އިިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާއިން (އިފްސާ) ހޮވި ބެސްޓް އިންހައުސް ސްކޮލާގެ އެވޯޑް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޗީފް ޝަރިއާ އޮފިސަރު، ފައިސަލް އަމްރީއަށް ލިބިއްޖެ އެވެ.
ސްރީލަންކާގައި ބޭއްވި 10 ވަނަ އިފްސާ އެވޯޑްގެ ނައިޓް ހަފްލާގައި އެ އެވޯޑް ފައިސަލްއާ ހަވާލުކޮށްފައި ވާއިރު، އޭނާއަށް އެ އެވޯޑު ލިބުނީ މި ސަރަހައްދުގެ ގައުމުތަކުގެ ބޭންކުތަކުގެ އިންހައުސް ސްކޮލާއިންނާއި ވާދަކޮށެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އެ ބޭންކަކީ ރާއްޖޭގެ މާލީ ނިޒާމުގައި އަދި ރާއްޖޭގެ އިގްތިސާދު މުހިންމް މުއައްސަސާއެކެވެ.
އޭގެއިތުރުން އެ ބޭންކުން ވަނީ ރާއްޖެއާއި ގުޅޭނެ ޝަރިއާހުއްދަ ކުރާ އިސްލާމީ ގިނަ ޕްރްޑަކްޓުތަކެއް މާކެޓަށް ނެރެފަ އެވެ. އެފަދަ ހުރިހާ ޕްރޮޑަކްޓެެއްް ރައްޔިތުންނާއި ހަމަޔަށް ގެނައުމުގައި ފައިސަލްގެ ހިއްސާ ވަރަށް ބޮޑެވެ.
މި ދާއިރާގައި 15 އަހަރުގެ ތަޖުރިބީ ލިބިފައިވާ ފައިސަލް ވަނީ މެލޭޝިއާގެ އިންސިފް ޔުނިވާސިޓީއިން ޗާޓާޑް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލް ކޮލިފިކޭޝަން ހާސިލުކޮށް، މެލޭޝިއާ އަދި ޖާޕާނުގެ ބޭންކުތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ.









