އާބަން އައިލްއަށް ވާނުވާ ނޭނގޭތީ ޑިވެލޮޕަރުންގެ ކަންބޮޑުވުންތައް އެޗްޑީސީއަށް

އާބަން އައިލް ހުންނާނެ ގޮތުގެ ޑިޖިޓަލް ކުރެހުމެއް: އެޗްޑީސީން މި ތަނުގައި ތަންތަން ތަރައްގީކުރަން އެތައް ބަޔަކާ ސޮއިކުރި --- ފޮޓޯ: އެޗްޑީސީ

އާބަން އައިލް ހުންނާނެ ގޮތުގެ ޑިޖިޓަލް ކުރެހުމެއް: އެޗްޑީސީން މި ތަނުގައި ތަންތަން ތަރައްގީކުރަން އެތައް ބަޔަކާ ސޮއިކުރި --- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީކުރަން އުޅުނު އާބަން އައިލްގައި ހޮޓާތަކާއި އެހެނިހެން ތަންތަން ތަރައްގީކުރަން ސޮއިކުރުމަށް ފަހު، ކުރިން ރޭވި ގޮތަށް އެ ޕްރޮޖެކްޓު ކުރިއަށް ގެންދާނެ ކަމާ މެދު ސުވާލު އުފެދިގެން ޑިވެލޮޕަރުން ކަންބޮޑުވެއްޖެ އެވެ.

މި މައްސަލައިގައި އަދަދު އަށް މައުލޫމާތު ދިން މީހުން ބުނީ، މި ޕްރޮޖެކްޓުގެ ސްޓޭކްހޯލްޑަރުން ވަނީ މިކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ދާން ވިސްނާ ގޮތެއް ސާފުކުރަން މެނޭޖުމަންޓާ ބައްދަލުކުރަން ވެސް މަސައްކަތް ކޮށްފަ އެވެ.

މި މަސައްކަތުގެ ދަށުން، މި އަހަރުގެ މެއި މަހުގެ ފަހުކޮޅު އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލަށް އެޑްރެސްކޮށް އާބަން އައިލްގައި ހިމެނޭ ޑިވެލޮޕަރުން ސޮއިކޮށް ފޮނުވި ސިޓީއެއްގެ ކޮޕީއެއް ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ.

އެ ސިޓީ ފޮނުވަން ޖެހުނު ސަބަބެއް ކަމަށް ޑިވެލޮޕަރުން ބަޔާންކޮށްފައި އޮތީ، އާބަން އައިލްގެ އަދާހަމައެއް ނުލިބޭތީ، މިހާރުގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވެގެން ކަމަށެވެ. ޑިވެލޮޕަރުން ވަނީ ގަވާއިދުން މުއާމަލާތް ނުކުރާތީ، އެކަމުގެ ކަންބޮޑުވުން އޮތް ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފަ އެވެ.

އޭގެ އިތުރުން ޑިވެލޮޕަރުން ވަނީ، މަޝްރޫއާ ގުޅޭ ގޮތުން އެންމެ ފަހުން ބައްދަލުވުމެއް ބާއްވައި، މަޝްވަރާ ކުރިތާ ގިނަ ދުވަސްތަކެއް ވޭތުވެގެން ގޮސްފައިވާ ކަން ވެސް ފާހަގަކޮށްފަ އެވެ. އަދި މި ޕްރޮޖެކްޓު ކާމިޔާބުކަމާއެކު ނިންމަން އެޗްޑީސީ އަދިވެސް ތައްޔާރަށް އޮތް ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ސިޓީގައި ލިޔެފައި ވެ އެވެ.

ޑިވެލޮޕަރުން ފޮނުވި ސިޓީގައި 14 ޑިވެލޮޕަރަކު ސޮއިކޮށްފައި ވެ އެވެ. މި ހުރިހާ ކުންފުނިތަކަކީ ވެސް އާބަން އައިލްގައި ބިން ގަނެފައިވާ ފަރާތްތަކާއި އެކިއެކި މަސައްކަތްތައް ކުރަން އެޗްޑީސީން ސޮއިކޮށްފައިވާ ކުންފުނިތަކެވެ.

މި ސިޓީ ފޮނުވި ފަހުން، ސަރުކާރުން ވަނީ އާބަން އައިލްގައި ފައިނޭންޝަލް ސެންޓަރު ތަރައްގީކުރަން ނިންމާފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ބިން ވެސް ވަނީ ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. މި ބިންތަކުގެ ތެރޭގައި ކުރިން އެހެން ޑިވެލޮޕަރުންނާ ހަވާލުކުރި ބިންތައް ހިމެނޭ ކަމަށް ވެސް މި ނޫހަށް މައުލޫމާތު ދިން އެއް މަސްދަރުން ބުންޏެވެ.

ނަމަވެސް މި ނޫހުން މައުލޫމާތު ހޯދަން ބޭނުންވެގެން ގުޅާ ކޮންމެ ފަހަރެއްގައި އެޗްޑީސީން އެއްވެސް ވަރަކަށް އެއްބާރުލުމެއް ނުލިބޭތީ، އާބަން އައިލްއާ މެދު މިހާރު ގެންގުޅޭ ވިސްނުމަކީ ކޮބައިކަމެއް ނޭނގެ އެވެ.

އެޗްޑީސީން އާބަން އައިލް އިފްތިތާހުކުރިއިރު ބުނީ، 23 ހެކްޓަރުގެ މި ސަރަހައްދު ވެެގެންދާނީ ކުރު އަދި ދިގު މުއްދަތުގެ ސްޓޭޓަކަށް ވެސް އެކަށޭނަ މަންޒިލަކަށް ކަމަށެވެ.

އޮރިޖިނަލް ޕްލޭނުގައި ހިމެނޭ އެކޮމޮޑޭޝަންތަކުގެ ތެރޭގައި ލަގްޒަރީ ވިލާ އާއި ސާވިސް އެޕާޓްމަންޓާއި ސިޓީ ހޮޓެލްގެ އިތުރުން މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލްތަކާއި ގެސްޓް ހައުސްތައް ވެސް ހިމެނެ އެވެ. އަދި ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތީގެ ރެސްޓޯރަންޓްތައް ވެސް ގާއިމުކުރަން ރޭވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox