އެމްއައިބީގެ "MIB9" ކްލަބާ ގުޅިގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު

އެމްއައިބީގެ "MIB9" ކްލަބާ ގުޅިގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ "MIB9" ކްލަބާ ގުޅިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކްލަބުގެ މެންބަރަކަށްވުމަށް ކުރަން ޖެހޭ ހަމައެކަނި ކަމަކީ އިސްލާމިކް ބޭންކުގެ އެކައުންޓަކަށް މުސާރަ ޖަމާކުރުމެވެ. ކްލަބުގެ މެންބަރުންނަށް މުސާރަ ޖަމާކުރާ ފައިދާ ފުރަތަމަ މަހުން ފެށިގެން ލިބޭނެ އެވެ.

ޖުލައި 15، އިން ފެށިގެން ކްލަބާ ގުޅޭ މެންބަރުންގެ ތެރެއިން ނަސީބުވެރި ހަތަރު މީހަކަށް އަގުހުރި ހަތަރު އިނާމެއް ވަނީ ހުށަހަޅާފަ އެވެ.

އޮކްޓޯބަރު 15، ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގެ ތަފްސީލްތައް އެމްއައިބީގެ ވެބްސައިޓުން ލިބޭނެ އެވެ.

އިނާމުތައް:

  • ނަސީބުވެރި އެއްފަރާތަކަށް ދެ މީހެއްގެ ދެކޮޅުޓިކެޓް (ބަޓިކް އެއާ އިން ދަތުރުކުރާ އެންމެ މަގުބޫލް ހަ ގައުމަކުންކުރެ އެއް ގައުމަކަށް)
  • ނަސީބުވެރި އެއްފަރާތަކަށް 1000ރ. ގެ ފައިސާގެ އިނާމް.
  • ނަސީބުވެރި އެއްފަރާތަކަށް ބޭންކުގެ ޕާޓްނާ ޖިމަކުން އެއް އަހަރުދުވަހުގެ ހިލޭ މެމްބާޝިޕް
  • ގުރުއަތުން ހޮވޭ އެއްފަރާތަކަށް އެޕަލް މެކްބުކް އެއާއެއް

އެމްއައިބީއަށް މުސާރަ ޖަމާކުރާ މީހުންނަށް ހާއްސަ "ބެނެފިޓް" ތަކާއި ތަފާތު އެކިއެކި ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ MIB9 ކްލަބް މިދިޔަ މަހު އަލުން ލޯންޗުކުރީ ބަދަލުތަކާ އެކުގަ އެވެ.

ކްލަބްގެ މެމްބަރުންނަށް ލިބޭ ފައިދާތައް:

• ދިވެހި ރުފިޔާ ކާޑުން އޮންލައިން ވިޔަފާރިކޮށްލުމަށާއި މަހުންމަހަށް ސަބްސްކްރިޕްޝަންތަކަށް ޑޮލަރުން ފައިސާ ދައްކާލުން ފަދަ އޮންލައިން ޓްރާންސެކްޝަންތަކަށް ބޭނުންކޮށްލުމަށް މަހަކު 250 ޑޮލަރުގެ ލިމިޓެއް.

• އުޖާލާ ދިރިއުޅުން މެދުވެރިކޮށް ކުޑަ އަގެއްގައި ފައިނޭންސްކުރައްވައިގެން ކުޑަ އިންސްޓޯލްމަންޓް އަދަދަކާއި އެކު އިތުރު ލިމިޓް.

• ކޮންސިއާޖް ގުރޫޕް މެދުވެރިކޮށް ބަޓިކް އެއާގެ ފްލައިޓް ތަކުން މިހާރުގެ ހޮޓް ޑެސްޓިނޭޝަންތަކަށް އަގުހެޔޮކޮށް ދަތުރުކޮށްލުމަށް ޓިކެޓްތަކުން 12 ޕަސަންޓާ ހަމައަށް ޑިސްކައުންޓު.

• ޖިމް މެމްބާޝިޕް ފީ ތަކުން އެކްސްކްލޫސިވް ސޭވިންގްސް ހޯއްދެވުމަށް ޓީއެފްޖީ އާއި ޖިމްނޭޒިއާއިން 30 ޕަސަންޓާ ހަމައަށް މެމްބާޝިޕުން ޑިސްކައުންޓު.

• ފްލޭޝް ޑީލްސްގެ ނަމުގައި ޕާޓްނާ ފިހާރަ، ރެސްޓޯރެންޓް އަދި ގެސްޓުހައުސްތަކުން ކްލަބު މެމްބަރުންނަށް ހާއްސަ އެކި ޑިސްކައުންޓުތައް.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox