކޮށްދީފަ އެވެ.

މި މެޗުގައި އީގަލްސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށް، ގްރީން ސްޓްރީޓްސްގެ ކީޕަރު، އަހުމަދު ރަމީޒު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލުމުގެ ކުރިން ކުޅޭ ފަހު މެޗުގައި، މާދަމާރޭ، ވިކްޓަރީ ސްޕޯޓްސް ކްލަބުން ބައްދަލުކުރާނީ އޮޑި ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox