ގާސިއާ ބުނީ އޮޑި އަކީ ވަރަށް ގަޔާވާ "ޗެލެންޖެއް" ކަމަށް

Aug 22, 2025, 9:41 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިއާ ވާހަކަ ދައްކަނީ.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިއާ ވާހަކަ ދައްކަނީ.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

އޮޑި ސްޕޯޓްސް ކްލަބްގެ އޮފާ ލިބުމުން، އެ ގަބޫލުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ލީގަކީ ރަނގަޅު ލީގަކަށް ވެފައި އޮޑިއާ އެކު ކުރިއަށްދިއުމުގައި އޮތީ ވަރަށް ގަޔާވާ ޗެެލެންޖަކަށް ވާތީ ކަމަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ސްޕެއިނުގެ ޕްރޯ ލައިސަންސް ކޯޗު، އަންދްރެސް ގާސިއާ ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި އޮޑީގެ ކޯޗަކަށް މި އަހަރު އެންމެ ފުރަތަމަ ގެނައީ، އޮސްޓްރޭލިއާގެ އިއަން އެންޑްރޫ ގިލަން އެވެ. އެ ޓީމު ގޮވައިގެން އެންޑްރޫ ފަރިތަކުރުންތައް ކުރިއަށްގެންދިޔަ ނަމަވެސް، އަމިއްލަ ކަމެއްގައި ފުރަން ޖެހުމުން މިދިޔަ މެއި މަހު ޓީމާ ވަކިވި އެވެ.

މިދިޔަ މެއި މަހު ބޭއްވި، އެފްއޭއެމް ލީގު ކަޕްގައި އޮޑި އަށް ކޯޗުކޮށްދިނީ، އެސިސްޓަންޓަކަށް ހުރި، ފަރުހާދު އިސްމާއިލް (ފަރޭ) އެވެ. އޭޝިއާ އާއި ޔޫރަޕްގައި ވެސް ކޯޗިން ތަޖުރިބާ ހާސިލްކޮށްފައިވާ ގާސިއާ ވަނީ މި ހަފްތާ ތެރޭގައި، އޮޑީގެ ކޯޗުކަމާ ހަވާލުވެ، މަސައްކަތް ފަށައިފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގާސިއާ، 41، ބުނީ، ރާއްޖެ އަކީ ކޯޗިންގެ މަސައްކަތުގައި އޭނާގެ 10 ވަނަ ގައުމު ކަމަށެވެ. އަދި، އޮޑީގެ މެނޭޖްމަންޓުން އޭނާ އަށް އިތުބާރުކޮށް، އެ ޓީމުގެ ކޯޗުކަން ކުރުމުގެ ޕްރޮޖެކްޓް ހަވާލުކުރީތީ އެކަމަށް ގާސިއާ ވަނީ ޝުުކުރު އަދާކޮށްފަ އެވެ.

ބެލީޒް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި ގާސިއާ ވަނީ، އިރާގު ލީގާއި، އެކުއެޑޯ، ނޯވޭ، މެކްސިކޯ، ސްވިޑެން އަދި ބްރިޓިޝް ވާޖީނިއާ އައިލެންޑްގެ ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ. އަދި، ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ޗެލްސީގެ ކުރީގެ ކޯޗު ރަފައެލް ބެނިޓޭޒްއާ އެކު، ޗައިނާގެ ޑާލިއާން ޕްރޮފެޝަނަލް އެފްސީގައި ވެސް މަސައްކަތްކުރި އެވެ.

"އޮޑި ފުރަތަމަ ޑިވިޝަނަށް މިއައީ ދެ ޕްރޮމޯޝަނަށް ފަހު، ތިން ވަނަ ޑިވިޝަނުން، ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް، މި ކްލަބަކީ ކާމިޔާބު ތަކުރާރުުކުރަމުން އަންނަ ޓީމެއް، މިއީ އަހަރެން ވަރަށް ގަޔާވާ ޗެލެންޖެއް، ރާއްޖޭގެ ލީގު ވެސް ވަރަށް ރަނގަޅު ހަގީގަތުގައި، އަހަރެމެން ދެން މި ތައްޔާރުވަނީ، ޕްރިމިއާ ލީގަކަށް އެންމެ ވަރުގަދަ ޓީމުތަކާ ކުޅެގެން ނަތީޖާ ނެރެގެން ކުރިއަށްދާން،" ގާސިއާ ބުންޏެވެ.

"އަހަންނަކީ ޗެލެންޖް ކޮށްގެން ކާމިޔާބު ހޯދަން ބޭނުންވާ މީހެއް. އަހަރެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޮޑީގައި މަސައްކަތް ފަށައިގެން ކުރިއަށްދިއުމުގައި މި ހުރީ އެ އަޒުމާ އެކުގައި،"

އޮޑި ސްޕޯޓްސް ކްލަބުން އޭނާ އަށް ދީފައިވާ ޓާގެޓްތައް ހާސިލްކުރުމަށް، ކެނޑިނޭޅި ހުރިހާ ވަގުތެއްގައި ވެސް މަސައްކަތްކުރުމުގެ ޖޯޝާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށް ގާސިއާ ވަނީ ބުނެފަ އެވެ. އެހެން ކަމުން ފޯކަސް ބަހައްޓައިގެން ކުޅުންތެރިން ވެސް އޭނާއާ އެކު، ވަގުތު ބޭކާރުނުކޮށް ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގާސިއާގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭޝިއާގައި އޭނާގެ އެންމެ ފަހުގެ ތަޖުރިބާ އަކީ، އިރާގުގެ ލީގުގައި ކުރި މަސައްކަތް ކަމަށާއި މީގެ ކުރިން ގިނަ ފަހަރުތަކެއްގައި ޗައިނާގައި ވެސް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ސްޕޯޓްސް ޓްރެއިނިންގެ ސްޕެޝަލިސްޓް ޓްރެއިނިން ހަދައި، މާސްޓާސް އިން ހައި ޕާފޯމަންސް އިން ސްޕޯޓްސް ހާސިލްކޮށްފައިވާ ގާސިއާ ވަނީ ބުނެފަ އެވެ.

އޮޑީގެ އެސިސްޓަންޓް ކޯޗު އަހުމަދު ފައްރާހު (ފައްރަ) ބުނީ، ގާސިއާ އަކީ ވަރަށް ހައި ޕްރޮފައިލް ކޯޗެއް ކަމަށާއި އޭނާގެ ކިބައިން އޮޑީގެ ކޯޗިން ސްޓާފުންނަށް ވެސް ކަންތައްތަކެއް ދަސްކުރެވޭނެ ކަމަށެވެ. އަދި، މިހާތަނަށް އޮޑިއާ އެކު، ގާސިއާ ކުރި ޕްރެކްޓިސްތަކުގެ އަލީގައި އެއްޗެއް ބުނާނަަމަ، މި ވަގުތަށް ވެސް ކުޅުންތެރިންގެ ފަރާތުން ކުރިއެރުންތައް ފާހަގަވާ ކަމަށް ފައްރަ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox