ބާރަށު ދާއިރާގެ މެންބަރު ސުޖާއުގެ ނަމުގައި ދެ ބިމާއި ފްލެޓަކާއި ހިލޭ ލިބުނު ރޯހައުސްއެއް

Sep 3, 2025, 4:33 AM
ބާރަށު ދާއިރާގެ މެންބަރު ސުޖާއު: އޭނާއަށް ހިލޭ ލިބުނީ ކުންފުނިން ހަދިޔާކުރި ރޯހައުސްއެއް ކަމަށް ބުނޭ -- ފޮޓޯ: އަދަދު ފައިލް

ބާރަށު ދާއިރާގެ މެންބަރު ސުޖާއު: އޭނާއަށް ހިލޭ ލިބުނީ ކުންފުނިން ހަދިޔާކުރި ރޯހައުސްއެއް ކަމަށް ބުނޭ -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ ނަމުގައި ދެ ބިމާއި ފްލެޓަކާއި ހިލޭ ލިބުނު ކަމަށް ބުނާ ރޯހައުސްއެއް އޮތްކަން މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސުޖާއު ހުށަހެޅުއްވި މާލީ ބަޔާނުގައިވާ ގޮތުން އޭނާގެ ނަމުގައި ބިމާއި ފްލެޓާއި ރޯހައުސް ރަޖިސްޓްރީ ކުރީ 2015 ވަނަ އަހަރާއި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރާއި 2024 ވަނަ އަހަރެވެ.

އެންމެ ފުރަތަމަ 2015 ވަނަ އަހަރު ސުޖާއުގެ ނަމުގައި ރަޖިސްޓްރީ ކުރީ ހުޅުމާލެއިން ރޯހައުސްއެކެވެ. ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާގެ އަގުހުރި އެ ރޯހައުސްއަކީ އޭނާ ވަޒީފާ އަދާ ކުރާ ކުންފުނިން ދިން ހަދިޔާއެއް ކަމަށް ސުޖާއު ބުނެ އެވެ.

Advertisement

ސުޖާއުގެ ނަމުގައި ދެ ވަނައަށް ރަޖިސްޓްރީ ކުރީ ބާރަށުން ބިމެކެވެ. އެއީ މީގެ ތިން އަހަރު ކުރިން 2022 ވަނަ އަހަރު 300،000 ރުފިޔާއަށް ގަތް ބިމެއް ކަމަށް އޭނާ ބުނެ އެވެ. އެ ބިން ގަތީ ލޯނުގެ ގޮތުގައި ހޯދި ފައިސާއިން ކަމަށްވެ އެވެ.

ތިން ވަނައަށް ސުޖާއުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތީ ހުޅުމާލެއިން ލަގްޒަރީ ފްލެޓެކެވެ. ހުޅުމާލޭ ރެއިންޕާލް ރެޒިޑެންސުން އެ ފްލެޓު 2023 ވަނަ އަހަރު ގަތީ 7.2 މިލިއަން ރުފިޔާއަށް ކަމަށް ސުޖާއު ބުނެ އެވެ. އެ ފްލެޓު ވެސް ގަތީ ލޯނުގެ ގޮތުގައި ލިބުނު ފައިސާއިން ކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ.

އެންމެ ފަހުން ސުޖާއުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތީ ހުޅުމާލެއިން ބިމެކެވެ. މިދިޔަ އަހަރު އެ ބިން ގަތީ 9.4 މިލިއަން ރުފިޔާއަށް، ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިން ކަމަށް މާލީ ބަޔާނުގައި ސުޖާއު ބުނެފައިވެ އެވެ.

ސުޖާއުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އަހަރެއްގެ ތެރޭގައި އޭނާއަށް ދެ މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބުނު 1.8 މިލިއަން ރުފިޔާ އާއި ގެދޮރު ކުއްޔަށް ދީގެން ލިބުނު 210،000 ރުފިޔާ އެވެ.

ސުޖާއުގެ އެކައުންޓުތަކުގައި ދިވެހި ރުފިޔާއިން ހުރީ އެންމެ 80،234 ރުފިޔާ އެވެ. އެކައުންޓުތަކުގައި 700 ޑޮލަރު ހުރި ކަމަށް ވެސް ބަޔާނުން ދައްކަ އެވެ. އެކަމަކު ނަގުދު ފައިސާގެ ގޮތުގައި 5780 ރުފިޔާ އާއި 3200 ޑޮލަރާއި 13،100 ސްރީ ލަންކަން ރުފީސް އާއި 150 ޔޫއޭއީ ދިރްހަމް ހުރި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ސުޖާއުގެ މާލީ ބަޔާނަށް އިތުރަށް ބަލާއިރު ވަރަށް ބޮޑެތި ދަރަނިތަކެއް އޭނާގެ ހުރި ކަމަށް ދައްކަ އެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން ނަގާފައިވާ ދަރަންޏަށް މިހާރު ވެސް 4.6 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަން ފާހަގަވެ އެވެ. އަދި އޭނާގެ ކުންފުނި އޮފިޝަލް އިވެންޓްސްގެ ނަމުގައި ވެސް ފަސް މިލިއަން ރުފިޔާގެ ލޯނެއް ނަގައި ނުދައްކާ އެބަ އޮތެވެ.

ސުޖާއު ބުނެފައި ވަނީ އޮފިޝަލް އިވެންޓްސްގައި އޭނާގެ 50 ޕަސެންޓު ހިއްސާ އޮންނަ ކަމަށެވެ. ސްވޯން ފެމިލީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ 40 ޕަސެންޓު ހިއްސާ ވެސް އޭނާގެ އަތުގައި އޮވެ އެވެ. އޭގެ އިތުރުން ސުޖާއުގެ ނަމުގައި މަސް ދޯންޏެއް ވެސް އޮތެވެ. އެއީ ހަތް މިލިއަން ރުފިޔާގެ ދޯންޏެކެވެ.

ސުޖާއުގެ މާލީ ބަޔާން މިއަދު އާންމު ކުރިއިރު، އޭނާގެ މަނީ ލޯންޑަރިން މައްސަލަތަކެއް ފުލުހުން ދަނީ ބަލަމުންނެވެ. އެއީ އޭނާގެ ކުންފުނި މެދުވެރިކޮށް ސަރުކާރުން ނެގި ޕްރޮޖެކްޓުތަކަކާ ގުޅިގެން ހިންގި ކޮރަޕްޝަންތަކެއްގައި ލިބުނު ކަމަށް ބުނާ ފައިސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox