ރަޔޯ ވަޔެކާނޯ އިން ބާސެލޯނާ ހުއްޓުވައިފި

Sep 1, 2025, 3:06 AM
ރަޔޯ ވަޔެކާނޯ އިން ބާސެލޯނާ ހުއްޓުވައިފި

ބާސެލޯނާ (ސެޕްޓެމްބަރު 1) - ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯ އިން 1-1 އިން ބާސެލޯނާއާ އެއްވަރުކޮށް، އެ ޓީމު މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ރަށުންބޭރުގައި ކުޅުނު ބާސެލޯނާ އިން ރޭގެ މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. ބާސެލޯނާ އަށް މި މެޗުގެ 40 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ލީޑުނަގައިިދިނީ ލަމީން ޔަމާލް އެވެ. މިއީ، ވަޔެކާނޯ އޭރިއާތެރެއިން ޔަމާލް އަށް ކުރި ފައުލަަކަށް ދިން ޕެނަލްޓީ އެކެވެ.

ރޭގެ މެޗުގެ ތެރެއިން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ މައްސަލަ ޖެހި ބައެއް ވަގުތުތަކުގައި އޭގެ އެހީތެރިކަން ނުހޯދި މައްސަލަތަކެއް ކުރިމަތިވި އެވެ.

ބާސެލޯނާ އިން ރަފީނިއާގެ ބަދަލުގައި ދެ ވަނަ ހާފުގައި މާކަސް ރެޝްފޯޑް ކުޅެން އަރުވައިގެން ވެސް ގޯލެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، ދެ ވަނަ ލަނޑެއް ޖަހަން ބާސެލޯނާ އިން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ރަޔޯ ވަޔެކާނޯ އިން ވަނީ މެޗުގެ 67 ވަނަ މިނިޓްގައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ވޮލީ އަކުން، ފްރަން ޕެރޭޒް އެވެ.

އޭގެ ފަހުން، މެޗުން މޮޅުވާން ރަޔޯ ވަޔެކާނޯ އިން ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން، އެ ޓީމުން ޖެހި އެއް ގޯލު އޮފްސައިޑް ކަމަށް ނިންމިއިރު، ބާސެލޯނާގެ ގޯލު ބެލެހެއްޓި ޔޮއާން ގާސިއާ ވަނީ ދެ ހަމަލާއެއް ހުއްޓުވައިފަ އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެ ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ވިޔަރެއާލް ތިން ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox