ކްލަބް މޯލްޑިވްސް ކަޕް: ރިކާޑީނިއޯގެ ފެނިލި މެޗުން އެޗްޑީސީން ސްޓެލްކޯ ބަލިކޮށް މޮޅަކުން ފަށައިފި

Sep 30, 2025, 4:26 AM
ސްޓެލްކޯގެ ކެޕްޓަން، މައްްޓު ކައިރިން އެޗްޑީސީގެ ރިކާޑީނިއޯ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ސްޓެލްކޯގެ ކެޕްޓަން، މައްްޓު ކައިރިން އެޗްޑީސީގެ ރިކާޑީނިއޯ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ، ލެޖެންޑަރީ ފުޓްސަލް ތަރި، ޕޯޗުގަލްގެ ރިކާޑީނިއޯ ހިމެނިގެން މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ވާދަކުރާ ކްލަބް އެޗްޑީސީން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ގިނަ އަދަަދެއްގެ ސަޕޯޓަރުން ބަލަން ދިޔަ މެޗެއްގެ ގޮތުގައި ރޭގެ މެޗު ފާހަގަވިއިރު، މިއީ، ކްލަބް މޯލްޑިވްސްގެ ތާރީހުގައި ވެސް ރިކާޑީނިއޯ ލެވަލްގެ ދުނިޔޭގެ ފެންވަރު ފުޓްސަލް ކުޅުންތެރިއަކު މި މުބާރާތުގައި ކުޅުނު ފުރަތަަމަ ފަހަރެެވެ. މެޗުގެ ފަހު ވަގުތު ކޮޅު ބޯ ވިއްސާރައިގައި ކުރިއަށްދިޔައިރު ވެސް ގިނަ ބަޔަކު މެޗު ބަލަން މަޑުކުރި އެވެ.

ގްރޫޕް ސީގެ ރޭގެ މެޗުގައި، އެޗްޑީސީން ފުރަތަމަ ހާފުގައި ލީޑުނެގީ، ރިކާޑީނިއޯ ދިން ބޯޅައަކުން އެ ޓީމުގެ މިސްރު ކުޅުންތެރިޔާ، ހަލީލް ޖަމާލް ޖެހި ގޯލުންނެވެ. ސްޓެލްކޯގެ އަހުނަފް ރަޝީދު (އަހުއްކޮ) ގޯލު ޖަހައި، ދެ ވަނަ ހާފުގައި އެއްވަރުކުރި އެވެ. އެކަމަކު، ފަހު ވަގުތު، އެޗްޑީސީގެ ތަރި، ހުސެއިން ޝަރީފް (އޮންލީ) ލަނޑު ޖަހައި އެ ޓީމު މޮޅުކޮށްދިނެވެ.

އެޗްޑީސީ ޓީމުގެ ހަލީލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މި ގްރޫޕްގައި އޮތް އުރީދޫ ޓީމުން ނަން ނެގުމުން، ދެން އޮތީ އެޗްޑީސީ އާއި ކްލަބް އެމްޓީސީސީ އަދި ސްޓެލްކޯގެ ކުރިމަތިލުންތަކެވެ.

ގްރޫޕް ޑީގައި ރޭ މޯލްޑިވިއަން އިން ވަނީ ފުރަތަމަ މެޗުގައި 6-1 އިން ޓީމު އެފްއެސްއެމް ބަލިކޮށްފަ އެވެ. އަދި، ކުރީގެ ޗެމްޕިއަނެއް ކަމަށްވާ ޓީމު ފެނަކަ އިން އަހަރެއްގެ މެދުކެނޑުމަަށް ފަހު، ކްލަބް މޯލްޑިވްސް ކަޕަށް އައިސް ކުޅުނު ފުރަތަމަ މެޗުން ޕްރިޒަން ކްލަބް އަތުން 2-0 އިން މޮޅުވި އެވެ.

މޯލްޑިވިއަން އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިިދިނީ، އިބްރާހިމް ނަދާދު (ކުޑައްޓޭ) ހެޓްރިކެއްގެ އިތުރުން، އިސްމާއިލް އަހުމަދު، ޔަޒްދާން އިބްރާހިމް އަދި މުހައްމަދު އަބްދުﷲ އެވެ. އެފްއެސްއެމްގެ ހަމައެކަނި ލަނޑު ޖެހީ އަބްދުﷲ ލޫތު އިބްރާހިމް އެވެ.

ފެނަކަ އިން ލީޑުނެގީ ބަދަލަކަށް ކުޅެން އަރައި، ހަނި އޭންގަލުން އީމާން ނަޒީރު ޖެހި ގޯލުންނެވެ. އަދި، މެޗުގެ ފަހު މިނިޓްގައި ފެނަކަ އަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ، އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox