މާމޫޝް އަށް އަނިޔާވެ ސިޓީގެ އެޓޭކަށް ހީނަރުކަން

Sep 10, 2025, 12:52 PM
މާމޫޝް އަށް އަނިޔާވެ ސިޓީގެ އެޓޭކަށް ހީނަރުކަން

މެންޗެސްޓާ (ސެޕްޓެމްބަރު 10) - މެންޗެސްޓާ ސިޓީ އަށް ކުޅޭ މިސްރުގެ ފޯވާޑް، އޮމަރު މާމޫޝް އަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ޖެނުއަރީ ޓްރާންސްފާ މާކެޓްގައި، އައިންޓްރަކްޓް ފްރޭންކްފާޓް ދޫކޮށް، 65 މިލިއަން ޑޮލަރަށް ސިޓީ އަށް ސޮއިކުރި މާމޫޝް، 26، ގެ ކަކުލަށް އަނިޔާވީ، އެންމެ ފަހުން މިސްރުން ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ލިބުނު އަނިޔާއާ ހެދި، ކަންކަން ސާފުކުރުމަށް ހެދި ފުރަތަމަ ޓެސްޓްތަކުން އެނގުނު ގޮތުގައި، މާމޫޝްގެ ކަކުލަށް ވަނީ އަނިޔާވެފަ އެވެ.

ސިޓީން ބުނެފައިވަނީ، މި ހަފްތާގެ އާދިއްތަ ދުވަހު، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު މާމޫޝް އަށް ގެއްލޭނެ ކަމަށެވެ.

ސިޓީ އަށް 28 މެޗުން އަށް ގޯލު ޖަހައިދީފައިވާ، މާމޫޝް، އަނިޔާގައި ހޭދަކުރަން ޖެހޭ މުއްދަތެއް ޔަގީންވާނީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޓެސްޓްތަކެއް ހެދުމުން ކަމަށް ވެސް ސިޓީން ވަނީ ބުނެފަ އެވެ.

މި ސީޒަނުގައި ސިޓީގެ މެޗެއްގެ ތެރެއިން މާމޫޝް (ކ) އާއި ޗާކީ: ދެ ކުޅުންތެރިން ވެސް މި ވަގުތު ތިބީ އަނިޔާގައި.

މިސްރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މާމޫޝް މަދުވެގެން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އެހެންކަމުން މިއީ، ސީޒަން އުނދަގޫކޮށް ފަށަން ޖެހުނު ސިޓީ އަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެވެ.

މި ފަހަރުގެ ޓްރާންސްފާގައި، ލިޔޯން ދޫކޮށް، 35 މިލިއަން ޑޮލަރުގެ ޑީލެއްގައި ސިޓީ އަށް ބަދަލުވި ފްރާންސްގެ ރަޔާން ޗާކީ އަށް އަނިޔާވެ، އޭނާ ވެސް ހުރީ ދެ މަހެއްހާ ދުވަހުގެ މުއްދަތަށް ކުޅުމާ ދުރުގަ އެވެ.

ޗާކީގެ ފަލަމަސްގަނޑަށް އަނިޔާވެގެން ކުޅުމާ ދުރުގައި ހުންނަން ޖެހި، މުހިންމު މެޗުތަކެއް ގެއްލޭއިރު، ސިޓީން ވަނީ ޓްރާންސްފާ ފަހު ދުވަހު، ހިލޭ ޓްރާންސްފާއެއްގައި އިލްކާއި ގުންޑޮގާން، ގަލަތަސަރާއި އަށް ދޫކޮށްލައިފަ އެވެ.

ޕްރިމިއާ ލީގުގެ މި ސީޒަނުގައި މިހާތަނަށް ސިޓީން ކުޅުނު ތިން މެޗުގެ ތެރެއިން، އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox