ދައުލަތުގެ ހަރަދުތަކާއި އާމްދަނީގެ ހިސާބުތައް ހާމަނުކުރާތާ ތިން ހަފުތާ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ މާލީ ރިޕޯޓު ނެރުން އަނެއްކާވެސް މެދުކެނޑި މާލީ ހިސާބުތައް ހާމަނުކުރާތާ ތިން ހަފުތާ ވެއްޖެ އެވެ.

ފިނޭންސުން އެންމެ ފަހުން ވީކްލީ ފިސްކަލް ރިޕޯޓު ނެރުނީ އޮގަސްޓު 14، ގަ އެވެ. އެ ފަހަރު އާންމުކުރީ މި މަހުގެ 7، އާ ހަމައަށް ހިނގާފައިވަ ހަރަދުތަކާއި ލިބުނު އާމްދަނީ ތަފުސީލެވެ. އޭގެ ފަހުން ވޭތުވެދިޔަ ތިން ހަފުތާގައި ދައުލަތަށް ލިބުނު ފައިސާ އާއި ކުރި ހަރަދުތަކުގެ ތަފުސީލު އެނގޭނެ ގޮތެއް ނެތެވެ.

މިއީ ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި މާލީ ހިސާބުތައް ހާމަކުރުން ހުއްޓާލި ދެވަނަ ފަހަރަށެވެ. މިދިޔަ މަހު ވެސް ދެ ހަފުތާއެއް ވަންދެން އެ ހިސާބުތައް އާންމުކުރުން ހުއްޓާލި އެވެ. އެފަހަރު ވެސް ހިސާބުތައް ހާމަކުރީ އެ ވާހަކަ ނޫހުގައި ޖެހުމުންނެވެ.

Advertisement

މިއީ މީގެ ކުރިން ހަފުތާއަކު އެއްފަހު ނެރުމުން އައި މާލީ ބަޔާންތައް ހާމަކުރުން މި ސަރުކާރުން ހުއްޓާލި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް މި ފަހުން އެކަން ރަނގަޅުކޮށް ވޭތުވެދިޔަ ދެތިން މަސް ދުވަހު އެ ހިސާބުތައް އުސޫލުގެ ތެރެއިން ނެރުމުން ދިޔަ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މާލީ ހިސާބުތައް ނެރުމުގައި އެންމެ ބޮޑު ހުސްކަމެއް ދިޔައީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓު 29، 2024، އާ ހަމައަށް ދައުލަތުގެ މާލީ ހިސާބުތައް ސިއްރުކުރި އެވެ. އެ ހިސާބުތައް ހާމަކުރަން އެދުމުން އެ ދުވަސްވަރު ސަރުކާރުން އެތައް ބަހަނާއެއް ދެއްކި އެވެ.

އެ ފަހަރު ސަރުކާރުން މާލީ ހިސާބުތައް އާންމުކުރީ އެ ހިސާބުތައް އާންމުނުކޮށްގެން އިދިކޮޅު ޕާޓީތަކާއި ބައިނަލްއަގްވާމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ފިނޭންސުން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ 25 ވަނަ ހަފުތާ ނިމުނުއިރު، މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި 39.7 ބިލިއަން ރުފިޔާގެ އާމްދަނީގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ދައުލަތުގެ އާމްދަނީގެ ތެރޭގައި ހިމެނޭ ދާއިރާތަކުގެ ތެރެއިން ޓެކުހާއި ޓެކްސް ނޫން އާމްދަނީ ކުރީ އަހަރަށް ވުރެ އިތުރެވެ. ނަމަވެސް ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ކުރީ އަހަރަށް ވުރެ ދަށެވެ.

މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް މިހާތަނަށް ލިބުނީ 162 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ ހިލޭ އެހީގެ އެންމެ ހަ ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox