ގައުމީ އެތުލެޓިކްސް މުބާރާތުގެ ރަން ވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށް ތާރީހީ ކާމިޔާބެއް

Aug 18, 2025, 7:41 AM
ގައުމީ އެތުލެޓިކްސް މުބާރާތުގެ ރަން ވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށް ތާރީހީ ކާމިޔާބެއް

ދާދި ފަހުން ނިމިގެންދިޔަ 34 ވަނަ ގައުމީ އެތުލެޓިކްސް މުބާާރާތުގެ އަންހެން އަދި ފިރިހެން އެންމެ މޮޅު ޓީމުގެ މަގާމު ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ވަނީ ތާރީހީ ކާމިޔާބީއެއް ހާސިލްކޮށްފަ އެވެ. މިއީ، ގައުމީ އެތުލެޓިކްސް މުބާރާތެއްގައި ދިވެހި ސިފައިންގެ ކްލަބަށް ފަހު، ދެ ޖިންސުން އެންމެ މޮޅު ޓީމުގެ މަގާމު ކްލަބަކުން ހޯދި ފުރަތަމަ ފަހަރެވެ. ސިފައިން އެ ކާމިޔާބީ ހާސިލްކުރީ 2013 ވަނަ އަހަރު އެވެ. ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ކާމިޔާބީ ހާއްސަވަނީ އެ ކްލަބުން ޑިވެލޮޕްކުރި އެތުލީޓުން ގިނަވުމެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އިސް ހިންގުންތެރިޔާ، އަބްދުﷲ އިބްރާހިމް (އަބުޅޯ) ފާހަގަކުރި ގޮތުގައި، އެ ކްލަބަށް މި ފަހަރުގެ ގައުމީ މުބާރާތުގައި ލިބިގެންދިޔަ ރަން ވަނަ އަކީ، ދުރާލާއި ރޭވިގެން ކުރި މަސައްކަތެއްގެ ނަތީޖާ ކަމަށެވެ.

އެންމެ ފަހުން ހަތް ފަހަރު ވެސް އެންމެ މޮޅު އަންހެން ޓީމުގެ މަގާމު ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން މި ވަނީ، މޮޅު ފިރިހެން ޓީމުގެ މަގާމު ފުރަތަމަ ފަހަރަށް ހޯދައިފަ އެވެ.

ޓްރެކް އެންޑް ފީލްޑްގެ އަންހެން ޓީމުން ވަނީ، 2018، 2019، 2021، 2022، 2023، 2024 އަދި 2025 ވަނަ އަހަރު އެންމެ މޮޅު އަންހެން ޓީމުގެ ޓްރޮފީ ހާސިލްކޮށްފަ އެވެ. މޮޅު އަންހެން ޓީމުގެ މަގާމު 206 ޕޮއިންޓާ އެކު، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދިއިރު، ދެ ވަނަ އަށް ދިޔަ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އަށް ލިބުނީ، 186 ޕޮއިންޓެެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އެތުލީޓުން މޮޅު ޓީމުގެ ޓްރޮފީއާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

މި ފަހަރުގެ ފިރިހެން ޓީމު ބައިގެ ރޭންކިންގައި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށް 196 ޕޮއިންޓް ލިބުނުއިރު، ސިފައިންނަށް ލިބުނީ، 185 ޕޮއިންޓެވެ. މިދިިޔަ، 20 އަހަރު ތެރޭ، ސިފައިންނަށް މޮޅު ފިރިހެން ޓީމުގެ މަގާމު މި ގެއްލުނީ ދެ ފަހަރު އެވެ. އެއީ މި އަހަރުގެ އިތުރުން، 2023 ވަނަ އަހަރު ސާއިދު ސްޕޯޓްސް އަށެވެ.

މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އަބުޅޯ ބުނީ، މިއީ ދުރާލާ ވަރަށް ޕްލޭންކޮށްގެން، ކުރާ މަސައްކަތްތަކެއްގެ ކާމިޔާބީގެ ފެށުމެއް ކަމަށެެވެ. އޭނާ ފާހަގަކުރި ގޮތުގައި، މިއީ، ޅަ އުމުރުގައި ކުދިންތަކެއް ހޯދައިގެން، ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގައި، އަށް ވަރަކަށް އަހަރު ކުރި މަސައްކަތްތަކެއްގެ ނަތީޖާ އެވެ.

"އަޅުގަނޑުމެން ޓީމުގައި އެވްރެޖް، މި އުޅެނީ 20 އަހަރުން ދަށުގެ އެތުލީޓުން، އެ އެތުލީޓުން، މި ވާދަކުރީ، 20 އަހަރުން މަތީގައި އުޅޭ އެތުލީޓުންނާ. އަޅުގަނޑުމެން ކްލަބަކީ މިއީ އަމިއްލަ ކްލަބެއް، މި ކްލަބްގައި އުޅޭނީ އަޅުގަނޑުމެން ޓްރެއިން ކުރާ ކުދިން. އަޅުގަނޑުމެން ކްލަބުން ޓްރެއިން ކުރާ ކުދިންނަކީ، ސްކޫލް ލެވަލްގައި، ޕާފޯމްކުރާ ކުދިން، ސްކޫލް ކުދިން އުޅޭނީ، ދެން، މަދު ކުއްޖެއް ސްކޫލް ނިންމާފައި ތިބޭނީ،" އަބުޅޯ ބުންޏެވެ.

އޭނާ ބުނީ ދުރާލާ ރޭވިގެން، ޕްލޭންތަކެއް ހެދިގެން، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން އެތުލީޓުން ޑިވެލޮޕްކުރުމުގެ ކަންކަން ކުރަމުން އަންނައިރު، ޓްރެއިނިން "ކޮންސެޕްޓަށް" ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އިސް ހިންގުންތެރިޔާ، އަބްދުﷲ އިބްރާހިމް (އަބުޅޯ) އިންޓަވިއު ދެނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

"އަސްލު ހަގީގަތުގައި ޓްރެއިނިން ކޮންސެޕްޓް ބަދަލުކޮށްގެން ކުރިއަށް މި ގެންދަނީ. އަޅުގަނޑުމެންގެ ކުދިން ޕާފޯމެއް ނުކުރާނެ އެ ކުދިން ޕާފޯމް ކުރަން ނުޖެހޭ އޭޖެއްގައި، އެ ކުދިން އެ އަންނަނީ އެ ޕާފޯމް ކުރާ (ވާދަކުރާ) އޭޖަށް، އެކަމަކު، މި ފަހަރު އަޅުގަނޑުމެން މި ވާދަކުރީ ވާދަކުރަން ޖެހޭ ކުދިންގެ އޭޖާ ވާދަކޮށްގެން. މި ކާމިޔާބު މި ހޯދީ އަސްލު،" އަބުޅޯ ބުންޏެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގައި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ކާމިޔާބީ ހާސިލްކުރަން ކުރި މަސައްކަތުގައި އެކަން ކޮށްފައިވަނީ، "އެތުލެޓިކްސްގެ ފުރިހަމަ މާނައިގައި" ކާމިޔާބު ހޯދައިގެންކަން އަބުޅޯ ފާހަގަކުރި އެވެ.

"އަޅުގަނޑުމެން އެތުލީޓުން ވަނަ ހޯދާފައި މި ހުރީ، 100 އިން ފެށިގެން، ހުރިހާ އިވެންޓަކުން ވަނަ ހޯދައިގެން މި ކާމިޔާބު ހޯދީ، އޭގެ މާނަ އަކީ، 100، 200، 400، 800، 1500، 5000 ދެން ގޮސް، ލޯންގް ޖަމްޕް، ޓްރިޕްލް ޖަމްޕް، ޝޮޓް ޕުޓް، ހައި ޖަމްޕް، ޖެވަލިން ތުރޯ، މި ހުރިހާ އެއްޗަކުން އަޅުގަނޑުމެންގެ ކުދިން މެޑަލް ހޯދައިގެން މި ކާމިޔާބު ހޯދީ، އެއީ އެތުލެޓިކްސް އަކީ އަސްލު، އެ ހުރިހާ އިވެންޓެއް ވީމަ، އަސްލު އެތުލެޓިކްސް މި ކިޔަނީ، އެތުލެޓިކްސް މުބާރާތެއްގެ ތަށި ހޯދަން ކުރާ މަސައްކަތުގައި މި ހުރިހާ އިވެންޓެއް ޕްރެކްޓިސް ކުރާ ބަޔަކަށް ކާމިޔާބެއް ލިބޭނީ،" އަބުޅޯ ބުންޏެވެ.

ޝޮޓް ޕުޓް އިވެންޓުން މި ފަހަރުގެ ގައުމީ މުބާރާތުގައި ގައުމީ ރެކޯޑް ހެދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އެތުލީޓު، އައިޝަތު ޝާޔާ ޝަފީއު.--- ފޮޓޯ: އިމޭޖަސް.އެމްވީ

މި ފަހަރުގެ ގައުމީ މުބާރާތުގައި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އެތުލީޓުން ވަނީ، އެކި އިވެންޓްތަކުގައި ސީނިއާ އެތުލީޓުންނާ ވެސް ރަނގަޅު ވާދައެއްކޮށްފަ އެވެ.

އަބުޅޯ ބުނީ، މިއީ ޓްރެއިނިންގެ ކަންކަމަށް އަހައްމިއްޔަތު ދީގެން އެތުލީޓުން ހިތްވަރު ނެރެގެން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"ދުރާލާ ޓްރެއިން ކުރަމުން މި އައީ، އެ ކުދިން، ސީނިއާ ކުދިންނާ ވާދަކުރާނެ ދުވަހަކަށް، މި ފަހަރު ސީނިއާ ކުދިންނާ ވާދަކޮށްފި، އެ ކުދިން ބަލިވެސް ކޮށްފި، ސީނިއާ ކުދިން ބީޓްކޮށްފައި މެޑަލް ވެސް ހޯދާފައި އެބަހުރި. މާނަ އަކީ އަޅުގަނޑުމެންގެ މުސްތަގުބަލު އެބައޮތޭ. ކޮންސެޕްޓް އެބަ ވޯކް ކުރެއޭ،" ހިތްހަމަޖެހިފައި ހުރެ އަބުޅޯ ބުންޏެވެ.

ރަނގަޅު ލެވަލެއްގައި އެތުލީޓުން ޑިވެލޮޕްކުރުމާއި، ރާއްޖޭގެ އެތުލެޓިކްސްގެ ތެރެއިން ކުރިއަށް ދިއުމަށް ގައުމީ ލެވަލްގައި ލާބަ އާއި މަންފާ ކުރާނެ ގޮތަށް ކަންކަން ބައްޓަންކޮށްގެން ކުރިއަށްދިއުމަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ގަބޫލުކުރާ ގޮތެވެ.

އެ ގޮތުން، އެ ކްލަބުން އެތުލީޓުންގެ ޓްރެއިނިން އޮނިގަނޑު ހަދައިގެން ކުރިއަށް ދަނީ ވެސް ކޮންމެ އެތުލީޓެއްގެ ވެސް ހުނަރު ޑިވެލޮޕްކުރެވޭނެ މަގު ކޮށިގެން ގޮސް ކާމިޔާބީއާ ހަމައަށް ވާސިލްވެވޭނެ ގޮތަށެވެ.

ފޯރިގަދަކޮށް ދިޔަ ގައުމީ މުބާރާތުގެ 400 މީޓަރު އިވެންޓް ކާމިޔާބުކުރި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ހުސެއިން ޒީކް ސުއާދު އިވެންޓަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

"ހުރިހާ އިވެންޓެއް އަޅުގަނޑުމެން ޕްރެކްޓިސްކުރަން. ހެނދުނާއި ހަވީރު ވެސް ޕްރެކްޓިސް ކުރާނެ. އަަނެއްކާ އަޅުގަނޑުމެންގެ ކޯޗުން އުޅޭނެ، ޖަމްޕް ކޯޗު، ތުރޯ ކޯޗު، ސްޕްރިންޓް ކޯޗު، މިޑްލް ކޯޗު، އެހެން ގޮސް، ހުރިހާ ކޯޗުން އުޅޭނެ އަޅުގަނޑުމެންގެ، އެ ހުރިހާ ކޯޗުން ގުޅިގެން، އަޅުގަނޑުމެންގެ ޕޭރަންޓުންނާ (ބެލެނިވެރިންނާ) ގުޅިގެން ކުރި މަސައްކަތެއްގެ ކާމިޔާބު މި ފެންނަން ފެށީ،" އަބުޅޯ ކިިޔައިދިނެެވެ،

"ޕޭރެންޓުންގެ (ބެލެނިވެރިންގެ) އެއްބާރުލުން ވަރަށް ބޮޑަށް ލިބި އެ މީހުންވާ ވަރަށް ބޮޑު ގުރުބާނީ އަކުން މި ކަންކަން ހާސިލްކުރެވެނީ. ޝައުގުވެރިކަމާ އެކު ބެލެނިވެރިންނާއި ކޯޗުން އަދި ކުދިން ކުރާ ހިތްވަރުން ހާސިލްކުރެވޭ ކަމެއް މިއީ،"

ޓްރެކް އެންޑް ފީޅްޑް އެސޯސިއޭޝަންގެ މައިގަނޑު ޓާގެޓަކީ، ރާއްޖޭން ބޭރުގައި އޮންނަ ކޮންމެ މުބާރާތަކުން މެޑަލް ހޯދޭނެ އެތުލީޓުން އުފެއްދުމެވެ. އެ ގޮތުން، އެ ވަރުގެ ކުދިންތަކެއް ނެރުމުގެ މަސައްކަތެއް ކުރާއިރު، ކޮންމެ ކުއްޖަކަށް ޕްލޭނެއް ހަދައިގެން މަސައްކަތް ކުރެ އެވެ. އަދި، ޓްރެއިނިން ކުރިއަށްގެންދާނެ ގޮތާއި ކާންޖެހޭ އެއްޗެހި ވެސް ބުނެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox