ރާއްޖޭގެ ތިން ދަރިވަރަކަށް ޔޫޑަބްލިއުސީން ސޮކްލަޝިޕްތަކެއް ދީފި

ޔޫޑަބްލިއުސީގެ މި އަހަރުގެ ސޮކްޕަޝިޕްތައް ލިބުނު ތިން ދަރިވަރުން -- ފޮޓޯ: ޔޫޑަބްލިއުސީ

ޔޫޑަބްލިއުސީގެ މި އަހަރުގެ ސޮކްޕަޝިޕްތައް ލިބުނު ތިން ދަރިވަރުން -- ފޮޓޯ: ޔޫޑަބްލިއުސީ

ޔުނައިޓެޑް ވޯލްޑް ކޮލެޖް މޯލްޑިވްސް (ޔޫޑަބްލިއުސީ) އިން ކޮންމެ އަހަރަކު ވެސް ހުޅުވައިލާ ފުރުސަތުގެ ތެރެއިން މި އަހަރު ރާއްޖޭގެ ތިން ދަރިވަރަކަށް ބޭރުގެ ތިން ގައުމަކުން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ފަހިކޮށްދީފި އެވެ.

ޔޫޑަބްލިއުސީގެ މި އަހަރުގެ ސްކޮލަޝިޕްތައް ލިބުނީ ނ. ކުޑަފަރީ ސްކޫލުގެ ދަރިވަރު، އިޒްޔާލާ ބިންތި އަލީ ޝަމީމް އާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރު، ޔަޒާން އަބްދުالله ޔަޒާން ސާއިދު އާއި ތާޖުއްދީން ސްކޫލްގެ ދަރިވަރު، ހައްވާ އިޝްހާ އަށެވެ. އެ ތިން ދަރިވަރުންނަށް ސްކޮލަޝިޕްތައް ހަމަޖެހިފައި ވަނީ އިންޑިއާގެ މަހިންދްރާ ޔުނައިޓެޑް ވޯލްޑް ކޮލެޖާއި ހޮންގްކޮންގުގެ ލީޕޯޗުން ޔުނައިޓެޑް ވޯލްޑް ކޮލެޖާއި ކެނެޑާގެ ޕިއާސަން ޔުނައިޓެޑް ވޯލްޑް ކޮލެޖުންނެވެ.

މި ސްކޮލަޝިޕްތަކުގައި އެ ތިން ދަރިވަރުން ވެސް ފުރިހަމަ ކުރާނީ އިންޓަނޭޝަނަލް ބެކަލޯރިއޭޓް ޑިޕްލޮމާ އެވެ. އިންޓަނޭޝަނަލް ބެކަލޯރިއޭޓް ޑިޕްލޮމާ އަކީ އޭލެވެލްއާ އެއް ފެންވަރުގެ ދެ އަހަރު ދުވަހުގެ ކޯހެކެވެ. އެއީ ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުންނާއި ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ވެސް ގަބޫލު ކުރާ ކޯހެކެވެ.

"މި އަހަރު ޔޫޑަބްލިއުސީ ސްކޮލަޝިޕް ލިބުނު ތިން ކުދިންނަށް ވެސް މި ލިބެނީ އެ ކުދިންގެ މުޅި ހަޔާތް ބަދަލުވެގެންދާނެ ފަދަ ފުރުސަތެއް، މިއަހަރު ހޮވުނު ތިން ކުދިންނަށް ވެސް ތައުލީމީ ގޮތުން ކުރި އެރުމަށާއި ދިވެހިރާއްޖެ މި ކޮލެޖުތަކުގައި ތަމްސީލު ކުރުމަށް ފުރުސަތު ފަހިވާނެ،" ޔޫޑަބްލިއުސީ މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާ ޒަހީނާ ރަޝީދު ވިދާޅުވި އެވެ.

ސްކޮލާޝިޕްތަކަށް ދަރިވަރުން ހޮވާފައި ވަނީ އާންމުކޮށް ހުޅުވާލައި އިއުލާނު ކުރުމުން ދަރިވަރުން ހުށަހެޅި އެޕްލިކޭޝަނާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ބޭއްވި ދެ ދުވަހުގެ ސިލެކްޝަން ކޭމްޕާއި އިންޓަވިއުގެ މައްޗަށް ބިނާކޮށް ކަމަށް ޔޫޑަބްލިއުސީން ބުންޏެވެ.

އެ ޖަމިއްޔާއިން ފަހިކޮށްދިން ފުރުސަތުގައި މިހާރު ވެސް ދިވެހި ތިން ދަރިވަރަކު ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލު ކުރަމުންދެ އެވެ.

"ޔޫޑަބްލިއުސީގެ އަމާޒަކީ ޒުވާނުންގެ މެދުގައި އުއްމީދު އާކޮށް ހެޔޮ ބަދަލު ގެނައުމުގެ ޖޯޝު އުފެއްދުން. މި ކުދިން ތައުލީމު ހާސިލުކޮށް ނިމިގެން ދިވެހިރާއްޖެއަށް ހިދުމަތް ކުރުމަށް އަނބުރާ އަންނާނެކަމަށް އުއްމީދު ކުރަން،" ޒަހީނާ ވިދާޅުވި އެވެ.

ޔުނައިޓެޑް ވޯލްޑް ކޮލެޖުތަކަކީ ދުނިޔޭގެ ހަމަޖެހުމަށާއި އެއްބަޔަކު އަނެއްބަޔަކާއެކު ސުލްހަވެރިކަމާއެކު ދިރިއުޅުމަށް ބާރު އެޅުމަށް މަތީ ސާނަވީ އުމުރުގެ ޒުވާނުންނަށް ހާއްސަކޮށްގެން 1963 ވަނަ އަހަރުން ފެށިގެން އުފެއްދި ސްކޫލްތަކެކެވެ. މިއަދު ދުނިޔޭގެ 18 ގައުމެއްގައި ޔުނައިޓެޑް ވޯލްޑް ކޮލެޖުތައް ހުރެ އެވެ. އެ ކޮލެޖުތަކަކީ ބައިނަލްއަގުވާމީ ފެންވަރުގަ އާއި ޔުނިވާސިޓީތަކުން ވެސް އިތުބާރުކުރާ މަތީ ފެންވަރުގެ ތަންތަނެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްއަކީ 2001 ވަނަ އަހަރުން ފެށިގެން ރެޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމިއްޔާއެކެވެ. އަލިފުޅުތުއްތު ފައުންޑޭޝަންގެ ހިލޭ އެހީގައި އެ ޖަމިއްޔާގެ ސްކޮލަޝިޕްތައް ރާއްޖޭގެ 67 ދަރިވަރަކު މިހައިތަނަށް ފުރިހަމަ ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox