ގައުމީ އެތުލެޓިސް މުބާރާތުގައި ޝައިމް އާއި ނާއިކް އަށް ކާމިޔާބު ފެށުމެއް

Aug 15, 2025, 2:14 AM
ހައި ޖަމްޕް އިވެންޓް ކާމިޔާބު ކުރުމަށް ފަހު ޝައިމް އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ހައި ޖަމްޕް އިވެންޓް ކާމިޔާބު ކުރުމަށް ފަހު ޝައިމް އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފުރަތަމަ ދުވަހު ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ އައިޝަތު ޝައިމް އަޒީޒް ދެ އިވެންޓަކުން ރަން މެޑަލް ހޯދިއިރު، ހައި ޖަމްޕްގެ ގައުމީ ރެކޯޑް ހޯލްޑަރު، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޔޫސުފް ނާއިކް ވަޖީހު މީޓް ރެކޯޑާ އެކު، ހައި ޖަމްޕުން ރަން މެޑަލް ހޯދައިފި އެވެ.

ޖުމްލަ އެކު، 204 އެތުލީޓުން ވާދަކުރާ ގައުމީ އެތުލެޓިކްސް މުބާރާތް ފަށާފައިވަނީ، އިއްޔެ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކުގަ އެވެ.

އިއްޔެގެ އިވެންޓްތަކަށް ބަލާއިރު، އަންހެނުންގެ ޖެވަލިން އުކުމާއި ހައި ޖަމްޕް އިވެންޓުން ޝައިމް ވަނީ ރަން މެޑަލް ހޯދައިފަ އެވެ. ޖެވަލިން އުކުމުން ޝައިމް ވަނީ 27.12 މީޓަރު ދުރަށް އެއްލައިފަ އެވެ. ދެ ވަނަ އަށް ދިޔަ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ ލައުހާ ހުސެއިން އަށް އެއްލުނީ، 25.94 މީޓަރު ދުރަށެވެ. އަދި، ތިން ވަނަ ހޯދި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ނުބްލާ ނާޝިދު ޝައުގީ އެއްލީ 19.19 މީޓަރު ދުރަށެވެ.

ހައި ޖަމްޕްގެ ގައުމީ ރެކޯޑް އޮތް ޝައިމް، މި ފަހަރުގެ ގައުމީ މުބާރާތުގެ އެ އިވެންޓް ކާމިޔާބުކުރީ، 1.48 މީޓަރު މަތިން ފުންމައިގެން މީޓު ރެކޯޑަކާ އެކު އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ، 1.41 މީޓަރު މަތިން ފުންމި ވިކްޓަރީގެ މަރިޔަމް ޝިފްޒާ އަތުގަ އެވެ. ޝައިމް، ގައުމީ ރެކޯޑް ހަދާފައި އޮތީ، 1.50 މީޓަރު މަތިން ފުންމައިގެންނެވެ.

ނާއިކް، އިވެންޓް ކާމިޔާބުކުރުމަށް ފަހު މެޑަލް އަޅައިގެން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

މި އަހަރުގެ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި، 16 އަހަރު ވެފައި އޮތް ގައުމީ ހައި ޖަމްޕްގެ ރެކޯޑް މުގުރާލި ނާއިކް، ގައުމީ މުބާރާތުގެ ހައި ޖަމްޕް އިވެންޓް ކާމިޔާބުކުރީ، 1.87 މީޓަރު މަތިން ފުންމައިގެންނެވެ. މި އިވެންޓްގެ މީޓް ރެކޯޑް ހެދީ ވެސް ކުރިން ގައުމީ ރެކޯޑް އޮތް އަހުމަދު ޒަބީރު (ޒަބީ) އެވެ. އެއީ، 1.81 މީޓަރު މަތިން ފުންމައިގެންނެވެ.

ނާއިކް، ގައުމީ ރެކޯޑް ހެދީ، 1.88 މީޓަރު މަތިން ފުންމައިގެންނެވެ. ޒަބީ ގައުމީ ރެކޯޑް ހެދީ 1.85 މީޓަރު މަތިން ފުންމައިގެންނެވެ.

ފިރިހެނުންގެ ޑިސްކަސް އުކުމުން ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ޝައްމޫން ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އެއީ، 29.04 މީޓަރު ދުރަށް އެއްލައިގެންނެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޝާޔާ ޝަފީއު ވަނީ، މީޓު ރެކޯޑަކާއި ގައުމީ ރެކޯޑަކާ އެކު، ޝޮޓް ޕުޓް އިވެންޓް ކާމިޔާބުކޮށްފަ އެވެ. އެ ގޮތުން، ޝާޔާ ޝޮޓްޕުޓްގެ އިވެންޓް ކާމިޔާބުކުރީ، 9.80 މީޓަރު ދުރަށް އެއްލައިގެންނެވެ. އޭނާ މީގެ ކުރިން ގައުމީ ރެކޯޑް ހެދީ، 9.57 މީޓަރު ދުރަށް އެއް ލައިގެންނެވެ. އަދި، މީޓު ރެކޯޑް ހަދާފައި އޮތީ، 8.92 މީޓަރު ދުރަށް އެއްލައިގެންނެވެ.

އަންހެނުންގެ މާސްޓާ 5000 މީޓަރު ދުވުން ކާމިޔާބުކުރީ، މެރަތަން ރަނާސް މޯލްޑިވްސްގެ ހުސްނާ މުހައްމަދު އެވެ. ފިރިހެނުންގެ ހަތަރެއް ގުނަ 400 ރިލޭ އިވެންޓް، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އިން ކާމިޔާބުކުރިއިރު، އަންހެނުންގެ އެ އިވެންޓް ކާމިޔާބުކުރީ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox