ނައިޖީރިއާ ކުޅުންތެރިން ގެނައީ ޓްރަޔަލް އަކަށް، ފުރަން ޓިކެޓް ނެގީމަ ފިލީ: ވެލެންސިއާ

ނައިޖީރިއާ ކުޅުންތެރިން ގެނައީ ޓްރަޔަލް އަކަށް، ފުރަން ޓިކެޓް ނެގީމަ ފިލީ: ވެލެންސިއާ

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ކްލަބް ވެލެންސިއާ އިން ޓްރަޔަލް އަކަށް ގެނައި ނައިޖީރިއާގެ ދެ ކުޅުންތެރިން ފެންވަރު ދަށްވުމުން ފޮނުވާލަން ނިންމައި، ޓިކެޓް ވެސް ނަގައިދީފައިވަނިކޮށް، ފިލައިގެން އުޅޭ މައްސަލަ ވެލެންސިއާ އިން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި އެވެ.

ވެލެންސިއާ އިން ކުރިއަށް އޮތް، ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށްޓަކައި، އެ ކްލަބުން ދައްކަން ޖެހޭ ދެ މިލިއަނެއްހާ ރުފިޔާގެ ދަަރަނި ވަނީ އަދާކޮށްފަ އެވެ.

އަދި، އާ ސީޒަނަށް ތައްޔާރުވުމަށް، ހަރަދުތައް ދެކޮޅުޖެހޭ ގޮތަށް ޓީމު އެކުލަވާލުމަށްޓަކައި، ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ޓީމެއް ހަދައި، ޓީމަށް ތަފާތެއް ގެނެވޭވަރުގެ ހަތަރު ބިދޭސީ ކުޅުންތެރިން ލައިގެން ޓީމެއް ހަދަން ވެލެންސިއާގެ މެނޭޖުމަންޓުން ނިންމި އެވެ. އެ ގޮތުން، ނައިޖީރިއާގެ ދެ ކުޅުންތެރިއަކު ވެސް ޓްރަޔަލަކަށް ގެންނަން ނިންމި އެވެ.

އޭގެ ތެރެއިން އެއް ކުޅުންތެރިއަކު ދުވާފަރު ބޯޓުގެ ފަޅުވެރިއަކަށް ހުރި މައްސަލައެއް މިހާރު މީޑިއާގައި ފެންމަތިވެފައިވާއިރު، ވެލެންސިއާ އިން ވަނީ އެކަން ހިނގާދިޔަ ގޮތް، "އަދަދު ސްޕޯޓްސް"އާ ހިއްސާކޮށްފަ އެވެ.

ވެލެންސިއާ އިން ބުނީ، ނައިޖީރިއާ ކުޅުންތެރިން ރާއްޖެ އައީ ޓްރަޔަލަކަށް ކަމަށާއި، އެ ކުޅުންތެރިން އަމިއްލަ ހަރަަދުގައި އައީ، ޓީމަށް ކުޅެވޭނެ ފެންވަރު ސާބިތުކޮށްދިނުމަށް ކަމަށެވެ. ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެ، ޓީމުން ބޭނުންވާ ލެވަލަށް ކުޅުމުގެ ފުރުސަތު ތަކުރާރުކޮށް ދިނުމުން ވެސް، އެކަން އެ ކުުޅުންތެރިންނަށް ސާބިތުކޮށްނުދެވުނު ކަމަށެވެ. އަދި، މެނޭޖްމަންޓުން މަޝްވަރާ ކުރުމަށް ފަހު ނިންމީ، އެ ކުޅުންތެރިން ފޮނުވާލައި، އާ ކުޅުންތެރިން ހޯދުމަށް ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ.

"އެ ކުޅުންތެރިން ވެލެންސިއާގެ ޕްރެކްޓިހަށް ޖޮއިން ކުރި ހިސާބުން ފެށިގެން އެކި ކަންކަމަށް 150،000 އެއްހާ ރުފިޔާ ހަރަދުކޮށްފައި، ޓިކެޓާ ހުރިހާ އެއްޗެއް ހަމަޖައްސައިދީފައި ކަންކަން ކޮށްދިނުމުން، ފުރަން އޮތް ދުވަހު އެއާޕޯޓަށް ގެންދަން ބަލާދިޔައިރު، އެޕާޓްމަންޓްގައި ނެތް، ގުޅީމަ ބުނީ، އެއާޕޯޓުގައޭ. ފަހުން މި އެނގުނީ، ނުފުރާކަން ވެސް، އެހެންވެ، ކަމާބެހޭ ފަރާތްތަކަށް، އިމިގްރޭޝަނާއި ޕޮލިހަށް މިހާރު ވާނީ މިކަން އަންގާފައި،" ކްލަބް ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީން، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓްރަޔަލް އަށް ގެންނަ ކުޅުންތެރިންނަކީ ވަކި އެއްބަސްވުމެއް ހެދިގެން، ފެންވަރު ސާބިތުކޮށްދޭން ޖެހޭ ކުޅުންތެރިން ކަމަށެވެ.

އެ ގޮތަށް އައުމަށް ފަހު، ކްލަބްގެ ނިންމުމަށް އިހުތިރާމް އަދާކޮށް، ކަންކަން ހަމަޖައްސައިދިނުމުން އެ ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް އަޒްމީން ފާހަގަކުރެއްވި އެވެ. އެކަމަކު، ނައިޖީރިއާ ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ، އެއްބަސްވެވުނު ގޮތާ ހިލާފަށް ކަންތައްތައް ކުރިތަން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމުގައި، ޓްރަޔަލް އަށް އަންނަ ކުޅުންތެރިން ފެންވަރު ދަށްވެެގެން ދޫކޮށްލަން ޖެހޭ ފަހަރު އާދެ އެވެ. އަދި، ރާއްޖެ އަންނަ ބައެއް ކުޅުންތެރިން މެޑިކަލް މައްސަލަތައް ފާހަގަވެގެން އަނބުރާ ފޮނުވާލަން ޖެހޭ ކަންކަން ވެސް ގިނަ އަދަދަކަށް ކުރިމަތިވާއިރު، ބައެއް ކުޅުންތެރިންގެ މެޑިކަލް މައްސަލަ ހުރެގެން ފިޓްނަސް ޓެސްޓް ހަދަން ދެކޮޅު ހަދާ ކުޅުންތެރިންގެ ނިސްބަތް ވެސް އިތުރެވެ.

އެނގިފައިވާ ގޮތުގައި، ވެލެންސިއާ އިން ނައިޖީރިއާ ކުޅުންތެރިން ފެންވަރު ދަށްވެ، ކޮންޓްރެކްޓެއް ނުދޭން ނިންމުމުން، އެ ކުޅުންތެރިން އެނބުރި ގައުމަށް ނުގޮސް ފިލީ، ރާއްޖޭގައި މަސައްކަތްކޮށްގެން ފައިސާ ހޯދުމަށް ބޭނުންވެގެންނެވެ.

ރާއްޖެ އަކީ ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލައިގެ ރެކޯޑް އިތުރު ގައުމެކެވެ.

ވެލެންސިއާގެ ގޯހެއް ނެތް، ކަމާބެހޭ ފަރާތްތަކަށް މައްސަަލަ ހުށަހަޅައިފައި

މިދިޔަ ފަސް ވަރަކަށް އަހަރަށް ބަލާއިރު، ރާއްޖޭގެ ކްލަބަކުން ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލައެއްގައި އެންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލި އެއް ޓީމަކީ ވެލެންސިއާ އެވެ.

ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ މައްސަލައިގައި ފީފާ އިން ވެލެންސިއާ އަށް އަދަބު ދިނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއީ، އެއްވެސް ކުޅުންތެރިއަކު ޓީމުގައި ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ދިން އަދަބެކެވެ.

އެކަމަކު، ޖެހިގެން އައި އަހަރު، އެފްއޭއެމް އިން ހަމަޖައްސައިދިން ގޮތަކަށް، ވެލެންސިއާގެ އިތުރުން، އެހެން ކްލަބްތަކެއް ވެސް ޓްރާންސްފާ ނުގެނެވޭ ގޮތަށް ބޭންއެއްގައި އޮއްވައި ކުޅުންތެރިން ރަޖިސްޓްރީ ކޮށްދިނެވެ. މި މައްސަލަ ފީފާގެ ސަމާލުކަަމަށް އައިސް، ފަހުން އެ ކަމުގައި އެފްއޭއެމުން ޖޫރިމަނާއެއް ދޭން ޖެހޭ ގޮތަށް ފީފާ އިން ވަނީ އަދަބެއް ދީފަ އެވެ. މިއީ، އެފްއޭއެމްގެ މައްސަލައެއް ކަމަށްވުމުން، ފީފާ އިން، އެ ކަމާ ކްލަބެއް ޖޫރިމަނާ ނުކުރެ އެވެ.

ވެލެންސިއާގެ ދަރަނީގެ ގޮތުގައި މި އަހަރުގެ ކުރީކޮޅާ ހަމައަށް އެންމެ ބޮޑަށް އޮތީ، ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ، ސްޕެއިނުގެ ބޯހާސް މާޓިން އާއި ހޯސޭ ޑޮމިންގޭޒަށް ދޭން ޖެހޭ ފައިސާގެ އިތުރުން، އޭއެފްސީ ކަޕް މެޗަކަށް ބަންގްލަދޭޝަށް ނުދިއުމުން، ދައްކަން ޖެހުނު ޖޫރިމަނާ އެވެ. އަޒްމީން، މީގެ ކުރިން، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ނުދައްކައި އޮތް ވެލެންސިއާގެ އެ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކުރިއިރު، 1.3 މިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކަން ޖެހުނު ކަމަށެެވެ.

ޓީމު އެކުލަވާލުމާއި ވެލެންސިއާގެ ޓެކްނިކަލް ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ކޯޗު، އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ.

ކުޑަހީނާ، "އަދަދު ސްޕޯޓްސް" އަށް ބުނީ، ވާދަވެރި ގިނަ ކްލަބްތަކެއް ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ވަރުގަދަ އަށް ތައްޔާރުވާއިރު، ވެލެންސިއާ އިން ދަރަނިން ސަލާމަތްވެ، ކިރިޔާ ސީޒަނަށް ނުކުމެ އޮތްއިރު، ޓީމު އެކުލަވާލަން ޖެހެނީ ވެސް އުނދަގޫ ހާލަތެއްގެ ތެރެއިން ކަމަށެވެ.

ވެލެންސިއާ އިން ޓީމެއް އެކުލަވާލަން ބަލާއިރު، މާލީ ގޮތުންނާއި އެެހެނިހެން ގޮތްގޮތުން ވެސް ވާދަވެރި ޓީމުތައް އޮތީ ވަރަށް ވަރުގަދަކޮށް ކަމަށް ކުޑަހީނާ ވަނީ ބުނެފަ އެވެ.

އެހެންވެ، ވެލެންސިއާ މެނޭޖްމަންޓުން ބޭނުންވީ ކްލަބްގެ ސިސްޓަމްގެ ތެރެއިން، ޑިވެލޮޕްވި ޒުވާން ކުޅުންތެރިންނާއި ރަށްރަށުން ގެނެވޭނެ ރަނގަޅު ކުޅުންތެރިންގެ މައްޗަށް ބަރޯސާވެގެން ޓީމެއް ހެދުމަށެވެ. އަދި، އޭގެ އިތުރުން، ފެންވަރު ރަނގަޅު، ވެލެންސިއާގައި އޮތް އެ ޓީމަށް ތަފާތެއް ގެނެވޭނެ ޒުވާން ކުޅުންތެރިންނާ އެކު ކުޅެވޭނެ ބިދޭސީ ހަތަރު ކުޅުންތެރިން ހޯދުމަށެވެ.

"އެކަމަކު، ނައިޖީރިއާ ކުޅުންތެރިންނަށް ވަރަށް ފުރުސަތު ދީގެން ވެސް، ތިބި ޔަންގް ކުޅުންތެރިންނާ އެއްވަރަށް ވެސް ޕާފޯމެއް ނުކުރެވުނު. އެހެންވީމަ، ކްލަބުން ވެސް ޓްރަޔަލަކަށް ގެންނަ ބަޔަކާ އެކު ޑިޒިޝަނެއް ނަގަން ޖެހުނީމަ އެ ގޮތަށް ނިންމީ، އެކަމަކު، ކްލަބުން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްދީފައި. ފެންވަރު ނެތިގެން، ޓިކެޓް ވެސް ނަގައިދީފައި އަނބުރާ ފޮނުވާލަން ކަންކަން ހަމަޖައްސައިދިނީމަ އެ ގޮތަށް ކަންތައްކޮށް ފިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ކުޑަ ހީނާ ބުންޏެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ޓްރަޔަލް އަށް އަންނަ ބިދޭސީ ކުޅުންތެރިން، ކްލަބާ އެކު އެއްބަސްވުމެއް ހަދަނީ، ޓްރަޔަލް އިން ކޮންޓްރެކްޓެއް ލިބޭ ގޮތަށް ފެންވަރު ސާބިތުކޮށްދޭ ގޮތަށެވެ. ވެލެންސިއާ އަށް އައި ނައިޖީރިއާ ކުޅުންތެރިން ވެސް އެއްބަސްވެގެން އައީ އެ ގޮތަށް ނަމަވެސް، ކްލަބުން ގޮތް ނިންމުމުން، ފަހުން އެ ކުޅުންތެރިން ނިންމީ ފިލާށެވެ. މި މައްސަަލަ ވަނީ ޕޮލިހާ އިމިގްރޭޝަނަށް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox