ލެޖެންޑަރީ ފުޓްސަލް ތަރި ރިކާޑީނިއޯ އެޗްޑީސީ އަށް

Aug 23, 2025, 12:26 AM
ލެޖެންޑަރީ ފުޓްސަލް ތަރި ރިކާޑީނިއޯ އެޗްޑީސީ އަށް

ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ، ލެޖެންޑަރީ ފުޓްސަލް ތަރި، ޕޯޗުގަލްގެ ރިކާޑީނިއޯ ކުރިއަށް އޮތް ކްލަބް މޯލްޑިވްސް ކަޕް 2025 ގައި ކްލަބް އެޗްޑީސީ އަށް ކުޅެން އެ ޓީމާ ގުޅިއްޖެ އެވެ.

މިއީ، 2005 ވަނަ އަހަރު ފެށި ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތް ކްލަބް މޯލްޑިވްސް ކަޕްގެ ތާރީހުގައި ވެސް މި ލެވަލްގެ ކުޅުންތެރިއަކު ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ފާއިތުވި އަހަރުތަކުގައި، ދުނިޔޭގެ ފުޓްސަލްގައި ނަން މަޝްހޫރު އިރާންގެ ކުޅުންތެރިން ވަނީ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅެފަ އެވެ.

އެކަމަކު، އެޗްޑީސީން މި ވަނީ ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، 2021 ވަަނަ އަހަރު ޕޯޗުގަލް އަށް ހޯދައިދިނުމުގައި އިސް ރޯލެއް އަދާކުރި ޓީމުގެ ލީޑަރު، ރިކާޑީނިއޯގެ ސޮއި ހޯދައިފަ އެވެ. މިއީ، މިހާތަނަށް ކްލަބް މޯލްޑިވްސްގެ ތާރީހުގައި ވެސް ޓީމަކުން ކުޅުންތެރިއަކަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

އުމުރުން 39 އަހަރުގެ ރިކާޑީނިއޯ، އެޗްޑީސީއާ ގުޅިފައިވާއިރު، އޭނާގެ ކެރިއަރުގެ ކާމިޔާބީތައް ވަރަށް ގިނަ އެވެ. އެ ގޮތުން، ހާއްސަ ކާމިޔާބީތަކަށް ބަލާއިރު، 2018 ވަނަ އަހަރު ޔުއެފާ ފުޓްސަލްގެ ޔޫރޯ ތަށި ހޯދައިފައިވެ އެވެ. އަދި، ޔޫރަޕްގެ އެކި ގައުމުތަކުގެ އެންމެ ޓޮޕް ލެވަލްގެ ފުޓްސަލް މުބާރާތްތައް ކާމިޔާބުކޮށްފައިވާ ރިކާޑީނިއޯގެ އިންޑިވިޖުއަލް ކާމިޔާބީތައް ވެސް ގިނަ އެވެ.

އެ ގޮތުން، އޭނާ ވަނީ، ޔުއެފާ ފުޓްސަލް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރާއި ދުނިޔޭގެ ފުޓްސަލް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ހޯދައިފަ އެވެ. އަދި، ދެ ފަހަރެއްގެ މަތިން ޔުއެފާ ފުޓްސަލް މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައިވެ އެވެ.

ޕޯޗުގީސް ތާރީހުގައި އެ ގައުމަށް ރަން ވަނަ ހޯދައިދޭ ފަރާތްތަކަށް ދޭ ޝަރަފްވެރިކަމުގެ ދެ އެވޯޑެއް ވެސް ރިކާޑީނިއޯ އަށް ވަނީ ލިބިފަ އެވެ.

އެޗްޑީސީ ވާދަކުރާ ކްލަބް މޯލްޑިވްސް ކަޕް، މިހާރު އޮތްގޮތުން ފަށާނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ ގުރުއަތުލުން މިރޭ ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox