މެޗެއް ނުކުޅެނިސް ޖެކްސަން އަށް ދާއިމީ ކޮންޓްރެކްޓެއް ނުލިބޭނެ ކަމަށް ބުނެފި

Sep 10, 2025, 2:41 AM
މެޗެއް ނުކުޅެނިސް ޖެކްސަން އަށް ދާއިމީ ކޮންޓްރެކްޓެއް ނުލިބޭނެ ކަމަށް ބުނެފި

މިއުނިކް (ސެޕްޓެމްބަރު 10) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާން މިއުނިކުން ލޯން އެއްބަސްވުމެއްގެ ދަށުން ގެނައި، ސެނެގާލްގެ ފޯވާޑް، ނިކޮލަސް ޖެކްސަން، ބަޔާނަށް މެޗެއް ނުކުޅެނިސް، އޭނާ އަށް އެ ކްލަބުން ދާއިމީ ކޮންޓްރެކްޓެއް ނުލިބޭނެ ކަމަށް ބުނެފި އެވެ.

ޓްރާންސްފާގެ ފަހު ދުވަހުގައި ބަޔާނާއި ޗެލްސީން ޖެކްސަން، 24، ގެ ޓްރާންސްފާގެ މަޝްވަރާތައް އަލުން ފަށައި، އެ ޑީލް ނިންމީ ކުރިން ވެސް އެއްބަސްވެވުނު ގޮތަށް ބަޔާނުން 15 މިލިއަން ޑޮލަރުގެ ލޯން ފީއެއް ދައްކާ ގޮތަށެވެ. އަދި، ލޯން ނިމުމުން ޖެކްސަން، 80 މިިލިއަން ޑޮލަަރަށް ގަންނަން ވަނީ އެއްބަސްވެފަ އެވެ. އެއީ، ލޯންގައި ހުންނަ މުއްދަތުގެ ތެރޭގައި، ޖެކްސަން ވަކި އަދަދަަކަށް މެޗު ކުޅެ، ޓާގެޓްތަކެއް ހާސިލްކޮށްފިނަަަމަ އެވެ.

ބަޔާންގެ ޗީފް އުލީ ހޮއެނެސް ވިދާޅުވީ، ޖެކްސަންގެ ޑީލުގައި، އޭނާގެ އޭޖެންޓްގެ ފަރާތުން ވެސް ލޯން ފީގެ ބައެއް ހިއްސާކުރާ ކަމަށެވެ. އެހެންކަމުން، ޖުމްލަ ލޯން ފީގައި ވަކި ކަންކަމަށް ދައްކާ ފައިސާ ވެސް އެބަހުރި ކަމަށެވެ.

ހޮއެނެސް ވަނީ ޖެކްސަން، ބަޔާންގެ 40 މެޗުގައި ކުޅެގެން ނޫން ގޮތަކަށް އޭނާ އަށް ބަޔާނުން ދާއިމީ އެއްބަސްވުމެއް ނުލިބޭނެ ކަމަށެވެ. އަދި، ހެރީ ކޭންގެ ބެކަޕެއްގެ ގޮތުގައި ގެނައި ޖެކްސަން އަށް ބަޔާނުގައި، 40 މެޗުގައި ފުރަތަމަ އެގާރައިގައި ނުކުޅެވޭނެ ކަމަށް ވެސް ހޮއެނެސް ވިދާޅުވި އެވެ.

ބަޔާނުން ކޮންޓްރެކްޓެއްގެ މުހިންމު މައުލޫމާތުތަކެއް މީޑިއާގައި އެ ގޮތަށް ހިއްސާކުރުމުން، ޖެކްސަންގެ އޭޖެންޓް، ޑިއޮމަންސީ ކަމަރާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މީގެ އެއް އަހަރު ކުރިން، ވިޔަރެއާލަށް 40 މިލިއަން ޑޮލަރު ދީފައި، ޗެލްސީން ގަތް ޖެކްސަން، އަށް އެކަށީގެންވާ ވަރުގެ ކުރިއެރުމެއް އެ ޓީމާ އެކު ހޯދިފައިނުވެ އެވެ. ޖެކްސަންއާ އެކު، ޗެލްސީން މިދިޔަ ސެޕްޓެމްބަރު މަހު ސޮއިިކުރި ނުވަ އަހަރުގެ ކޮންޓްރެކްޓް ހަމަވާނީ 2033 ވަނަ އަހަރު އެވެ. ޗެލްސީއާ އެކު، ޖެކްސަން ކުޅުނު ފުރަތަަމަ ސީޒަނުގައި، 35 މެޗުން 14 ގޯލު ޖަހައި، ފަސް ލަނޑު ޖަހަން ފުރުސަތު ހޯދައިދިންއިރު، ދެ ވަނަ ސީޒަނުގައި، 30 މެޗުން ޖެހުނީ 10 ގޯލެވެ. އަދި، ފަސް ލަނޑު ޖަހަން ފުރުސަތު ހޯދައިިދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox