ޗެލްސީ ފަހަތަށް ޖައްސާލައި ޓޮޓެންހަމުން ޒަވީ ސިމޯންސް ގަނެފި

Aug 30, 2025, 3:18 AM
ޗެލްސީ ފަހަތަށް ޖައްސާލައި ޓޮޓެންހަމުން ޒަވީ ސިމޯންސް ގަނެފި

ލަންޑަން (އޮގަސްޓް 30) - ޗެލްސީން ގިނަ މަޝްވަރާތަކެއް ކުރަމުން އައި، އާރްބީ ލައިޕްޒިގުގެ ނެދަލެންޑްސް މިޑްފީލްޑަރު، ޒަވީ ސިމޯންސްގެ ޓްރާންސްފާގެ ކަންތައް ހަލުވި ސްޕީޑެއްގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ނިންމާލައިފި އެވެ.

ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުނުތަނާހެން ޒަވީ ސިމޯންސް، 22، އާ އެކު، ޓްރާންސްފާގެ ކަންކަމުގައި އެއްބަސްވުމަކަށް އަތުވެފަ އެވެ. އޭގެ ފަހުން މަސައްކަތްކުރީ، ލައިޕްޒިގަށް ޒަވީ ސިމޯންސްގެ ޓްރާންސްފާ ފީ ދޭނެ ގޮތަކާ މެދު ކުރިއަށްދިޔަ މަޝްވަރާތަކެވެ. އެ ގޮތުން، ލައިޕްޒިގުން ކިޔާ 70 މިލިއަން ޑޮލަރުގެ ފީ ކުޑަކުރުމަށް ޗެލްސީން ދިޔައީ ބަދަލުގައި ކުޅުންތެރިއެއް ދޭން ވާހަކަ ދައްކަމުންނެވެ.

އެ ވާހަކަތައް ދިގުލައި ދިޔައިރު، ޓޮޓެންހަމް އިން ފުރުސަތުގެ ބޭނުންހިފައި، 65 މިލިއަން ޑޮލަރުގެ ފީއެއް ދައްކާ ގޮތަށް އެ ޓްރާންސް ނިންމާލައި، ޒަވީ ސިމޯންސްގެ ސޮއި ހޯދައިފަ އެވެ.

ޒަވީ ސިމޯންސް ނުލިބުމުން، ބާސެލޯނާގެ ފާމިން ލޮޕޭޒް ހޯދަން ޗެލްސީން މަސައްކަތް ފަށާފައިވާއިރު، އެ ޓީމުން ވަނީ ބްރައިޓަން އަށް ކުޅޭ ފަކުންޑޯ ބުއޮނަނޯޓޭ ލޯނަކަށް ގެންނަން އެއްބަސްވެފަ އެވެ.

ބާސެލޯނާގެ ލަ މާސިއާ އިން އުފެދުުނު ޒަވީ ސިމޯންސް، 22، ވަނީ ޕީއެސްޖީ އަށް ވެސް ކުޅެފަ އެވެ. ޕީއެސްވީ އައިންދޯވަން އަށް ވެސް ކުޅުނު ޒަވީ ސިމޯންސް، މިހާރު ކުޅެމުން އަންނަ ލައިޕްޒިގަށް ބަދަލުވީ، މީގެ ދެ އަހަރު ކުރިންނެވެ. ލައިޕްޒިގަށް ފުރަތަމަ ލޯނަކަށް އައި، ޒަވީ ސިމޯންސްގެ އެއްބަސްވުން އެ ކްލަބުން ދާއިމީ ކުރީ، މި އަހަރު ޖެނުއަރީ މަހުގަ އެވެ. މިދިޔަ ސީޒަނަކީ ޒަވީ ސިމޯންސްގެ ވިދުން ގަދަ އަހަރެކެެވެ. ސީޒަނުގެ ލީގުގައި އޭނާ ވަނީ ކުުޅުނު 25 މެޗުން 17 ގޯލުގައި ހިއްސާ އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox