ގައުމީ ޓީމަށް ބަދަލު އަންނާނެ، ނަމަށް ބަލާފައި ޓީމަށް ނުނަގާނެ

Sep 3, 2025, 1:16 PM
ގައުމީ ޓީމަށް ބަދަލު އަންނާނެ، ނަމަށް ބަލާފައި ޓީމަށް ނުނަގާނެ

ގައުމީ ފުޓްބޯޅަ ޓީމަށް ކުރިއަށް އޮތަނުގައި ބަދަލުތަކެއް އަންނާނެ ކަމަށާއި ހަމައެކަނި ނަމަށް ބަލައިގެން ގައުމީ ޓީމުގައި ހިމެނޭނެ އެއްވެސް ކުޅުންތެރިއެއް ނުހުންނާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ގައުމީ ޓީމަށް މި އަހަރު އޮތް މެޗުތަކަށް ކޯޗަކަށް ހަމަޖެއްސި މޯހަން އެންމެ ފުރަތަމަ ނުކުންނާނީ މި މަހު، 6 އާއި 9 ވަނަ ދުވަހު ކޮލަމްބޯގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ކުޅޭ ދެ މެޗަށެެވެ.

އެ މެޗުތަކުގައި ކުޅެން، ލަންކާ އަށް މާދަމާ ފުރުމުގެ ކުރިން، މިއަދު ބޭއްވި ފަހު ޕްރެކްޓިސްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މޯހަން ބުނީ، ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތަށް ބަލައި، ލީގު ވެސް ނުފެށި އޮއްވައި، ހަ ވަރަކަށް ޕްރެކްޓިސްކޮށްގެން މި ވަގުތަށް ބަލާއިރު، ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

Advertisement

"ކުރިއަށް އޮތްތާ ވެސް ޓީމަށް ނަގާނީ ޕްރެކްޓިސްތަކުގައި ވެސް، ކްލަބް ޕްރެކްޓިހުގައި ވެސް ދަނޑުމަތީ މި ކްލަބް މެޗުތަކުގައި ރަނގަޅަށް ކޮމިޓްމަންޓް ހުރި ރަނގަޅު ކުޅުންތެރިން، ކޮންމެހެން ނަމަން ބަލައިގެނެއް ނޫން ނަގާނީކީ ހަމަ، މެޗުތަކުގައި ރަނގަޅަށް ޕާފޯމްކުރާ ޕްރެކްޓިހުގައި ގޮސް ޕްރެކްޓިސް ރަނގަޅަށް ކުރާ ކުޅުންތެރިންގެ ހުރިހާ ކަމެއް ބަލާނަން،" މޯހަން ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކަށް ވެސް ކޯޗުކޮށްދިން، ޕްރޯ ލައިސަންސް ކޯޗު، މޯހަން ބުނީ، ގައުމި ޓީމު ނެގުމުގައި ކްލަބްތަކާ ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.

"ކްލަބްތަކުގެ ކޯޗުންނާ ވެސް އިރާދަކުރެއްވިއްޔާ މަޝްވަރާކޮށް ވާހަކަ ދެކެވިގެން ހަަމަ އަޅުގަނޑު ޓީމު ނަގާނީ، އެހެންވީމަ ބަދަލުތަކެއް އަންނާނެ އެކަމު މި ފަހަރު މުބާރާތެއް ނެތި ދާއިރު މާ ބޮޑު ބަދަލެއް ނައި ކަމުގައި ވިޔަސް މުސްތަގުބަލުގައި ގައުމީ ޓީމަށް ކޮންމެ ކުޅުންތެރިއަކަށް ވެސް ފުރުސަތު ހުޅުވިގެންދާނެ، އެއީ މަސައްކަތުންނޭ، ވަކި ނަމަކަށް ބަލާފަކައި ނެޝަނަލް ޓީމުގައި އިންނާނެ އެއްވެސް ކުޅުންތެރިއެއް ނީންނާނެ. އެ ގޮތަކަށް ނޫން އިންނާނީކީ، ނަމެއް ނޫން މުހިންމުވަނީކީ އެ ކުޅުންތެރިޔާ ކުރާ މަސައްކަތް، ދަނޑުމަތީގައި ކްލަބްގައި އެ ޕާފޯމްކުރާ ޕާފޯމަންސް، މި ހުރިހާ އެއްޗަކަށް ބަލައިގެން އަޅުގަނޑު ޓީމު ނަގާނީ،" މޯހަން ބުންޏެވެ.

ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުން ބަލިވެފައިވާއިރު، މި ދަނޑިވަޅަށް ބަލާނަމަ، ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗު ވަރަށް މުހިންމެވެ. އަދި، ރާއްޖޭގެ ފުޓްބޯޅައިގެ އިތުބާރު އާންމުންގެ މެދުގައި ހޯދުމަށްޓަކައި ވެސް ގައުމީ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެންޖެހޭ ކަމަށް މޯހަން ވެސް ގަބޫލުކުރެ އެވެ.

"މި އޮތް ހާލަތުން އަޅުގަނޑުމެން ޕަބްލިކަށް އެބަޖެހޭ އެއްޗެއް ސާބިތުކޮށްދޭން، އެއީ އެންމެ މުހިންމު އެއް ކަމަކީ،" މޯހަން ބުންޏެވެ.

ފުޓްބޯޅަ މިހާ ބޮޑަށް އަޑިއަޅާލި ސަބަބެއްގެ ގޮތުގައި ތަކުރާރުކޮށް މޯހަން ފާހަގަކުރި ކަމަކީ، އެއް އަހަރަށް ވުރެން ގިނަ ދުވަހު ފުޓްބޯޅަ ނުކުޅެ އޮތުމެވެ އޭގެ ސަބަބުން، ގައުމީ ޓީމުގެ ނަތީޖާތަކަށް ވެސް އަސަރުކުރި އެވެ.

ދެން މި ހުރިހާ ކަމެއް ވެސް މި އަންނަނީ ލީގު ނުކުޅެ، ނޫނީ މުބާރާތެއް ނުކުޅެ ކުޅުންތެރިން ތިބުމާ އެކީގައި އެ އަންނަ ދަތިތަކެއް އެ އަންނަ ދަތިތަކެއް އެ އަންނަނީ، މި ހުރިހާ ކަމަކަށް ބަލާފައި ވަރަށް ޗެލެންޖިން ހަމަ، އެންމެ އައިޑިއަލްކޮށް ތައްޔާރެއް ނުވެވޭ، އެންމެ އައިޑިއަލްކޮށް ކުޅުންތެރިންގެ ފިޓްނަސް އެއް ވެސް ނުއެއް ހުންނާނެ،" މޯހަން ބުންޏެވެ.

ހުރިހާ ގޮންޖެހުންތަކެއް ވެސް އެއްފަރާތްކޮށް، ޕްރެކްޓިހުގައި ކުޅުންތެރިން ދޭ އެއްބާރުލުން މޯހަން ވަނީ އުފަލާ އެކު ފާހަގަކޮށްފަ އެވެ.

"(ކުޅުންތެރިން) ވަރަށް ހިތްވަރު ކުރި ވަރަށް މަސައްކަތްކުރި، ޓެކްޓިކަލީ އަޅުގަނޑުމެންނަށް ތައްޔާރުވޭނެ އެންމެ ރަނގަޅަށް މި ހުރީ ތައްޔާރުވެވިފައި. ﷲ އިރާދަކުރެއްވިއްޔާ އުންމީދުކުރަނީ ދެ މެޗު ވެސް ކާމިޔާބުވާނެ ކަމަށް. ކުޅުންތެރިންނާ މެދު އިތުބާރު އެބައޮތް ފިޓްނަސް އެންމެ ރަނގަޅު ކަމަށް ނުވި ކަމުގައި ވިޔަސް މަސައްކަތުގެ ރޭޓު ދަނޑުމަތިން ފެންނާނެ ކަމަށް މި ބަލަނީ،" މޯހަން ބުންޏެވެ.

ގައުމީ ޓީމުން އެންމެ ފަހުން ލަންކާއާ ދެކޮޅަށް އެ ގައުމުގައި ކުޅެފައިވަނީ، 2021 ވަނަ އަހަރުގެ ފޯ ނޭޝަންސް ކަޕްގަ އެވެ. ރާއްޖޭން ހަތަރު ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ލަންކާ އިން ދެ ވަނަ ހާފުގައި 4-4 އިން އެއްވަރުކުރި އެވެ. އޭގެ ފަހުން، އޭޝިއަން ކަޕް ކޮލިފައިންގައި 2023 ވަނަ އަހަރު ރައްޖޭން 1-0 އިން ލަންކާ ބަލިކުރި އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox