ރާއްޖޭގެ ލީގުގެ ލެވަލް ރަނގަޅު، އޮޑިން އިތުރަށް ރަނގަޅުކުރާނެ: ގާސިއާ

Sep 27, 2025, 8:55 AM
އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗު ގާސިއާ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗު ގާސިއާ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ރާއްޖޭގެ ލީގުގެ ލެވަލް ރަނގަޅު ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އޮޑި ސްޕޯޓްސް ކްލަބުން އިތުރަށް ރަނގަޅުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު، ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ސްޕެއިނުގެ އަންދްރޭ ގާސިއާ ބުނެފި އެވެ.

ލީގުގެ ދެ ވަނަ ހަފްތާގެ ކުޅުން ނިމިގެންދިޔައިރު، އޮޑި އޮތީ އެއް ވަނައިގަ އެވެ. އެއީ، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ފައިދާ ގޯލަށް ބަލާއިރު، އޮޑި އަށް 10 ގޯލު އޮތްއިރު، ނިއު އަށް އޮތީ އަށް ގޯލެވެ. އަދި، މާޒިޔާގެ އޮތީ ހަތް ގޯލެވެ.

އޮޑިން އިއްޔެ ހަވީރު 7-1 އިން ކްލަބް ވެލެންސިއާ ބަލިކުރި މެޗަށް ފަހު، ގާސިއާ، 41، ބުނީ، ރާއްޖޭގެ ފުޓްބޯޅައިގެ ލެވަލާ މެދު އޭނާ އަށް ފެންނަނީ ވަރަށް ރަނގަޅުކޮށް ކަމަށެވެ.

"މާޒިޔާ އަކީ ވަރަށް ރަނގަޅު ޓީމެއް، ނިއު ރޭޑިއަންޓަކީ ވެސް ވަރަށް ރަނގަޅު ޓީމެއް. ދެން، އަހަރެމެން ކުޅެން ޖެހޭ ވިކްޓަރީ ވެސް ފެންނަނީ ވަރަށް ރަނގަޅުކޮށް، އަހަންނަށް ފެންނަ ގޮތުގައި ކޮންމެ ޓީމެއް ވެސް ރަނގަޅު ކުޅުމެއް ދެއްކޭތޯ އެބަ މަސައްކަތްކުރޭ. ބުރު އަކީ ވެސް އިންޑިވިޖުއަލް ރަނގަޅު ކުޅުންތެރިން ތިބި މޮޅު ޓީމެއް. އެހެންވީމަ ލެވަލް ރަނގަޅު، އަހަންނަށް ފެންނަފެނުމުގައި ކޮންމެ ޓީމެއްގައި ވެސް ކުޅެން އައިސް މި ތިބި ބިދޭސީ ކުޅުންތެރިން މި ލެވަލް ރަނގަޅު ކުރުމުގައި ދައުރެއް އަދާކުރޭ،" ގާސިއާ ބުންޏެވެ.

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ގައުމީ ލެވަލްގެ ކޯޗެއްގެ ގޮތުގައި، 2013 ގައި ކޯޗިން އަށް ނުކުތް ގާސިއާ، ޗައިނާގެ ގުއަންޒޫ އެވަގްރާންޑޭގެ ރެއާލް މެޑްރިޑް ފައުންޑޭޝަންގެ ޔޫތު ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ.

ސްޕޯޓްސް ޓްރެއިނިންގެ ސްޕެޝަލިސްޓް ޓްރެއިނިން ހަދައި، މާސްޓާސް އިން ހައި ޕާފޯމަންސް އިން ސްޕޯޓްސް ހާސިލްކޮށްފައިވާ ގާސިއާ ބުނީ، އޮޑިން ކުޅުނު ދެ މެޗުން 11 ގޯލު ޖަހައި ކޮޅަށް އެއް ގޯލު ވަނުމަކީ އެ ޓީމުން ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ނަތީޖާ ކަމަށެވެ. އަދި، އޮޑިން ކޮންމެ މެޗެއްގައި ވެސް ކުޅެން ޖެހޭނީ، އެ ޓީމުގެ އިންޓެންސިޓީ ނުވެއްޓޭ ގޮތަށް ކަމަށެވެ.

"އަހަރެމެން އަދިވެސް ރަނގަޅުކުރަން ޖެހޭ، ރަނގަޅު ނުކޮށްފިއްޔާ އަހަރެމެންނަށް ވެސް އުނދަގޫވާނެ. އަހަރެމެންނަކީ އޮފެންސިވް ޓީމެއް، ޕްރެސް ކޮށްގެން ކުޅޭ ޓީމެއް. އަހަރެމެން ލީގުގައި މެޗުތަކުން ބަލިވެސް ވާނެ، އެކަމަކު ބަލިވާއިރު ވެސް އަހަރެމެންގެ އައިޑެންޓިޓީ ފެންނަން ޖެހޭނެ. ބޯޅަ ކުޅޭ ޓީމަކަށް ވާން އަހަރެން ބޭނުންވަނީ، މި ކްލަބުން މި ސީޒަނުގައި ބޮޑު ކަމެއް އެދިގެން މަސައްކަތް ކުރާއިރު، މަސައްކަތް ކޮށްގެން ކުރިއަށްދާނީ،" ގާސިއާ ބުންޏެވެ.

އޭނާ ބުނީ، އޮޑިން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން މޮޅުވުމަށް ކުރާ މަސައްކަތުގައި އެންމެ މުހިންމު ކަމަކީީ، އިދިކޮޅު ޓީމަށް ދޭން ޖެހޭ އިހުތިރާމް ދީގެން މުޅި މެޗުގެ ކޮންސަންޓްރޭޝަން ހިފަހައްޓައިގެން ކުޅުން ކަމަށެވެ. އެ ގޮތުން، ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކޮންޓްރޯލް އެހާ ކުރިން ލިބުނުއިރު ވެސް، މުޅި މެޗަށް ބަލާއިރު ޖުމްލަކޮށް ހުރިހާ ކުޅުންތެރިން ކުރި މަަސައްކަތް ގާސިއާ ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox