އެކި ނަންނަމުގައި ޔޯގާ ހަދާ ތަންތަން ހިންގުން އިލްމުވެރިންގެ ގުޅުމުން ކުށްވެރިކޮށްފި

މި އަހަރުގެ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގައި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އިބްރާހިމް އާމިރު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

މި އަހަރުގެ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގައި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އިބްރާހިމް އާމިރު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

ކަސްރަތު ކްލާސްތަކާއި ސްޓޫޑިއޯ ފަދަ ތަފާތު ނަންނަމުގައި ޔޯގާ ހަރަކާތްތައް ހިންގަމުންދާ ދިޔުން އިލްމުވެރިންގެ ގުޅުމުން ކުށްވެރިކޮށްފި އެވެ.

އިލްމުވެރިންގެ ގުޅުމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަން އެކަމުގެ ހަގީގަތް ބެލުމަށް ދިވެހިރާއްޖޭގެ އިލްމުވެރިން ކުރި ދިރާސާއިން އެނގިފައިވާ ކަމަށާއި ޔޯގާއަކީ ޝިރުކުގެ އަމަލެއް ކަމަށެވެ.

"ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫ ދީނުގެ އަޅުކަމެކެވެ. އަދި ޝިރުކުގެ އަމަލެކެވެ. އަދި ކަސްރަތުގެ ގޮތުގައި ނުވަތަ އެ ނޫން ގޮތަކަށް ވެސް ޔޯގާ ހެދުމަކީ ހަރާމް ކަމެކެވެ. އެކަމާ ގުޅޭ ދިރާސާއިން ހާމަވީ ކަންކަމާ މެދުގައި ދިވެހިރާއްޖޭގެ 104 އިލްމުވެރިން އެއްބަސްވެވަޑައިގެން އެކަން ބަޔާން ކޮށްދިނުމުގެ ގޮތުން އިލްމުވެރިންގެ ގުޅުމުގެ ފަރާތުން އެކަން އާންމުކޮށްފައިވާނެ އެވެ،" އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން އިލްމުވެރިންގެ ޖަމިއްޔާއިން ބުނީ ޔޯގާގެ ހަރަކާތްތައް ހުއްޓުވައިދިނުމަށް އެދި 2022 ވަނަ އަހަރު އޭރުގެ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީގައި ވެސް ޔޯގާއަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއްކަން ބަޔާން ކޮށްފައިވާ ކަމަށެވެ.

އެކަންކަން އެހެން ހުރުމުން ޔޯގާ ކްލާސްތަކާއި ޕްރޮގުރާމްތައް ހިންގުން ފަދަ ކަންކަމަށް އެއްވެސް ގޮތަކަށް އެއްބާރުލުން ނުދިނުމަށް ދިވެހި ރައްޔިތުންނަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ގޮވާލައިފައިވެ އެވެ. އަދި އެފަދަ ކަންކަން ދިވެހި ދައުލަތުގެ ތެރޭގައި އާލާވުން ހުއްޓުވުމަށާއި އެފަދަ ކަންކަން ހުއްޓުވުމަށް އިލްމުވެރިންގެ ފަރާތުން ތަކުރާރުކޮށް ދަންނަވަން ނުޖެހޭ ފަދަ ގޮތަކަށް ސަރުކާރުގެ ކަންކަން އިންތިޒާމުކޮށް ރޭވުމަށް އެ ގުޅުމުން ގޮވާލައިފައިވެ އެވެ.

"...ޝިރުކުގެ އަމަލެއް ކަމުގައިވާ ޔޯގާއާ ގުޅޭ އެއްވެސް ކަމެއްގައި އެއްވެސް މިންވަރަކަށް ބައިވެރިނުވުމަށް ލޮބުވެތި އަހުންނާއި އުހުތުންނަށް ނަސޭހަތްތެރިވަމެވެ. އެހެނީ ޝިރުކުގެ އަމަލުތަކަކީ އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު ފާފަ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަންތަކެއް ނަކަލުކޮށްގެން ހިންގާ ކަސްރަތުގެ ހަރަކާތްތަކެއް ކަމަށް ބުނެ، 2022 ވަނަ އަހަރު ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރި އިރު، އެކަމާ ދެކޮޅަށް ވަނީ އަޑު އުފުލައި ހަމަނުޖެހުން ހިންގައިފަ އެވެ. އެ އަހަރު ޔޯގާ ޑޭ ފާހަގަ ކުރީ ގަލޮޅު ދަނޑުގަ އެވެ.

ޔޯގާ ޑޭ ފާހަގަ ކުރުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް ދަނޑަށް ވަދެގަނެ، ހަރަކާތުގެ ބައިވެރިވި ބައެއް މީހުންނަށް ވަނީ ހަމަލާދީފަ އެވެ. އެ މައްސަލައިގައި، ފިތުނަ އުފައްދައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ ބައެއް އިލްމުވެރިންނަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދައުވާތައް މި ސަރުކާރުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އޭރު ޔޯގާގެ ހަރަކާތްތައް ރާއްޖޭގައި ކުރިއަށް ގެންދިޔުމާ ދެކޮޅަށް މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުން ވެސް ވަރަށް ބޮޑަށް އަޑު އުފުލި އެވެ. ނަމަވެސް ޔޯގާގެ ހަރަކާތްތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދެ އެވެ.

އެގޮތުން މި އަހަރުގެ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރީ ވެސް ސަރުކާރުގެ ހާއްސަ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރުގެ ބައިވެރިވުމާއެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox