ހުލާސާކޮށް އިއްޔެ: ވިސްލްބްލޯ ކުރުމުން ވަޒީފާއިން ވަކިކުރީ ބަދަލު ހިފުމަށް

Sep 7, 2025, 12:53 AM
ހުލާސާކޮށް އިއްޔެ: ވިސްލްބްލޯ ކުރުމުން ވަޒީފާއިން ވަކިކުރީ ބަދަލު ހިފުމަށް

ވިސްލްބްލޯކުރި ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ މުވައްޒަފަކު ވަކިކުރީ ބަދަލު ހިފުމުގެ ގޮތުން ކަމަށް ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ނިންމި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި މައްސަލައިގައި ބުނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގައި މަސައްކަތް ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެ އޮފީހުގައި ހިނގާފައިވާ ނޭދެވޭ އަމަލުތަކެއްގެ މައްސަލަ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓާއި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓް އެންޑް ޖެންޑާ ކޮމިޓީއަށް ވިސްލްބްލޯކުރުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށެވެ.

އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ އަހުލާގު ހުރިގޮތުން ތަނަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވުމުގެ ފުރުސަތު ބޮޑު ކަމުންކަމާއި އޮފީހުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވުމާއި، އޮފީސް މާހައުލުގައި ފިތުނަ ފަސާދަ އުފެއްދުމާއި، ސާބިތު ނުހިފޭ ވާހަކަތައް ތަކުރާރުކޮށް ދެއްކުމާއި އަދަބު އިހުތިރާމު ކުޑަވާގޮތަށް ތަކުރާރުކޮށް ދެއްކުމުން ކަމަށް ބަޔާންކޮށްފައިވެ އެވެ.

ވަކިކުރި މުވައްޒަފުގެ އެޕްރައިޒަލްއިން 70 ޕަސަންޓަށް ވުރެ ދަށުން މާކްސް ލިބިފައިވުމުން އެޕްރައިޒަލްއިން ފާސްނުވާ ކަމަށް ތަހުގީގަށް ހުށަހެޅި ލިޔެކިޔުމުން ފާހަގަވެ އެވެ. ނަމަވެސް 2020 އިން ފެށިގެން 2024 ގެ ނިޔަލަށް ހަދާފައިވާ ހަތަރު އެޕްރައިޒަލްއިން ވެސް އެ މުވައްޒަފުގެ އެޕްރައިޒަލްއަށް 70 ޕަސަންޓަށް ވުރެ މަތިން މާކްސް ލިބިފައިވާއިރު، ހުށަހެޅި ލިޔެކިޔުންތަކުން ޕާފޯމަންސްގެ މައްސަލައެއް އުޅޭކަން ފާހަގަނުވާކަން ވިސްލްބްލޯވާ ޔުނިޓުން ފާހަގަކުރި އެވެ.

ވިސްލްބްލޯވާ ޔުނިޓުގެ ތަހުގީގުން ފާހަގަވި ގޮތުގައި ވަޒީފާއިން ވަކިކުރި މުވައްޒަފުގެ އެޕްރައިޒަލްގައި ސޮއިކުރީ އޭނާގެ ކުރީގެ ސުޕަވައިޒަރު ކަމާއި ސޮއިކުރީ ވެސް އެ ސުޕަވައިޒަރު ވަޒީފާއިން ވަކިވި ތާރީހުގެ ފަހުގެ ތާރީހެއްގަ އެވެ.

މީގެއިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕާސަން އިން ވަކިކުރި މުވައްޒަފާ ދެކޮޅަށް ކާކުކަން ނޭގޭ މީހަކު މައްސަލައެއް ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ހުށަހެޅި އެވެ.

"ވިސްލްބްލޯކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ބަޔާންދިން ވަގުތާ ގުޅުވައި، ކުއްލިގޮތަކަށް ގިނަ މައްސަލަތަކެއް އުފަންވެފައިވާތީ މަޖިލީހަށް މުވައްޒަފު މައުލޫމާތު ދީފައިވާ މުއްދަތުގެ ފަހުން އޭނާއަށް ކުރިމަތިވެފައިވާ ވަޒީފާގެ މައްސަލަތަކަކީ ވިސްލްބްލޯކޮށްފައިވާ މައްސަލައާ ގުޅިގެން ކުރިމަތިވެފައިވާ މައްތަލަތަކެއްކަމުގައި ބެލުމުގެ އިހްތިމާލު އޮތް ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ،" ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕާސަން އިން ވަކިކުރި މުވައްޒަފަށް ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރުއީ ކޯޓަށް ދިޔުމުގެ ފުރުސަތު އޮތްކަން އޭނާއަށް ވަނީ އަންގާފަ އެވެ.

މޯލްޑިވްސް ޕޯސްޓު ލިމިޓެޑްގައި ހިނގަމުންދާ ކޮރަޕްޝަންގެ ވާހަކަތައް ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް، ވިސިލްބްލޯކުރި މުވައްޒަފު ވަޒީފާއިން ވަކިކުރީ ބަދަލުހިފުމުގެ ގޮތުން ކަމަށް ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން މިދިޔަ އޭޕްރީލް މަހު ނިންމި އެވެ.

އެ މައްސަލައިގައި އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވިސިލްބްލޯވާ ޔުނިޓުން ވަނީ ޕޯސްޓް އޮފީސް ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ. އޭގެއިތުރުން ވަޒީފާ އިން ވަކިކުރި މުވައްޒަފުގެ ވަޒީފާ އަނބުރާ އިއާދަ ކުރުމަށް ވިސިލްބްލޯވާ ޔުނިޓުން އޭރު އަމުރުކުރި އެވެ.

މީގެ ހަ އަހަރު ކުރިން 2019 ގައި ވުޖޫދުވި ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ކުރާ އަމުރަކާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ، އަމުރާ އެއްގޮތަށް އަމަލު ނުކުރާ ތަންތަން އެއް މިލިއަނަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެ ޔުނިޓަށް ލިބެ އެވެ.

ނަމާދު ވަގުތު

  • ފަތިސް 04:46
  • އިރުއަރާ 05:58
  • މެންދުރު 12:08
  • އަޞްރު 15:10
  • މަޣްރިބް 18:11
  • ޢިޝާ 19:23

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox