ކްލަބް މޯލްޑިވްސް ކަޕް: ފުރަތަމަ މެޗުގައި އާރްއާރްސީ އާއި އެމްއޭސީއެލް އަދި އިމިގްރޭޝަން އަށް މޮޅެއް

Sep 29, 2025, 5:09 AM
ކްލަބް މޯލްޑިވްސް ކަޕް: ފުރަތަމަ މެޗުގައި އާރްއާރްސީ އާއި އެމްއޭސީއެލް އަދި އިމިގްރޭޝަން އަށް މޮޅެއް

ކްލަބް މޯލްޑިވްސް ކަޕްގެ ފުރަތަމަ މެޗުތަކުގައި ރޭ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި އެމްއޭސީއެލް އަދި ކްލަބް އިމިގްރޭޝަން އިން މޮޅުވެއްޖެ އެވެ.

މުބާރާތް ފެއްޓުމުގެ ގޮތުން، ރޭ ކްލަބް މޯލްޑިވްސް އިން ވަނީ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، އަލީ ހާފިޒް (ހާއްޕެ) އަނިޔާގެ ސަބަބުން މި ފަަހަރުގެ މުބާރާތުގައި ނުކުޅެވޭއިރު، އޭނާގެ އަގުވަޒަންކޮށްފަ އެވެ.

ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އެމްއޭސީއެލް އިން ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކްލަބާ އެވެ. އެ މެޗުން އެމްއޭސީއެލް ވަނީ 2-1 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، އަހުމަދު ހުސާމް (ހުސާންކޮ) އާއި އަޒްޔާން އިބްރާހިމް އެވެ. ދިވެހި ސިފައިންގެ ކްލަބުން ލަނޑު ޖެހީ، އީރާންގެ ކުޅުންތެރިޔާ، ސޮރޯޝް މަޝައްދީ އެވެ.

ރޭގެ މެޗުގެ ތެރެއިން ހުސާންކޮ އާއި އަޒްޔާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މި ގްރޫޕްގެ އަނެއް މެޗުގައި، ކްލަބް އިމިގްރޭޝަނުން ވަނީ ބަރޮސް މޯލްޑިވްސް އަތުން 3-0 އިން މޮޅުވެފަ އެވެ. އިމިގްރޭޝަންގެ ލަނޑުތައް ޖެހީ ހުސެއިން ނިޔާޒް، ކައިސަން ބިން ހިސާން އަދި އަބްދުﷲ ރިމާހު އެެވެ.

ގްރޫޕް ބީގައި ރޭ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ކުޅުނު މެޗުން ވަނީ 1-0 އިން އާރްއާރްސީ އަތުން ބަލިވެފަ އެވެ. މި މެޗުގައި، އާރްއާރްސީގެ ހަމައެކަނި ލަނޑު ޖެހީ މެޗު ނިމެން ކުޑަވަގުތުކޮޅަކަށްވެފައި ވަނިކޮށް، އަބްދުﷲ ޔާމީން (ޔާން) އެެވެ.

ރޭގެ މެޗުގައި އެސްޓީއޯގެ ހައިޝަމް (ކ) ކައިރިން އާރްއާރްސީގެ މުނީޒް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މި ގްރޫޕްގައި ދެން އޮތް ދެ ޓީމު ކަމަށްވާ، ކްލަބް ފެން އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ކަސްޓަމްސްގެ އީހާބް އާތެފް އާއި މައުފޫޒް އާދަމްގެ ގޯލުތަކުން ލީޑުނަގާފައިވަނިކޮށް، ފެން އަށް އެއްވަރުކޮށްދިނީ، ސޮލާހު އަލީ އާއި ސައިފާން އަހުމަދު މަނިކް އެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ވެސް ތިން މެޗެއް ކުޅޭނެ އެވެ. އެ ގޮތުން، 20:30 ގައި ފަށާ މެޗުގައި، ސްޓެލްކޯ އިން ކުޅޭނީ ކްލަބް އެޗްޑީސީއާ އެވެ. އަދި، އެ ގަޑީގައި މޯލްޑިވިއަން އިން ކުޅޭނީ ޓީމު އެފްއެސްއެމްއާ އެވެ. އެ އަށް ފަހު، 20:30 ގައި ކުޅޭނީ އެއް މެޗެވެ. ޕްރިޒަން ކްލަބުން ބައްދަލުކުރާނީ ޓީމު ފެނަކައާ އެވެ. އެ މެޗު ފަށާނީ 22:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox