ޗެލްސީ އަށް ގާނާޗޯ ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

Aug 29, 2025, 2:36 AM
ޗެލްސީ އަށް ގާނާޗޯ ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

ލަންޑަން (އޮގަސްޓް 29) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވާޑް، އަލެހަންދްރޯ ގާނާޗޯ، ޗެލްސީ އަށް ވިއްކާލަން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގާނާޗޯ، 21، ޔޫތު ކެރިއަރު ހޭދަކުރީ، ސްޕެއިނުގެ ދެ ކްލަބް ކަމަށްވާ ގެޓަފޭ އާއި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގަ އެވެ.

މީގެ ތިން އަހަރު ކުރިން ޔުނައިޓެޑުގެ ސީނިއާ ޓީމުން ފުރުސަތު ހޯދަން ފެށި ގާނާޗޯ އަށް އެ ކްލަބްގައި ކުރިއަށްދިއުމުގެ ފުރުސަތު ގެއްލުނީ، ޔޫރޮޕާ ލީގުގެ ފައިނަލް މެޗަށް ފަހު، ޔުނައިޓެޑްގެ ކޯޗު، ރުބެން އަމޮރިމް ދެއްކި ވާހަކަ އަށް ރައްދުދިނުމުން އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންނެވެ.

ޔުނައިޓެޑަށް ކުޅުނު 144 މެޗުން ގާނާޗޯ ވަނީ 26 ގޯލު ޖަހައި، 22 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އެންމެ ފުރަތަމަ ޔުނައިޓެޑުން ނިންމީ، ގާނާޗޯ، އިނގިރޭސި ކްލަބަކަށް ވިއްކައިނުލުމަށެވެ. އެ ގޮތުން، ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ އެކި ކްލަބްތަކާ އެކު، ޔުނައިޓެޑުން ގާނާޗޯގެ ޑީލުގެ މަޝްވަރާތަކެއް ފާއިތުވި ހަފްތާތަކުގައި ކުރި އެވެ، އެކަމަކު، އޭގެއިން އެއްވެސް ކަމެއް ކުރިއަށްނުދިޔަ މައިގަނޑު ސަބަބަކީ، ގާނާޗޯ ނިންމާފައި އޮތީ އިނގިރޭސި ކްލަބަަކަށް ބަދަލުވާން ކަމަށްވާތީ އެވެ. އަދި، ގާނާޗޯ އިހުތިޔާރުކޮށްފައި އޮތީ ޗެލްސީ އަށް ބަދަލުވާން ކަމަށްވުމެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެލްސީން ގާނާޗޯ ގަންނަން ހުށަހެޅި 48 މިލިއަން ޑޮލަރުގެ ބިޑަށް ޔުނައިޓެޑުން ވަނީ އެއްބަސްވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، އެ އަގު ދީފައި، ޗެލްސީން ގާނާޗޯ ގެންނަން ނިންމީ، އެ ޓީމުން ހޯދަން މަސައްކަތްކުރީ އާރްބީ ލައިޕްޒިގުގެ ޒަވީ ސިމޯންސް، 70 މިލިއަން ޑޮލަރަށް ޓޮޓެންހަމް ހޮޓްސްޕާސް އަށް ދިއުމުގެ ފުރުސަތު ބޮޑުވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox