އެމްއައިބީ ގެސްޓް ހައުސް ސިންޕޯޒިއަމް 2025 ގައި ބައިވެރިވުމަށް ކުދި ވިޔަފާރިތަކަށް ހާއްސަ ފުރުސަތެއް ހުޅުވައިލައިފި އެވެ.
އެމްއައިބީން ބުނީ އެ ސިންޕޯސިއަމްގައި ބައިވެރިވުމަށް ބޭނުންވާ ކުދި ވިޔަފާރިތަކަށް ލިންކެއް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށެވެ.
އޮކްޓޯބަރު 9، ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ސިންޕޯޒިއަމްގައި ގެސްޓްހައުސްތަކާއި ގުޅޭ އެކި ކަންކަމާއި މަޝްވަރާކުރުމާއި ކަމާއި ގުޅޭ ތަޖުރިބާ ކާރުންގެ ކީނޯޓް ސްޕީޗް އޮންނާނެ އެވެ.
އެމްއައިބީން ބުނީ އެ ސިމްޕޯޒިއަމުން އެއް ފުރާޅެއްގެ ދަށުން ގެސްޓްހައުސްތަކާއި ޓޫރިޒަމާއި ގުޅޭ އެކި ވިޔަފާރިތަށް ބައްދަލުވެ ވިޔަފާރި ފުޅާކުރުމާއި މިހާރަށް ވުރެ ފައިދާ ބޮޑުވާނެ ގޮތަށް ހިންގުމަށް މަގުފަހިވާނެ މައުލޫމާތު ލިބޭނެ ކަމަށެވެ.
ގެސްޓް ހައުސް އެސޯސިއޭޝަންގެ ބޮޑު ބައިވެރިވުމަކާއިއެކު ކުރިޔަށްގެންދާ އެ ސިންޕޯސިއަމް މި އަހަރުވެސް އޮންނާނީ ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ.
މިދިޔަ އަހަރު ކުރިއަށްދިޔަ އެމްއައިބީގެ ގެސްތްހައުސް ސިމްޕޯޒިއަމްގައި ވެސް ދާއިރާގެ ތަޖުރިބާކާރުން ވަނީ ގިނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.









