ވިލުފުށީ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫއުގެ ޝުކުރު ކައުންސިލް ރައީސް ދިނީ ކުރީ ސަރުކާރަށް

ވިލުފުށީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވިލުފުށީ ކައުންސިލްގެ ވެބްސައިޓު އިފުތިތާހުކޮށް ދެއްވާއިރު، އަރިހުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު އަދި ކައުންސިލްގެ ރައީސް ހުސައިން ޖަބީން. -- ފޮޓޯ: ރައީސް އޮފީސް

ވިލުފުށީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވިލުފުށީ ކައުންސިލްގެ ވެބްސައިޓު އިފުތިތާހުކޮށް ދެއްވާއިރު، އަރިހުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު އަދި ކައުންސިލްގެ ރައީސް ހުސައިން ޖަބީން. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، އެ އަތޮޅު ވިލުފުށީ އެއާޕޯޓުގެ މަޝްރޫއު މިއަދު އަލުން ފެށުމަށް އަދި ހޮސްޕިޓަލްގެ ބިންގާ އަލުން އެޅުމަށް ނިންމާފައި ވާއިރު، އެ ދެ މަޝްރޫއުގެ ޝުކުރު ކައުންސިލުގެ ރައީސް ކުރީގެ ސަރުކާރަށް ރައްދު ކޮށްފި އެވެ.

ރައީސް މުއިއްޒު ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރަން ރޭ ބޭއްވި ޖަލްސާގައި، ވިލުފުށީ ކައުންސިލްގެ ރައީސް ހުސައިން ޖަބީން ވިދާޅުވީ ރައީސްގެ މި ދަތުރުގައި ވިލުފުއްޓާއި ވިލުފުށީ ދާއިރާގެ ކުރިއެރުމާއި މުސްތަގުބަލަށް އިސްކަން ދެއްވައި މި ދެ މަޝްރޫއު އަލުން ފައްޓަވައި ދެއްވާ ކަމަށްޓަކައި މި ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ނަމަވެސް، މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ތަސައްވުރެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

Advertisement
ވިލުފުށީ ކައުންސިލްގެ ރައީސް ޖަބީން. -- ފޮޓޯ: ރައީސް އޮފީސް
ވިލުފުށީ ކައުންސިލްގެ ރައީސް ޖަބީން. -- ފޮޓޯ: ރައީސް އޮފީސް

ވިލުފުށީ ކައުންސިލްގެ ރައީސް ޖަބީން. -- ފޮޓޯ: ރައީސް އޮފީސް

އެ ދެ މަޝްރޫއު ހަގީގަތަކަށް ހެދުމަށް ކުރީ ސަރުކާރުން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހަސަން އަފީފު ބުރަ މަސައްކަތްތަކެއް ކުރެއްވިކަން އެނގި ހުރެ، އެކަން ފާހަގަ ނުކުރުމަކީ ވެވޭނެ އިހުމާލެއް ކަމަށް ޖަބީން ވިދާޅުވި އެވެ.

"މި ތަސައްވަރު އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެވި ކުރީގެ އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރު އޮނަރަބުލް ހަސަން އަފީފު އަށާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބުލް އަލްފާޟިލް އިބްރާހިމް މުހައްމަދު ސޯލިހު އަށް އަޅުގަނޑުމެންގެ ރަށުގެ ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ ނަމުގައި ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް މުއިއްޒު އާއި މި ސަރުކާރުގެ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޖަބީން ވިދާޅުވި އެވެ.

ވިލުފުށީގެ އުއްމީދަކީ ހަމައެކަނި އެއާޕޯޓެއް ނޫން ކަމަށާއި ފަތުރުވެރިކަމަށް ރަށްތައް ފިނޮޅުތައް ތަރައްގީވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނު ވެގެން ދިޔައިރު މި އަތޮޅުގައި މި އޮތީ އެންމެ ރިސޯޓެއް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދާއިރާގައި ވަރަށް ރީތި ރަށްތައް އެބަ ހުރި. އޭގެ ތެރެއިން އެންމެ ރަނގަޅު ގިނަ ރަށްތައް ހުރީ މީގެ 20 އަހަރު ކުރިން ދޫކުރެވި އެއްވެސް ކަމެއް ނުކުރެވި. އެއީ ވަރަށް ބޮޑު ނިކަމެތި ކަމެއް އަޅުގަނޑުމެންނަށް ލިބިފައި އޮތް."

ވިލުފުށީ އެއާޕޯޓުގެ ބިން ހިއްކުމަށް މިއަދު ފަށާއިރު ކޮންނަ ބޯޓެއް ނެތެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް އެ އެއާޕޯޓު ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވި އެވެ.

ވިލުފުށީ އެއާޕޯޓު 30 މަސް ދުވަހުގެ ތެރޭގައި އަދި ހޮސްޕިޓަލް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox